01 އޮކްޓޯބަރ 2024
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުވާކުރާ މައްސަލަތަކުގައި ތަނާޒުލްވާން ޖެހިއްޖެ ނަމަ އެކަން ކުރައްވާނެ ކަމަށް އާ ޕްރޮސެކިއުޓާ ޖެނެރަލް އައްބާސް ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުވާކުރާ މައްސަލަތަކުގައި ތަނާޒުލްވާން ޖެހިއްޖެ ނަމަ އެކަން ކުރައްވާނެ ކަމަށް އާ ޕްރޮސެކިއުޓާ ޖެނެރަލް އައްބާސް ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.
ވ. އާރަށާއި ރ. ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ޔާމީންގެ މައްޗަށް ރިޝްވަތާއި މަނީ ލޯންޑްރިންގެ ދައުވާތަކެއް ދައުލަތުން ކްރިމިނަލް ކޯޓުގައި ކުރެ އެވެ. ދާދި ފަހުން ޕީޖީގެ މަގާމަށް އައްޔަން ކުރެއްވި އައްބާސް ޝަރީފަކީ ރިޔާސީ އިންތިހާބު ބާތިލްކުރަން ޔާމީންގެ ފަރާތްޕުޅުން 2018 ވަނަ އަހަރު ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލާގައި އެ މަނިކުފާނުގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަތް ބޭފުޅެކެވެ.
ޕީޖީގެ މަގާމާ މިދިޔަ ސެޕްޓެމްބަރު 18 ގައި ހަވާލުވެވަޑައިގެންނެވި ފަހުން ބޭއްވެވި ފުރަތަމަ މީޑިއާ ބްރީފިންގައި، އެކަމާ ބެހޭގޮތުން ސުވާލު ކުރުމުން އައްބާސް ވިދާޅުވީ، ޕާޓީތަކުގެ ވަކީލުންގެ ޓީމުގައި އޭނާ ކުރިން މަސައްކަތް ކުރައްވާފައިވާނެ ކަމަށާއި ނަމަވެސް ޔާމީންގެ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ހަނދާނެއް މިވަގުތު ނެތް ކަމަށެވެ. އެގޮތަށް މަސައްކަތް ކުރެއްވިފައިވާ ނަމަ ޔާމީންގެ މައްސަލާގައި ޕީޖީ އޮފީހުން ނިންމަންޖެހޭ ނިންމުންތައް ނިންމުމުން ތަނާޒުލްވެވަޑައިގަންނަވާނެ ކަމަށް އައްބާސް ވިދާޅުވި އެވެ.
"އަޅުގަނޑަށް ކޯޓަށް ދެވިފައިވާ ހުރި ކަމަށް ވަންޏާ ތަނާޒުލްވާން ޖެހޭ ހައިސިއްޔަތެއް އޮންނާނެ. އެ ހާލަތުގައި އަޅުގަނޑު ތަނާޒުލްވާނަން،" ހައި ކޯޓުގެ ފަނޑިޔާރުކަން ވެސް ކުރެއްވި އައްބާސް ވިދާޅުވި އެވެ.
އައްބާސް ވިދާޅުވިގޮތުގައި ވަކީލުން މައްސަލަތަކުން ތަނާޒުލްވާންޖެހޭ ހާލަތްތަކުގައި އަމަލުކުރާނެ އުސޫލެއް ޕީޖީ އޮފީހުގައި އޮންނާނެ ކަމަށެވެ. ޔާމީންގެ މައްސަލާގައި އެއްވެސް ކަމެއް ނިންމުމުގައި މިހާތަނަށް އޭނާ ބައިވެރިވެ ވަޑައިނުގަންނަވާ ކަމަށް އައްބާސް ވިދާޅުވި އެވެ.
ޔާމީންގެ މައްޗަށް ދައުވާކުރާ މައްސަލަތައް ކްރިމިނަލް ކޯޓުގައި މިހާރު ދަނީ ހިނގަމުންނެވެ.
ޕީޖީ ވަކީލުން ޝަރީއަތުގައި"ސަކަރާތް ޖަހާތީ" އިންޒާރެއް
ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ އިތުރު ދައުވާއެއް
އާޒިމާ އަށް އުފުލި ދައުވާގެ ލިޔުންތައް ހަވާލުކޮށްފި
އާޒިމާގެ މައްޗަށް ދައުވާކޮށް، ކޯޓަށް ފޮނުވައިފި
ދައުވާތަކާއި ބަންދުގެ މައްސަލަ ރިވިއުކުރަން ހުޅުވާލައިފި
އެމްބަސީ ކައިރީގައި މުޒާހަރާ ކުރާތީ ޝަކުވާ ލިބޭ: ޕީޖީ
ޔާމީނާ ދެކޮޅު އާ ހެކިތަކުގެ މައްސަލަ ބަލައިގެންފި
ކުށް ސާބިތުނުވުމުން ވީޑިއޯ ރިޕޯޓް ހަދާތީ ފާޑުކިޔުން
ކްރިކް ރިޒާގެ ރިޝްވަތު ދައުވާ މި ނިމުނީ؟
ކްރިކަށް އައިޖީއެމްއެޗުން މެޑިކަލް ދިނީ ޓެސްޓް ނުހަދާ