03 ޖުލައި 2024
ހަމައެކަނި އިދާރީ މުއާމަލާތްތައް ކުރެވޭ ގޮތަށް، އެފްއޭއެމްގެ ހިންގުން ޖެނެރަލް ސެކްރެޓަރީ މުހައްމަދު ޖައުޝަން ޝަރީފް (ޖައު) އާ ފީފާ އިން ހަވާލުކޮށްފި އެވެ.
ހަމައެކަނި އިދާރީ މުއާމަލާތްތައް ކުރެވޭ ގޮތަށް، އެފްއޭއެމްގެ ހިންގުން ޖެނެރަލް ސެކްރެޓަރީ މުހައްމަދު ޖައުޝަން ޝަރީފް (ޖައު) އާ ފީފާ އިން ހަވާލުކޮށްފި އެވެ.
ފީފާ އިން މިގޮތަށް ނިންމީ އެފްއޭއެމަށް އެންމެ ފަހުން އިންތިހާބު ކުރި އެކްސްކޯގެ ދައުރު އިއްޔެގެ ނިޔަލަށް ހަމަވިއިރު ވެސް އިންތިހާބު ބޭއްވިފައިނުވާތީވެ އެވެ. އިންތިހާބު ބާއްވަން ކުރި މަސައްކަތުގައި ގޯސްތަކެއް އުޅޭތީ ފީފާ އިން ވަނީ އެކަން ހުއްޓުވައިފަ އެވެ.
އޭގެ ފަހުން އެކްސްކޯގެ ދައުރު ހަމަވާން ކައިރި ވުމުން، އެފްއޭއެމުން ވަނީ އެކަން ފީފާގެ ސަމާލުކަމަށް ގެނެސްފަ އެވެ. އެކަމަކު އެކަމާ ބެހޭގޮތުން އަމަލުކުރާނެ ގޮތެއް ފީފާއިން އޭރު ވެސް އަންގާފައެއް ނުވެ އެވެ.
އެކްސްކޯގެ ދައުރު ހަމަވިފަހުން، ފީފާ އިން އިއްޔެ ވަނީ ޖައުޝަންއާ މުއާމަލާތް ކޮށްފަ އެވެ.
"ފީފާ އިން އެންގީ އެފްއޭ އެޑްމިނިސްޓްރޭޝަނަށް ހިނގައްޖެކަން. އަދި ޖެނަރަލް ސެކްރެޓަރީގެ ބެލުމުގެ ދަށުން ހަމައެކަނި އެޑްމިނިސްޓްރޭޓިވް ކޮމިޔުނިކޭޝަންތައް ކުރިއަށް ގެންދަން އެންގީ. އަދި ލިޔުމުން ވަކި ގޮތެއް އަންގާނެ ކަމަށް ވިދާޅުވި،" އޭނާ މިއަދު ވިދާޅުވި އެވެ.
އެފްއޭއެމް ނޯމަލައިޒޭޝަނަކަށް ގެންގޮސްދާނެ ކަމަށް ކުރިން ބެލެވުނެވެ. އެފްއޭއެމްގެ މެންބަރު ކްލަބްތަކުގެ ތެރެއިން، ބައެއް ކްލަބްތަކުން ވަނީ އެ އެސޯސިއޭޝަންގެ ކަންކަން ހަމައަކަށް އަޅުވަން ނޯމަލައިޒޭޝަން ކޮމިޓީއަކާ ހިންގުން ހަވާލުކުރަން ފީފާގެ ކިބައިން އެދިފަ އެވެ.
އެފްއޭއެމްގެ އެކްސްކޯ ދައުރު ހަމަވުމުގެ ކުރިން އެންމެ ފަހުން ބޭއްވި މުބާރާތަކީ މިދިޔަ ހޯމަ ދުވަހުގެ ރޭ ފައިނަލް މެޗު ކުޅުނު 19 އަހަރުންދަށުގެ މުބާރާތެވެ.
މިހާރު އޮތް ހާލަތުގައި އެފްއޭއެމަށް، މުބާރާތެއް ވެސް ނުބޭއްވޭނެ އެވެ.
ޖައުޝަން ވިދާޅުވީ އެޑްމިނިސްޓްރޭޝަނަށް ދިއުމުން، ފީފާ އިން އެނގި ކަމެއް މެނުވީ ނުކުރެވޭނެ ކަމަށެވެ.
"ފީފާއާ ކޮމިޔުނިކޭޓް ކުރުމަށް ފަހު ފީފާއިން އިންސްޓްރަކްޝަން ދިން ގޮތަކަށް އެ ދިން ކަމެއްގައި މެނުވީ އަޅުގަނޑަކަށް ވެސް މިހާރު އަމަލެއް ނުކުރެވޭނެ،" އޭނާ ވިދާޅުވި އެވެ.
އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ޖައުޝަން: --- ފައިލް ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އެފްއޭއެމްގެ އެކްޓިން ޖެނެރަލް ސެކްރެޓަރީ ކަމަށް، ނޮވެމްބަރު މަހު ޖައުޝަން އައްޔަން ކުރީ، އޭގެ ކުރިން އެ މަގާމުގައި ހުންނެވި ހުސައިން ޖަވާޒު މަގާމުން އިސްތިއުފާ ދިނުމުންނެވެ.
އެފްއޭއެމްގެ ދައުރު ހަމަވި ހިންގާ ކޮމިޓީގެ މުއްދަތުގައި މަނީ ލޯންޑަރިން އާއި ފައިސާ އަށް ހިޔާނާތްތެރިވި ކަމުގެ ތުހުމަތުތަކެއްގެ މައްސަލަ ފީފާގެ ކޮމިޓީ އަކުން ދަނީ ބަލަމުންނެވެ. އެ ތަހުގީގުން ފާހަގަވި ބައެއް ކަންކަމަށް ރިއާޔަތްކޮށް ފީފާގެ އިންޑަޕެންޑެންޓް އެތިކްސް ކޮމިޓީން ވަނީ، އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ނުވަ މަހަށް، ފުޓްބޯޅައިގެ ހުރިހާ ހަރަކާތްތަކުން ސަސްޕެންޑް ކޮށްފަ އެވެ.
މިދިޔަ މަހުގެ 20 ވަނަ ދުވަހު އޭނާ ސަސްޕެންޑް ކުރުމުން، އެފްއޭއެމްގެ އިސްވެރިއެއްގެ ދައުރު އަދާކުރެއްވީ ކުރީ ސީނިއާ ނައިބު ރައީސް އަލީ އުމަރެވެ. އިއްޔެ ދައުރު ހަމަވި އެކްސްކޯ އާއެކު އޭނާގެ މަސްއޫލިއްޔަތު ވެސް ވަނީ ނިމިފަ އެވެ.
އެފްއޭއެމުން ގެއްލުނު ފައިސާ ހޯދުން ކޮމިޓީ އަށް
އެފްއޭއެމް ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަނަކަށް ޒުހޫރު
ފީފާ އިން ނޯމަލައިޒޭޝަން ކޮމިޓީ އެކުލަވާލައިފި
މި ބުރަތައް ނޯމަލައިޒޭޝަން ކޮމިޓީއަށް އުފުލިދާނެ ބާ؟
އެފްއޭއެމަށް އައްޔަންކުރަން އުޅޭކަމެއް ނޭނގޭ: ޖަނާ
އެފްއޭއެމް ނޯމަލައިޒް ކުރަން ފީފާއިން ނިންމައިފި
އެފްއޭއެމްގެ މައްސަލާގައި ފީފާގެ ލަފާ ސަރުކާރުން ހޯދަނީ
ފީފާ އިން ގޮތެއް ނުނިންމާ، ހާލަތު ބަލަނީ
އެފްއޭއެމް ވާނުވާގައި: އެޅޭނެ ފިޔަވަޅެއް ހަމަ ނެތީތަ؟
ބައްސާމް ފީފާ ކޮންގްރެސްއަށް ދަނީ، ފުރުން މަނާ!