22 ޑިސެމްބަރ 2024
މާލޭގެ ގެއަކުން 2.7 ކިލޯގެ ޑްރަގާ އެކު އަތުލައިގަތް މީހަކާ އެކު، ދައުލަތުން ހެދި އިއުތިރާފްގެ އެއްބަސްވުމެއްގެ ދަށުން 50 އަހަރުގެ ޖަލު ހުކުމް 25 އަހަރުގެ ޖަލު އަދަބަކަށް ކުޑަކުރުމަށް ފަހު އެ މީހާ އަށް ކޯޓުން އަދަބު ކަނޑައަޅައިފި އެވެ.
މާލޭގެ ގެއަކުން 2.7 ކިލޯގެ ޑްރަގާ އެކު އަތުލައިގަތް މީހަކާ އެކު، ދައުލަތުން ހެދި އިއުތިރާފްގެ އެއްބަސްވުމެއްގެ ދަށުން 50 އަހަރުގެ ޖަލު ހުކުމް 25 އަހަރުގެ ޖަލު އަދަބަކަށް ކުޑަކުރުމަށް ފަހު އެ މީހާ އަށް ކޯޓުން އަދަބު ކަނޑައަޅައިފި އެވެ.
މިދިޔަ މެއި މަހު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މާލޭގެ ގެއަކުން 2.7 ކިލޯގެ ޑްރަގާއެކު އަތުލައިގަތީ މުހައްމަދު ހަސަން ކިޔާ މާލެ އަށް ނިސްބަތްވާ ދިވެހި ފިރިހެނެކެވެ. އޭނާ ދިރިއުޅޭ ކޮޓަރި ފާސް ކުރިއިރު އެ ތަނުން 1.7 ކިލޯގެ ކެނަބިސް އާއި ކިލޯއަކަށް ވުރެ ގިނަ ޑައިމޯފިން ފެނުނެވެ. އަދި 9،000 އަށް ވުރެ ގިނަ ރުފިޔާ ވެސް ފެނުނެވެ. އެ މައްސަލާގައި އެ މީހާގެ މައްޗަށް ކެނަބިސް ޓްރެފިކް ކުރުމުގެ ދައުވާ އާއި ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ އުފުލި އެވެ.
އެއިން ކޮންމެ ކުށެއްގެ އަސްލު އަދަބަކީ 25 އަހަރަށް ޖަލަށްލުމާ އެކު 100،000ރ. ޖޫރިމަނާ ކުރުން ކަމަށް ވާތީ، އެ ދެ ކުށުގެ ޖުމްލަ އަދަބަކީ 50 އަހަރަށް ޖަލަށްލުމާ އެކު، 200،000ރ. ޖޫރިމަނާ ކުރުމެވެ. ނަމަވެސް ދައުލަތުން އެ މީހާއާ އެކު، މި މަހު އިއުތިރާފްގެ އެއްބަސްވުމެއް ހެދީ ކޮންމެ ކުށެއްގައި 25 އަހަރުގެ ޖަލު ހުކުމް 12 އަހަރާއި ހަ މަހުގެ ޖަލު ހުކުމަކަށް އަދަބު ލުއިކޮށްދީ، ޖޫރިމަނާގެ އަދަބު ވެސް 50،000ރ. އަށް ކުޑަ ކުރުމަށެވެ.
އެ އެއްބަސްވުމާ އެއްގޮތަށް އެ މީހާ ކޯޓުގައި ކުށަށް އެއްބަސްވުމުން ކްރިމިނަލް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ވަނީ އިއުތިރާފްގެ އެއްބަސްވުމާ އެއްގޮތަށް ކޮންމެ ކުށެއްގައި 12 އަހަރާއި ހަ މަހުގެ ޖަލު ހުކުމަކާއެކު 50،000ރ. ގެ ޖޫރިމަނާގެ އަދަބެއް އިއްވައިފަ އެވެ.
އެހެންވެ، އެ މީހާ އަށް ކޯޓުން އިއްވި ޖުމްލަ އަދަބަކީ 25 އަހަރުގެ ޖަލު ހުކުމަކާއެކު، 100،000ރ. ގެ ޖޫރިމަނާ އެކެވެ. އަދި އެ މައްސަލާގައި ފުލުހުން އަތުލައިގަތް 9،000ރ. އަށް ވުރެ ގިނަ ރުފިޔާ ދައުލަތަށް ނުނަގާ ދޫކޮށްލަން ވެސް ވެސް ދައުލަތުން އެއްބަސްވި އެވެ.
ޔާމީންގެ މައްސަލައިން ތަނާޒުލްވާންޖެހޭނަމަ އެކަން ކުރާނެ
ކުށް ސާބިތުނުވުމުން ވީޑިއޯ ރިޕޯޓް ހަދާތީ ފާޑުކިޔުން
އިހުމާލު ފޮރުވަން އުޅޭތީ ހައިކޯޓުގެ ފާޑުކިޔުން ޕީޖީއަށް
130 ކިލޯ ޑްރަގް:ދެ މީހުން ދޫކުރުމުން އިސްތިއުނާފަށް
ޑޮކްޓަރަށް ނުދައްކާތީ ގާޒީ ވިދާޅުވީ ރޭވުމެއް ކަމަށް
ޑްރަގްގެ ބޮޑުން ދޫކުރި މައްސަލަ އިސްތިއުނާފެއް ނުކުރާނެ
"ވިސާމް ދޫކޮށްލިއިރު ޕީޖީން ވަކި އެއްޗެއް ނުބުނޭ"
ޑްރަގް މައްސަލައިގައި ޝަހީބުގެ މައްޗަށް ތިން ދައުވާއެއް
130 ކިލޯ ޑްރަގްސް: "ބޮޑުން" ދޫވެ، ސުވާލުތަކެއް
މަލް ދޫކޮށްލި މައްސަލަ ހައި ކޯޓުން ބާތިލުކޮށްފި