03 ޖުލައި 2024
އުތުރު އިންޑިއާގައި އިއްޔެ ބޭއްވި ހިންދީންގެ ދީނީ އެއްވުމެއްގައި ފިތިބާރުވެގެން ގާތްގަނޑަކަށް 100 އަށް ވުރެ ގިނަ މީހުން މަރުވެ އެތައް ބަޔަކަށް އަނިޔާވެއްޖެ އެވެ.
އުތުރު އިންޑިއާގައި އިއްޔެ ބޭއްވި ހިންދީންގެ ދީނީ އެއްވުމެއްގައި ފިތިބާރުވެގެން ގާތްގަނޑަކަށް 100 އަށް ވުރެ ގިނަ މީހުން މަރުވެ އެތައް ބަޔަކަށް އަނިޔާވެއްޖެ އެވެ.
ހިންދީންގެ މަޝްހޫރު "އިލްމުވެރި"އެއްގެ ވާހަކަ އަޑުއަހަން އުއްތަރަ ޕްރަދޭޝްގެ ސަރަހައްދެއްގައި ގިނަ ބަޔަކު އެއްވެފައި ވަނިކޮށް މި ހާދިސާ ހިނގީ ގަދަ ވަޔާ އެކު ހިރަފުހުން މުޅި ސަރަހައްދު ފުސްވުމާ އެކު މީހުން އެތަނުން ސަލާމަތްވާން އުޅެގަތުމުގެ ތެރޭގަ އެވެ.
އެންމެން ދުވަން ފެށުމާ އެކު އެކަކު އަނެކަކުގެ ގައިމައްޗަށް ވެއްޓި ފިތި މަރުވި އިރު މަގުގެ ކާނުތަކުގެ ތެރެއަށް ވެއްޓި ވެސް އެތައް ބަޔަކު މަރުވި އެވެ.
"މިހާތަނަށް 116 މީހަކު މަރުވިކަން ވަނީ ކަށަވަރުކުރެވިފައި. މިވަގުތު އެންމެ ބޮޑު އިސްކަމެއް ދީގެން މި ކުރަނީ އަނިޔާވި މީހުންނަށް ބޭސްފަރުވާ އާއި އެހެނިހެން އެހީތެރިކަން ފޯރުކޮށްދިނުމަށް،" އުއްތަރު ޕްރަދޭޝް ސްޓޭޓުގެ އަލީގަރް ސިޓީގެ ޑިވިޝަނަލް ކޮމިޝަނަރު ޗައިތްރާ ވީ. އޭއެފްޕީއަށް ވިދާޅުވި އެވެ.
އިންޑިއާގެ ހިންދޫންގެ ބަޔަކު ބޭއްވި ދީނީ އެއްވުމެއްގައި ފިތި ބާރުވެގެން މަރުވި ބައެއް މީހުންގެ ހަށިތައް އެމްބިއުލާންސަކަށް އަރުވަނީ. -- ފޮޓޯ: އޭއެފްޕީ
"މި ހާދިސާ ހިނގީ މީހުން އެތަނުން ނުކުންނަމުންދަނިކޮށް ވަޔާ އެކު އައި ހިރަފުހުން ތަނެއްދޮރެއް ނޭނގޭވަރުވެ އުފެދުނު ހާސްކަމުގެ ތެރޭގައި،" އޭނާ ވިދާޅުވި އެވެ.
ސްޓޭޓްގެ ޗީފް މެޑިކަލް އޮފިސަރު އުމޭޝް ކުމާރު ޓްރިޕާތީ ނޫސްވެރިންނަށް ވިދާޅުވި ގޮތުގައި މަރުވި ގިނަ މީހުންނަކީ އަންހެނުންނެވެ. ޒަހަމްވި ގިނަ މީހުން ވެސް މިހާރު ވަނީ ހޮސްޕިޓަލްތަކަށް ގެންގޮސް ފަރުވާދޭން ފަށާފައި ކަމަށް އޭނާ ވިދާޅުވި އެވެ.
ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ މި ހާދިސާގައި މަރުވި ކޮންމެ މީހެއްގެ އާއިލާއަށް 2,400 ޑޮލަރު އަދި އަނިޔާވި ކޮންމެ މީހަކަށް 600 ޑޮލަރުގެ އެހީ ދޭނެ ކަމަށް އިއުލާނުކުރައްވައިފަ އެވެ.
އިންޑިއާގައި ބޮޑެތި ދީނީ އެއްވުންތަން އޮންނަ ދުވަސްވަރު އަޅުކަން ކުރާ ތަންތަނުގައި މިފަދަ ހާދިސާތައް ހިނގުމަކީ އާންމު ކަމެކެވެ. -- އޭއެފްޕީ
23 މީހުންގެ މަރުގެ ސަބަބަކީ މީހެއްގެ ހަޅޭކުގެ އަޑު
"މަރުވި" މީހަކު އަންދާލަނިކޮށް ނޭވާލަން ފަށައިފި
އިންޑިއާގެ ހޮސްޕިޓަލެއްގައި ރޯވެ 10 ކުދިން މަރުވެއްޖެ
އިންޑިއާގައި ދިވެއްސަކު މަރުވެފައި އޮއްވައި ފެނިއްޖެ
ފެޝަން ޑިޒައިނަރު ރޯހިތު ބާލް މަރުވެއްޖެ
ވަރުގަދަ ވިޔަފާރިވެރިޔާ ރަޓަން ޓާޓާ އަވަހާރަވެއްޖެ
އިންޑިއާގެ އާއިލާއެއް ފެންގަނޑަކަށް ދަމައިގަނެ މަރު
ބްރިޖު މަސައްކަތްކުރާ ބިދޭސީ މަރުވި މައްސަލަ ބަލަނީ
ބަނޑޭރިކޮށިން ފެނުނު ހަށިގަނޑު އިންޑިއާ އަށް
ނުވަ ވަނަ ބުރިން ވެއްޓުނު މީހާ މަރުވެއްޖެ