04 ޖުލައި 2024
ފަލަސްތީނުގެ ތާރީހާ ގުޅޭ ފޯރަމެއް މިރޭ ބާއްވަން އިސްލާމިކް މިނިސްޓްރީން ނިންމައިފި އެވެ.
ފަލަސްތީނުގެ ތާރީހާ ގުޅޭ ފޯރަމެއް މިރޭ ބާއްވަން އިސްލާމިކް މިނިސްޓްރީން ނިންމައިފި އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ "ފަލަސްތީނާއި އުއްމަތުގެ އެއްބައިވަންތަކަން"ގެ ނަމުގައި ބާއްވާ އެ ފޯރަމަކީ އެ މިނިސްޓްރީ އާއި އިސްރާ އެސޯސިއޭޝަން ގުޅިގެން ކުރިއަށް ގެންދާ ހަރަކާތެއް ކަމަށެވެ.
ފޯރަމް އޮންނާނީ މިރޭ 8:30 ގައި އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގަ އެވެ.
އިސްރާ އެސޯސިއޭޝަން އާއި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ ގުޅިގެން ފަލަސްޠީނުގެ ތާރީޚާ ގުޅޭ ގޮތުން ބާއްވާ ޢިލްމީ ފޯރަމް pic.twitter.com/KWccgDy180
— Ministry of Islamic Affairs (@MVIaffairs) July 3, 2024
ފޯރަމްގައި ވާހަކަ ދައްކަވާނީ ދީނީ އިލްމުވެރިޔާ ޑރ. އަބްދުއްސައްތާރު އަބްދުއްރަހްމާނާއި ޑރ. އަބްދުލްހައްނާން ވަހީދެވެ.
ފަލަސްތީނަށް އެހީވުމަށްޓަކައި ސަރުކާރުން އިސްނަގައިގެން މި ފަހުން ވަނީ ގިނަ ހަރަކާތްތަކެއް ބާއްވައިފަ އެވެ. ފަލަސްތީނުގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް ޒަކާތު ފަންޑުން 100،000 ޑޮލަރު ދޭން ވަނީ ނިންމައިފަ އެވެ.
ސަރުކާރާއި ދައުލަތުގެ މީޑިއާ ޕީއެސްއެމް ގުޅިގެން ފަލަސްތީނަށް އެހީވުމަށް ބޭއްވި ޓެލެތޯނުން ވަނީ 19 މިލިއަން ރުފިޔާ ވެސް އެއްކޮށްފަ އެވެ. ފަލަސްތީނަށް އެހީވާ އދ. ގެ ފަންޑަށް ރާއްޖެއިން ކޮންމެ އަހަރަކު ދޭ އެހީ 5،000 ޑޮލަރުން 50،000 ޑޮލަރަށް ވެސް މިހާރު ވަނީ މަތިކޮށްފަ އެވެ.
"ޝަހީދުވާ މީހުންގެ މައްޗަށް ކަށުނަމާދު ކުރުމެއް ނެތް"
"ސަފީރުންނަށް ދަތި ކުރުމަކީ ނަސްރު ދިނުމެއް ނޫން"
ފަލަސްތީނުގެ ރައްޔިތުންނަށްޓަކައި ގުނޫތު ކިޔަން ފަށަނީ
ފަލަސްތީނަށްޓަކައި ކޮންމެ ނަމާދެއްގައި ގުނޫތު ކިޔަނީ
ފަލަސްތީނުގެ މީހުންނަށްޓަކައި ގުނޫތު ކިޔަން އަންގައިފި
އިޒްރޭލު ހުއްޓުވަން މުޅި ދުނިޔެ ތެދުވަން ގޮވާލައްވައިފި
މަޓާޓޯގެ ތާއީދު އޮތީ އިޒްރޭލް ވެރިން އައުން މަނާކުރަން
އިޒްރޭލު ޕާސްޕޯޓު މަނާކުރަން ފަލަސްތީނުގެ ބަސް ހޯދަނީ
އިޒްރޭލްގެ ޕާސްޕޯޓު މަނާކުރުން އަވަސްކުރަނީ
އައިސީސީގެ ނިންމުމަކީ ކުރިއަށް އެޅި މުހިންމު ފިޔަވަޅެއް