Roadha Mihaaru
ފަން ރަން"އަށް މޯލްޑިވިއަންގެ ހާއްސަ އޮފާއެއް

"ފަން ރަން"އަށް ލ. އަތޮޅަށް ދާން މޯލްޑިވިއަންގެ ހާއްސަ އޮފާއެއް

29 ޖޫން 2024

އުރީދޫން ލ. އަތޮޅުގައި އަންނަ މަހު ބާއްވާ "ފަން ރަން"ގައި ބައިވެރިވާން ދާން ބޭނުންވާ ފަރާތްތަކަށް މޯލްޑިވިއަންއިން ހާއްސަ އޮފާއެއް އިއުލާން ކޮށްފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

އުރީދޫން ލ. އަތޮޅުގައި އަންނަ މަހު ބާއްވާ "ފަން ރަން"ގައި ބައިވެރިވާން ދާން ބޭނުންވާ ފަރާތްތަކަށް މޯލްޑިވިއަންއިން ހާއްސަ އޮފާއެއް އިއުލާން ކޮށްފި އެވެ.

މޯލްޑިވިއަން އަކީ "ފަން ރަން"ގެ ޓްރެވަލް ޕާޓްނަރެވެ. މި ދުވުމަށް މޯލްޑިިވިއަން އިން ތައާރަފް ކުރި އޮފާއިން އުރީދޫގެ ފަން ރަންގައި ރަޖިސްޓްރީވެފައިވާ ބައިވެރިންނަށް މާލެ - ކައްދޫ ދެކޮޅު ޓިކެޓު 2،488ރ. އަށް ލިބޭނެ އެވެ.

ލ. އަތޮޅުގައި ބޭއްވުމަށް ހަމަޖެހިފައިވާ "ފަން ރަން" އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު އެވެ. މި ދުވުމަކީ އުފާވެރި މަޖާ ތަޖުރިބާއަކަށް ވާނެ ކަމަށް އުރީދޫން ބުނެ އެވެ. އުރީދޫން ބުނީ މި ދުވުމުގައި ކޮންމެ ކިލޯމީޓަރެއްގައި ވެސް ފޯމް، ފެން ނުވަތަ އޮބްސްޓަކަލް ކޯސް ބަހައްޓާފައި ހުންނާނެ އެވެ.

މި ދުވުމަށް މޯލްޑިވިއަނުން ހުށަހަޅާފައިވާ އޮފާގެ ދަށުން އަންނަ މަހުގެ ހަތަރު ވަނަ ދުވާހައި ފަސް ވަނަ ދުވަހު މާލެއިން ކައްދޫއަށް އަދި އަންނަ މަހުގެ ހަ ވަނަ ދުވަހާއި ހަތް ވަނަ ދުވަހު ކައްދޫއިން މާލެއަށް ދަތުރު ކުރެވޭނެ އެވެ.

މި އޮފާ ބޭނުން ކުރުމަށް އުރީދޫ ފަން ރަންގައި ރެޖިސްޓާވެފައިވާ ފަރާތްތަކުން އޯޑާ އައިޑީއާއެކު އީމެއިލް ސަބްޖެކްޓްއެއްގެ ގޮތުގައި " އުރީދޫ ފަން ރަން ލާމު" ޖެހުމަށްފަހު cc@iasl.aero އަށް އީމެއިލް ކުރުމުން މި އޮފާ ހަމަޖެހިގެން ދާނެ އެވެ.

މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސް ވިދާޅުވީ މި ދުވުމުގެ ޓްރެވަލް ޕާޓްނަރެއްގެ ހައިސިއްޔަތުން އެ ކުންފުނީގެ މަގުސަދަކީ ގިނަ ބަޔަކަށް މި ދުވުމުގައި ފަސޭހައިން ބައިވެރިވޭނެ މަގު ތަނަވަސްކޮށް ދިނުން ކަމަށެވެ.

އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ހާލިދު އަލް ހަމާދީ ވިދާޅުވީ މި އޮފާގެ ސަބަބުން މި ދުވުމުގައި އިތުރު ދުވުންތެރިންނަށް ބައިވެރިވެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އަދި މޯލްޑިވިއަންގެ މި އޮފާއާ އެކު މި ހަރަކާތް އިތުރަށް ފުރިހަމަ ވެގެންދާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އުރީދޫ ފަން ރަން - ލާމު އެޑިޝަންގެ މައުލޫމާތު އުރީދޫ ވެބްސައިޓުން ލިބޭނެ އެވެ.