Roadha Mihaaru
ކޮޅިގަނޑަކާ ހެދި ޖަރުމަން މެޗު މެދުކަނޑާލައިފި

ކޮޅިގަނޑަކާ ހެދި ޖަރުމަން މެޗު މެދުކަނޑާލައިފި

30 ޖޫން 2024

ޑޯޓްމެންޑް (ޖޫން 30) - ޔޫރޯ މުބާރާތުގެ ގަދަ 16 ގައި ޖަރުމަނާއި ޑެންމާކް ބައްދަލުކުރާ މެޗު މެދު ނިމެން ކައިރިވެފައި ވަނިކޮށް އައި ކޮޅިގަނޑަކާ ހެދި މެޗު މެދުކަނޑާލައިފި އެވެ.

ޑޯޓްމެންޑް (ޖޫން 30) - ޔޫރޯ މުބާރާތުގެ ގަދަ 16 ގައި ޖަރުމަނާއި ޑެންމާކް ބައްދަލުކުރާ މެޗު މެދު ނިމެން ކައިރިވެފައި ވަނިކޮށް އައި ކޮޅިގަނޑަކާ ހެދި މެޗު މެދުކަނޑާލައިފި އެވެ.

މެޗުގެ ފުރަތަމަ ހާފު ނިމެން 10 ވަރަކަށް މިނިޓަށް ވެފައި ވަނިކޮށް ރެފްރީ މައިކަލް އޮލިވާ މެޗު ހުއްޓާލިއިރު އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހެ އެވެ. ޖަރުމަނަށް ކުރަމުންދާ ވިއްސާރައިގައި ވިދައި ގުގުރަން ފެށުމާ އެކު ސްޓޭޑިއަމްގެ ފުރާޅުން ފެން ލީކުވާން ފެށުމުން ރެފްރީ ވަނީ ދެ ޓީމު ވެސް ދަނޑުން ފައިބަން އަންގައިފަ އެވެ.

މެޗު ފެށިގެން ފަސްވަނަ މިނިޓުގައި ޑިފެންޑަރު ނިކޯ ޝްލޮޓާބެކް ގޯލެއް ޖެހި ނަމަވެސް ރެފްރީ ވަނީ ގޯލު ޖެހުމުގެ ކުރިން ފައުލް ކޮށްފައި ވާކަމަށް ނިންމައިފަ އެވެ.

މޫސުމާ ގުޅިގެން ޑޯޓްމެންޑްގެ ބައެއް ފޭން ޒޯންތައް ވެސް ފުލުހުން ބަންދު ކޮށްފައިވާކަމަށް މީޑިއާތަކުން ރިޕޯޓް ކޮށްފައިވެ އެވެ.

ގުރޫޕް ސްޓޭޖުގައި ޖަރުމަނުން ވަނީ ފަސޭހަކަމާ އެކު ފުރަތަމަ ދެ މެޗު ކާމިޔާބުކޮށް ގުރޫޕްގެ އެއްވަނަ ހޯދައިފަ އެވެ. ޑެންމާކް ވަނީ ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗު ވެސް އެއްވަރު ކޮށްފަ އެވެ.