މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ވެހިކަލް ވަގަށް ނެގި މައްސަލާގައި ހައްޔަރުކުރި ދެ މީހުންގެ މައްޗަށް ދައުވާކޮށް، ކްރިމިނަލް ކޯޓަށް ފޮނުވައިފި އެވެ.
01 ޖުލައި 2024
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ވެހިކަލް ވަގަށް ނެގި މައްސަލާގައި ހައްޔަރުކުރި ދެ މީހުންގެ މައްޗަށް ދައުވާކޮށް، ކްރިމިނަލް ކޯޓަށް ފޮނުވައިފި އެވެ.
އެ ކާރު ވަގަށް ނެގީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޕާކް ކޮށްފައިވާ އޮއްވައި މިދިޔަ އޭޕްރީލް މަހު އެވެ. އެ ކާރު ފަހުން ފެނުނީ މާލޭގެ ގެއެއްގެ ތެރެއިންނެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނީ އެ މައްސަލާގައި ދައުވާކުރީ އެމްއޭސީއެލްގެ މުވައްޒަފެއް ކަމަށްވާ މ. ސީނިއަސުރުމާގޭ މުހައްމަދު ހައިޝަމާއި މ. މޮޑަންހޯމް އަހުމަދު ނިޒާމްގެ މައްޗަށް ކަމަށެވެ. އެ ދެ މީހުންގެ މައްޗަށް ކުރަނީ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ދައުވާ އެވެ.
އެ ކުށް ސާބިތުވެއްޖެ ނަމަ ތިން އަހަރާއި ދެ މަހުގެ ޖަލު ހުކުމެއް އެ ދެ މީހުންގެ މައްޗަށް އަންނާނެ އެވެ.
މީގެ އިތުރުން މީހަކަށް އޮޅުވާލުމުގެ ނިޔަތުގައި އެއްޗަކަށް ބަދަލު ގެނައުމުގެ ދައުވާގެ އާއި މުދަލަށް ގެއްލުން ދިނުމުގެ އިތުރު ދައުވާއެއް ނިޒާމްގެ މައްޗަށް ކުރެ އެވެ. އެއީ އެ ވޭންގެ އިންޖީނު ނަންބަރާއި ޗެސިސް ނަންބަރު ކަހާލާއި އެ އުޅަނދުގެ އަސްލު އޮޅުވާލުމަށް މަސައްކަތްކޮށްފައި ވާތީ އެވެ.
އެ މައްސަލައިގައި ވަގަށް ނަގާފައިވާ ކާރުގެ އަގަކީ 34،560 އެމެރިކާ ޑޮލަރު (500،000 އަށް ވުރެ ގިނަ ރުފިޔާ) ކަމަށް ޕީޖީ އޮފީހުން ބުންޏެވެ. އެ މައްސަލާގެ ތަހުގީގުގެ ތެރެއިން ގިނަ އަދަދެއްގެ ވެހިކަލް އޮޅުވާލައިގެން ރަޖިސްޓްރީކުރާ ބޮޑު ސްކޭމެއް ވެސް ވަނީ ހާމަވެފަ އެވެ. އެގޮތުން އެކަކުގެ ނަމުގައި 100 އަށް ވުރެ ގިނަ ވެހިކަލް ރަޖިސްޓްރީ ކޮށްފައިވާއިރު، ބައެއް ވެހިކަލްތަކުގެ ޗެސިސް ނަމްބަރު އޮޅުވާލާފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.
ދެކިލޯ ޑްރަގް،50 އަހަރުގެ ޖަލު އަދަބު 25 އަހަރަށް
އޮފިސަރުންގެ މައްސަލަ: އެއްބަސްވުން އަނބުރާ ގެންގޮސްފި
އޮފިސަރުންގެ މައްސަލަ:އެންމެން ދޫކޮށްލަން ޕީޖީން އެދެފި
އޮޅުވާލައިގެން ގެންގޮސް ފޭރުނު މައްސަލާގައި ދައުވާކޮށްފި
ކިންގްސް ކުންފުނީގެ މައްސަލަ ރިވިއުކުރަން އެދެނީ
ޔާމީންގެ މައްސަލައިން ތަނާޒުލްވާންޖެހޭނަމަ އެކަން ކުރާނެ
އޮފިސަރުންގެ މައްސަލަ: ތިން މީހަކާއެކު އެއްބަސްވުމެއް
އެމްބަސީ ކައިރީގައި މުޒާހަރާ ކުރާތީ ޝަކުވާ ލިބޭ: ޕީޖީ
އަނަސްގެ މަރުގެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފްކޮށްފި
ކުށް ސާބިތުނުވުމުން ވީޑިއޯ ރިޕޯޓް ހަދާތީ ފާޑުކިޔުން