ލަންޑަން (ފެބްރުއަރީ 23) – މެންޗެސްޓާ ޔުނައިޓެޑުގެ ކެޕްޓަން ވޭން ރޫނީ ޗައިނާ ލީގަށް ބަދަލުވުމުގެ މަޝްވަރާތައް ކުރުމަށް އޭނާގެ އޭޖެންޓް މިވަގުތު ޗައިނާގައި ހަރަކާތްތެރިވަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
23 ފެބުރުއަރީ 2017
ލަންޑަން (ފެބްރުއަރީ 23) – މެންޗެސްޓާ ޔުނައިޓެޑުގެ ކެޕްޓަން ވޭން ރޫނީ ޗައިނާ ލީގަށް ބަދަލުވުމުގެ މަޝްވަރާތައް ކުރުމަށް އޭނާގެ އޭޖެންޓް މިވަގުތު ޗައިނާގައި ހަރަކާތްތެރިވަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ރޫނީގެ އޭޖެންޓް ޗައިނާގައި މިވަގުތު ހުރުމުން ދައްކައިދެނީ ރޫނީ ދޫކޮށްލަން ޔުނައިޓެޑުގެ ކޯޗު ހޯސޭ މޮރީނިއޯގެ އެއްވެސް މައްސަލައެއް ނެތް ކަމެވެ. ރޫނީ ކްލަބުގައި ދެމި ހުންނާނެ ކަމުގެ ޔަގީންކަން ދެވެން ނެތް ކަމަށް މޮރީނިއޯ ވަނީ ބުނެފަ އެވެ. ރޫނީ ކްލަބް ދޫކޮށްލާ އެންމެ ބޮޑު އެއް ސަބަބަކީ ވެސް މޮރީނިއޯގެ ޕްލޭނުގައި އޭނާ އަށް މާބޮޑު ފުރުސަތެއް ނެތުމެވެ.
ޗައިނާގެ ޓްރާންސްފާ ބާޒާރު އަންނަ އަންގާރަ ދުވަހު ބަންދުވާނެ އެވެ. އޭގެ ކުރިން އެއްބަސްވުމަކަށް އާދެވިދާނެ ކަމަށް ގަބޫލެއް ނުކުރެވެ އެވެ. އެކަން މި ފަހަރު ކާމިޔާބުނުވި ނަމަވެސް މި ސީޒަން ނިމުމުން އޭނާ ކްލަބް ދޫކޮށްލާނެ ކަމަށް ބެލެވެ އެވެ.
ރޫނީ ގެންދަން މަސައްކަތްކުރާ ޗައިނާ ކްލަބްތަކުގެ ތެރޭގައި ބެއިޖިން ގުއޯއާން ހިމެނޭ ކަމަށް ބެލެވުނަސް އެ ކްލަބުން ވަނީ ޝައުގުވެރިކަމެއް ނެތް ކަމަށް ބުނެފަ އެވެ. މިހާރު ބެލެވޭ ގޮތުގައި އޭނާ ގެންދަން މަސައްކަތްކުރަނީ އިޓަލީގެ ކުރީގެ ކެޕްޓަން ފަބިއޯ ކަނަވާރޯގެ ޓިއަންޖިން ކުއަންޖިން އާއި ޖިއަންސޫ ސުނިން އެވެ. މީގެ ތެރެއިން ޖިއަންސޫ ސުނިން އަކީ އިޓަލީގެ ގަދަބާރު އިންޓަ މިލާން ހިންގާ ސުނިން ގްރޫޕުގެ ކްލަބެވެ.
ޔުނައިޓެޑާ އެކު ރޫނީ ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2019 ވަނަ އަހަރު އެވެ. ރޫނީ މީގެ ކުރިން ބުނެފައިވަނީ އެއްބަސްވުމުގެ މުއްދަތާ ހަމައަށް އެ ޓީމުން ފެންނާނެ ކަމަށާއި ބޭނުންވަނީ ކްލަބްގައި މަޑުކުރުމަށް ކަމަށެވެ.
މޮރީނިއޯ ޔުނައިޓެޑާ ގުޅުމަކީ ލިބުނު އުފަލެއް: ރޫނީ
ނިއުކާސަލްގެ ކޯޗު ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި
ޔުނައިޓެޑްގައި ފެއިލްވެއްޖެނަމަ އިސްތިއުފާދޭނަން: އޯނަރު
ހެޓްރިކަށް ފަހު ޔުނައިޓެޑްގެ އޯނަރަށް ބްރުނޯގެ ރައްދު
ޔުނައިޓެޑްގެ އާ ސްޓޭޑިއަމް ހަދަން ޓްރެފޯޑް ތަޅާލަނީ
ލިވަޕޫލުގެ ކިޓް ޕާޓްނަރަކަށް އެޑިޑާސް
ތަށީގެ އުއްމީދު ގެއްލުނީއޭ ބުނަން އާޓެޓާ ބޭނުމެއް ނޫން
ޔުނައިޓެޑްގެ ވަޒީފާ ގެއްލިދާނެތީ އަމޯރިމް ކަންބޮޑެއްނުވޭ
ޔުނައިޓެޑުން އިތުރު 200 މުވައްޒަފުން ވަކި ކުރަނީ
ޔުނައިޓެޑްގެ ވެރިންނާ ދެކޮޅަށް ނިއުޒިލެންޑުން ކޯޓަށް