01 ޖުލައި 2024
ބައިނަލްއަގްވާމީ އެއްބަސްވުމެއް ކަމަށްވާ އޯގަނައިޒޭޝަން އޮފް އެފްރިކަން، ކެރީބިއަން އެންޑް ޕެސިފިކް ސްޓޭޓްސް (އޯއޭސީޕީއެސް)ގެ "ސަމޯއާ އެގްރީމަންޓް" ގައި ބައިވެރިވަނީ ރާއްޖޭގެ ގާނޫނުއަސާސީއާ ހިލާފް ނުވާ ގޮތަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީ ރިޕޯޓްގައި ބުނެފި އެވެ.
ބައިނަލްއަގްވާމީ އެއްބަސްވުމެއް ކަމަށްވާ އޯގަނައިޒޭޝަން އޮފް އެފްރިކަން، ކެރީބިއަން އެންޑް ޕެސިފިކް ސްޓޭޓްސް (އޯއޭސީޕީއެސް)ގެ "ސަމޯއާ އެގްރީމަންޓް" ގައި ބައިވެރިވަނީ ރާއްޖޭގެ ގާނޫނުއަސާސީއާ ހިލާފް ނުވާ ގޮތަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީ ރިޕޯޓްގައި ބުނެފި އެވެ.
ސަމޯއާ އެގްރިމެންޓްގައި އިސްލާމްދީނާއި ރާއްޖޭގެ ގާނޫނުއަސާސީއާ ހިލާފުވާ ގޮތަށް އެއް ޖިންސުން ގުޅުން ހިންގުމާއި ދީނީ މިނިވަންކަމާ ބެހޭ މާއްދާތަކެއް ހިމެނޭތީ ބައެއް ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި، އެއީ ބައެއް ގައުމުތަކުން އެ އެއްބަސްވުމުގައި ސޮއިކުރަން ވެސް ދެކޮޅު ހަދާފައިވާ ކަމެކެވެ.
ނަމަވެސް، ރާއްޖެއިން އެ އެއްބަސްވުމުގައި ބައިވެރިވާން ނިންމައި، މިހާރު އެކަމަށް ރައްޔިތުންގެ މަޖިލީހުން ވަނީ ރުހުން ވެސް ދީފަ އެވެ. މި މައްސަލަ ދިރާސާކުރި ރައްޔިތުންގެ މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީގެ ރިޕޯޓްގައި ރާއްޖެ އިން ސޮއިކުރާ އެއްބަސްވުން ހިމާނާފައިވެ އެވެ. އަދި އެ އެއްބަސްވުމުގައި ހިމެނޭ އިންސާނީ ހައްގުތައް ރާއްޖެއިން ފޯރުކޮށްދޭނީ ރާއްޖޭގެ ގާނޫނު އަސާސީއާ ހިލާފްނުވާ ގޮތަށް ކަމަށް އެ އެއްބަސްވުމުގައި ދިވެހި ސަރުކާރުން ރިޒަވޭޝަން ހިމާނާފައިވެ އެވެ.
އެހެންކަމުން ސަމޯއާ އެގްރިމެންޓްގައި ރާއްޖެއިން ސޮއިކުރާނީ ރާއްޖޭގެ ގާނޫނުއަސާސީގެ ހުދޫދުގެ ތެރޭގައި އޭގެ ބޭރަށް ނުދާނެ ގޮތަށް ކަމަށް ރިޕޯޓްގައިވެ އެވެ. އަދި އެ އެގްރިމެންޓް ރާއްޖޭގައި ތަންފީޒު ކުރާނީ ރާއްޖޭގެ ގާނޫނީ ނިޒާމްގެ ތެރޭގައި ކަމަށް ވެސް ބުނެފައިވެ އެވެ.
މަޖިލިހަށް ހުށަހެޅޭ ބިލްތައް މެންބަރުން ކިޔާނުލާތީ ހިތާމަކުރަން.
— Amr ? (@HusenAmr) June 30, 2024
މީ އަޅުގަޑުގެވެސް ޤައުމު.
މި ޤައުމުގަ އެއްޖިންސުން ގުޅުން ހިންގަން ހުއްދަ އޮންނަނާކަށް ނޭދެން. https://t.co/qyfTMi03qH
މިކަމާ ގުޅޭ ގޮތުން އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބައިނަލްއަގުވާމީ މުއާހަދާތަކުގައި ރާއްޖެއިން ސޮއި ކުރާއިރު އަމަލުކުރާ އުސޫލަކީ، ގާނޫނުއަސާސީއާ ތައާރުޒުވާ ކަންތައްތަކެއް އޭގައި ހުރެއްޖެ ނަމަ، އެފަދަ ކަންކަމަށް ރިޒަވޭޝަނެއް ހިމެނުން ކަމަށާއި ވީމާ ރާއްޖެއިން އަބަދުވެސް އެ އުސޫލު ދަމަހައްޓާނެ ކަމަށެވެ.
ބައިނަލްއަގްވާމީ ގިނަ މުއާހަދާތަކުގައި ރާއްޖެއިން ސޮއިކޮށްފައިވަނީ ވެސް އެފަދަ ރެޒަވޭޝަންތަކާ އެކު އެވެ.
ކޮމިޓީ ރިޕޯޓްގައިވާ ގޮތުން އެއްބަސްވުމުގައި ބައިވެރިވުމުން ރާއްޖެއިން ބޭރަށް އެކްސްޕޯޓްކުރާ ކަނޑުމަހުގެ ބާވަތްތަކަށް ހެޔޮ އަގެއް ހޯދަން އިތުރު ދޮރުތަކެއް ހުޅުވިގެންދާނެ އެވެ. ނަމަވެސް އީޔޫއަށް އެކްސްޕޯޓްކުރާ މަހުގެ އަގު ހެޔޮ ކުރެވޭނެ ދުވަހެއް މަޝްވަރާތަކަށް ފަހު ނޫނީ ލަފާ ނުކުރެވޭ ކަމަށް ރިޕޯޓްގައިވެ އެވެ.
"މި އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު އަދި ފުރިހަމަ ކުރަން ޖެހޭ އިޖުރާއަތްތަކާއި އީޔޫއާ އެކު ކުރަން ޖެހޭ މަޝްވަރާތަކަކީ ގިނަ ދުވަސް ނަގާނެ ކަންތައްތަކެއް ކަމަށް ލަފާކުރެވޭ،" ރިޕޯޓްގައިވެ އެވެ.
ކަނޑުމަހުގެ އެކި ބާވަތްތަކަށް އެ އެއްބަސްވުމުގެ ދަށުން ރަނގަޅު ހެޔޮ އަގެއް ހޯދޭނީ އޯއޭސީޕީއެސްގެ ރީޖަނަލް ގުރޫޕްތަކާއި އީޔޫއާ އެކު ވެފައިވާ އިކޮނޮމިކް ޕާޓްނަޝިޕް އެއްބަސްވުމަކަށް އެކްސީޑްކުރުމަށް ފަހު ކަމަށް ރިޕޯޓްގައިވެ އެވެ. އަދި އޯއޭސީޕީއެސްގެ މަގުން އެ ފައިދާ ރާއްޖެއަށް ހޯދަން ނިންމާފައިވަނީ އީޔޫއާ އެކު މަޝްވަރާ ކޮށްގެން އަލިމަގެއް ހޯދިފައިނުވާތީ ކަމަށް ވެސް މަޖިލީހުގެ ރިޕޯޓްގައި ބުނެފައިވެ އެވެ.
"އިންޑިއާ ކަނޑުގައި ހިމެނޭ ދިވެހިރާއްޖެ ފަދަ މަސްވެރިކަމަށް ބަރޯސާވާ ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތައް ކަމަށްވާ މޮރިޝަސް އާއި ސީޝެލްސް އަކީ އޯއޭސީޕީއެސްގެ ތެރެއިން އެ ގައުމުތަކުން އީޔޫއަށް އެކްސްޕޯޓް ކުރާ ކަނޑުމަހުގެ އެކި ބާވަތްތަކަށް ރަނގަޅު ހެޔޮ އަގެއް ހޯދާފައިވާ ގައުމުތަކެއް،" ރިޕޯޓްގައިވެ އެވެ.
ރިޕޯޓްގައި ބުނީ އެއްބަސްވުމުގައި ރާއްޖެ އިން ސޮއިކޮށް ތަސްދީގު ކުރުމުން ރާއްޖެ އާއި އެފްރިކާ، ކެރީބިއަން އަދި ޕެސިފިކް ސަރަަހައްދުގެ ގައުމުތަކާ ދެމެދު އޮންނަ ހާރިޖީ އަދި ވިޔަފާރީގެ ގުޅުންތައް އިތުރަށް ވަރުގަދަވާނެ ކަމަށެވެ.
"ސަމޯއާ އެގްރީމަންޓް" އަކީ ކުރިއަށް އޮތް ވިހި އަހަރަށް އީޔޫ-އޯއޭސީޕީއެސް ގުޅުމުގެ މައިގަނޑު ހަ ދާއިރާއަކަށް ބިނާވެފައިވާ ގާނޫނީ އޮނިގަނޑު ހާމަކޮށްދޭ އެގްރީމަންޓެކެވެ. މި މައިގަނޑު ހަ ދާއިރާއަކީ ހިއުމަން ރައިޓްސް އެންޑް ޑިމޮކްރަސީ، ޕީސް އެންޑް ސެކިއުރިޓީ، ޑިވެލޮޕްމަންޓް، އިކޮނޮމިކް ގްރޯތު، ކްލައިމެޓް ޗޭންޖް އަދި މައިގްރޭޝަން އެންޑް މޮބިލިޓީ އެވެ.
މިއަދާ ހަމައަށް އެއްބަސްވުމުގައި އީޔޫގެ 27 ގައުމުންނާއި އޯއޭސީޕީއެސްގެ 79 ގައުމުތަކުގެ ތެރެއިން 69 ގައުމަކުން ސޮއިކޮށްފައިވެ އެވެ. އަދި އެއްބަސްވުން ތަސްދީގު ކޮށްފައިވަނީ އީޔޫގެ ދެ ގައުމަކުންނާއި އޯއޭސީޕީއެސްގެ ދެ ގައުމަކުންނެވެ.
ގަތަރާ ގުޅުން ކަނޑާލީ އެރި ފޯރިއެއްގައި: ޝާހިދު
ސަފީރުކަމަށް އަޒީމާ އައްޔަނުކުރަން މަޖިލީހުން ފާސްކޮށްފި
ސަފީރު ކަމަށް އަޒީމާ އައްޔަންކުރަން ކޮމިޓީން ރުހުންދީފި
ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ކޮމިޓީއަށް
ގިނަ ދުވަސްތަކެއް ފަހުން 8 ސަފީރުންނަށް ރުހުން ދީފި
ލަންކާ ސަފީރު ކަމަށް މަސްއޫދު، މެލޭޝިއާ އަށް ޝަބީނާ
ހުވާކުރާ ރަސްމިއްޔާތަށް މަންދޫބުން ވަޑައިގަންނަވަނީ
ޕާކިސްތާނު ސަފީރަކަށް ނަޖީހާ އައްޔަންކުރަން މަޖިލީހަށް
ވެލިފުކެއް ވެސް އިންޑިއާއަށް ލިބޭ އެއްބަސްވުމެއް ނެތް
ފޮރިން ސާވިސް ބިލް: ނުފޫޒުގެ ތުހުމަތާއި ތައުރީފު