ރާއްޖެ އިން އިންޑިއާ އަށް ކަނޑައަޅާ ސަފީރަކަށް ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކެޓްރީ އާއިޝަތު އަޒީމާ އައްޔަން ކުރަން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.
ރާއްޖެ އިން އިންޑިއާ އަށް ކަނޑައަޅާ ސަފީރަކަށް ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކެޓްރީ އާއިޝަތު އަޒީމާ އައްޔަން ކުރަން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.
އިންޑިއާގައި ހުންނަވާ ރާއްޖޭގެ ސަފީރަކަށް އަޒީމާ އައްޔަން ކުރަން މަޖިލީހުގެ ރުހުން ހޯދުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވީ އިއްޔެ އެވެ.
އެ މައްސަލަ ދިރާސާ ކުރަން ހާރިޖީ ގުޅުންތަކުގެ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި، އަޒީމާއާ އިންޓަވިއު ކުރުމަށް މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ރިފާއު (ބޮޗޭ) ހުށަހަޅުއްވައި ތާއީދު ވެސް ލިބުނެވެ.
އެކަމަކު ކުޅުދުއްފުށި ދެކުނު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ދާއޫދު ވަނީ އަޒީމާގެ ވަނަވަރަށް ބަލާއިރު، ތައުލީމާއި ތަޖުރިބާގެ އަލީގައި ގާބިލު ބޭފުޅެއް ކަން ސާފުވާތީ އިންޓަވިއު ކުރުމެއް ނެތި ކޮމިޓީން ރުހުން ދިނުމަށް ހުށަހަޅުއްވައިފަ އެވެ.
ދާއޫދުގެ އެ ހުށަހެޅުމަށް ތާއީދު ލިބުމުން، ރިފާއު ވަނީ އޭނާގެ ހުށަހެޅުއްވުން އަނބުރާ ގެންދަވައިފަ އެވެ. އެހެންވެ، ސަފީރު ކަމަށް އަޒީމާ އައްޔަން ކުރަން ފެންނަ ކަމަށް ކޮމިޓީން ފާސްކޮށްފައިވަނީީ ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އަށް މެމްބަރުންގެ އިއްތިފާގުންނެވެ.
އަޒީމާއަކީ ހާރިޖިއްޔާގެ އެކި މަގާމުތަކުގައި ގިނަ އަހަރުތަކެއް ހިދުމަތް ކުރައްވާފައިވާ ކެރިއާ ޑިޕްލޮމެޓެކެވެ. އޭނާ ވަނީ ޗައިނާގައި ހުންނަވާ ރާއްޖޭގެ ސަފީރުކަމުގެ މަގާމު 2019 ވަނަ އަހަރުން ފެށިގެން 2023 އަށް އަދާ ކުރައްވައިފަ އެވެ. އަދި މިހާރު އެޑިޝަނަލް ސެކްރެޓަރީގެ މަގާމުގައި އޭނާ ހުންނެވީ އިންޑިއާ ޑިވިޝަންގެ ހެޑްގެ ގޮތުގަ އެވެ.
އިންޑިއާގައި ހުންނަވާ ސަފީރު ކަމަށް އަޒީމާ އައްޔަން ކުރަން ފޮނުއްވީ، އެ މަގާމުގައި މިހާރު ހުންނެވި އިބްރާހިމް ޝަހީބުގެ ސަފީރުކަމުގެ ދައުރު ހަމަވުމުންނެވެ.
ޝަހީބު އެ މަގާމަށް އައްޔަން ކުރައްވާފައި ވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ދުވަސްވަރު ނޮވެމްބަރު، 2022 ގަ އެވެ. އޭނާ އެ މަގާމަށް އައްޔަން ކުރައްވާފައިވަނީ ސިންގަޕޫރުގައި ހުންނަވާ ރާއްޖޭގެ ސަފީރުކަމުގެ މަގާމުގައި ހުންނަވަނިކޮށެވެ.
ފޮރިން ސާވިސް ގާނޫނު ބުނާގޮތުން ސަފީރުން އައްޔަން ކުރާނީ ތިން އަހަރުގެ މުއްދަތަކަށެވެ.
ސަފީރުކަމަށް އަޒީމާ އައްޔަނުކުރަން މަޖިލީހުން ފާސްކޮށްފި
ވެލިފުކެއް ވެސް އިންޑިއާއަށް ލިބޭ އެއްބަސްވުމެއް ނެތް
އިންޑިއާއިން ހުށަހެޅި މައްސަލަ ބަލަން އެދިއްޖެ
ރަސްމީ ދަތުރެއްގައި ފޮރިން މިނިސްޓަރު އިންޑިއާއަށް
ރާއްޖެ-އިންޑިއާ: އާ ތަސައްވަރާ ގުޅޭ ބައްދަލުވުމެއް
ގުޅުން ރަނގަޅުކުރަން އިންޑިއާ ސަފީރާއެކު މަޝްވަރާކޮށްފި
"އިންޑިއާއާ އެކު އޮންނަ ގުޅުން ހީނަރުވިޔަ ނުދޭނެ"
"އިންޑިއާ އައުޓް ކެމްޕެއިނާ ސަރުކާރާ ގުޅުމެއް ނެތް"
ރާއްޖެއަކީ ނެއިބަހުޑް ފަސްޓްގެ އެންމެ ސާފު މިސާލު
ރަށްރަށުގައި މަޝްރޫއު ހިންގަން އިންޑިއާއާއެކު ސޮއިކޮށްފި