Roadha Mihaaru
މެޗަކުން ބަލި ނުވެ ގުރޫޕްގެ އެއްވަނަ އިނގިރޭސީންނަށް

މެޗަކުން ބަލި ނުވެ ގުރޫޕްގެ އެއްވަނަ އިނގިރޭސީންނަށް

26 ޖޫން 2024

ކޮލޯން (ޖޫން 26) - މިހާރު ކުރިއަށްދާ ޔޫރޯ ފުބާރާތުގެ ގުރޫޕްގެ އެއްވަނަ ހޯދައި، އިނގްލެންޑުން ގަދަ 16 ގައި މުބާރާތް ބާއްވާ ގައުމު ޖަރުމަނާ ނުޖެހި ސަލާމަތް ވެއްޖެ އެވެ.

ކޮލޯން (ޖޫން 26) - މިހާރު ކުރިއަށްދާ ޔޫރޯ ފުބާރާތުގެ ގުރޫޕްގެ އެއްވަނަ ހޯދައި، އިނގްލެންޑުން ގަދަ 16 ގައި މުބާރާތް ބާއްވާ ގައުމު ޖަރުމަނާ ނުޖެހި ސަލާމަތް ވެއްޖެ އެވެ.

ގުރޫޕް ސީގައި މިރޭ އިންގްލެންޑާއި ސްލޮވީނިއާ ބައްދަލުކުރި މެޗާއި ޑެންމާކް އަދި ސާބިއާ ބައްދަލުކުރި މެޗު ވެސް ނިމުނީ ލަނޑެއް ނުޖެހި 0-0 އިން އެއްވަރުވެގެންނެވެ.

ރޭ ސްޕެއިން އިން އަލްބޭނިއާ ބަލިކުރި މެޗަށް ފަހު އިންގްލެންޑަށް ވަނީ ދެވަނަ ބުރުގެ ޖާގަ ޔަގީން ވެފަ އެވެ. މިރޭގެ ނަތީޖާއާ އެކު އިންގްލެންޑަށް ގުރޫޕްގެ އެއްވަނަ ލިބެނީ ތިން މެޗުން ފަސް ޕޮއިންޓް ހޯދައިގެންނެވެ.

މި ގުރޫޕްގައި ހިމެނޭ ޑެންމާކާއި ސްލޮވީނިއާ އަށް ވެސް ތިން ޕޮއިންޓް ލިބިފައި ވާއިރު، އިންގްލެންޑާ އެކު، ތިން ޓީމު ވެސް ދެވަނަ ބުރުން ޖާގަ ހޯދީ މެޗަކުން ބަލި ނުވެ އެވެ. ދެ ޕޮއިންތް ލިބުނު ސާބިއާ އަށް ވަނީ މުބާރާތް ނިމިފަ އެވެ.

ގުރޫޕްގެ ދެވަނަ ހޯދި ޑެންމާކް ގަދަ 16 ގައި ވާދަކުރާނީ ގުރޫޕް އޭގެ އެއްވަނަ ހޯދި ޖަރުމަނާ ދެކޮޅަށެވެ.

އެންމެ ފަހުން 2021 ވަނަ އަހަރުގެ ޔޫރޯގައި ޖަރުމަނަށް ގުރޫޕްގެ ދެވަނައި ލިބުމުން ޖެހުނީ ގަދަ 16 ގައި އިނގިރޭސީންނާ ވާދަ ކުރާށެވެ. އިނގިރޭސީން އެ މެޗު ކާމިޔާބު ކުރީ 2-0 އިންނެވެ.