17 ޖޫން 2024
ގެލްސެންކާޝަން (ޖޫން 17) - މިއަހަރުގެ ޔޫރޯގައި އިންގްލެންޑުން ކުޅުނު ފުރަތަމަ މެޗުގައި، ޖޫޑެ ބެލިންހަމް 13 ވަނަ މިނިޓުގައި ޖަހައިދިން ލަނޑާ އެކު 1-0 އިން ސާބިއާ ބަލިކޮށްފި އެވެ.
ގެލްސެންކާޝަން (ޖޫން 17) - މިއަހަރުގެ ޔޫރޯގައި އިންގްލެންޑުން ކުޅުނު ފުރަތަމަ މެޗުގައި، ޖޫޑެ ބެލިންހަމް 13 ވަނަ މިނިޓުގައި ޖަހައިދިން ލަނޑާ އެކު 1-0 އިން ސާބިއާ ބަލިކޮށްފި އެވެ.
ރެއާލް މެޑްރިޑާ އެކު ނިމިދިޔަ ކްލަބް ފުޓްބޯޅަ ސީޒަންގައި ސްޕެނިޝް ލީގާއި ޔޫއެފާ ޗެމްޕިއަންސް ލީގު ވެސް ކާމިޔާބުކުރި އުމުރުން 20 އަހަރުގެ ބެލިންހަމް ވަނީ ސްޕެނިޝް ލީގުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދައިފަ އެވެ.
މިރޭ ބެލިންހަމް މިވަނީ ބުކަޔޯ ސަކާ ނަގައިދިން ބޯޅަ ބޮލުން ގޯލަށް ފޮނުވާލައިގެން އިންގްލެންޑް މޮޅުކޮށްދީ، އެގައުމަށް ވެސް ހިތްހަމަޖެހުމެއް ގެނެސްދީފަ އެވެ.
މި ނަތީޖާއާ އެކު އިންގްލެންޑް އޮތީ ގުރޫޕް ސީގެ އެއްވަނައިގަ އެވެ. މި ގުރޫޕްގައި ހިމެނޭ ޑެންމާކާއި ސްލޮވީނިއާ މިރޭ ބައްދަލުކުރި މެޗު ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ.
ސާބިއާ އިން މިރޭގެ މެޗުގައި ގޯލާ އަމާޒުކޮށް ފޮނުވާލި ހަމައެކަނި ބޯޅަ، ކީޕަރު ޕިކްފޯޑް ދިފާއު ކުރަނީ.-- ފޮޓޯ: އޭއެފްޕީ
ބެލިންހަމްގެ ލަނޑަށް ފަހު އިންގްލެންޑަށް މާ ރަނގަޅު ކުޅުމެއް ނުދެއްކުނު ނަމަވެސް އެޓީމުގެ ކައިލް ވޯކާ އަށް ވަނީ ގޯލު ޖަހަން ރަނގަޅު ފުރުސަތެއް ލިބިފަ އެވެ. ނަމަވެސް ޓްރެންޓް އެލެކްޒެންޑާ އާނޯލްޑް ތަނަވަސް ކޮށްދިން ފުރުސަތުގައި ވޯކާ ފޮނުވާލި ބޯޅަ ދިޔައީ ގޯލު ކުރިމަތިން ހުރަސް ވެގެންނެވެ.
އިންގްލެންޑުގެ ކެޕްޓަން ހެރީ ކޭން އަށް މި މެޗުގައި ގޯލާ އަމާޒުކޯށް ފޮނުވާލެވުނީ އެންމެ ހަމަލާއެކެވެ. ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އެރި ޖަރޯޑް ބޯވެން ހުރަސްކޮށްލި ބޯޅަ ކޭން ބޮލުން ފޮނުވާލުމުން ދިފާއު ކުރީ ކީޕަރު ޕްރީޑްރެގް ރާކޮވިޗް އެވެ.
ފުރަތަމަ ހާފުގައި ސާބިއާގެ ކެޕްޓަން އެލެކްޒެންޑާ މިޓްރޮވިޗް ފޮނުވާލި ހަމަލާ ގޯލާ އަމާޒު ނުވިއިރު، ދެވަނަ ހާފުގައި ޑޫސާން ވްލަހޯވިޗް ފޮނުވާލި ނުރައްކާތެރި ހަމަލާއެއް ކީޕަރު ޖޯޑަން ޕިކްފޯޑް ވަނީ ދިފާއު ކޮށްފަ އެވެ.
މެޗަކުން ބަލި ނުވެ ގުރޫޕްގެ އެއްވަނަ އިނގިރޭސީންނަށް
އިނގިރޭސީންނަށް ދެވަނަ ބުރު އަދި ޔަގީނެއް ނުވޭ
ޔޫރަޕްގެ ޗެމްޕިއަންކަން ސްޕެއިން ހޯދައިފި
ސައުތުގޭޓްގެ އަމާޒަކީ އިހުތިރާމު ހޯދައިދިނުން
ސްޕެއިން އަބަދު މޮޅުވާނެކަމަށް ބަލައިގެން ނުވާނެ: ކޯޗު
ވަޓްކިންސް ފަހުވަގުތު ޖެހިގޯލުން އިންގްލެންޑް ފައިނަލަށް
ދަތުރުގެ ތާށިކަން ނެދަލެންޑްސް އަށް މައްސަލައަކަށް ނުވާނެ: ކޫމަން
ތަށީގެ ފޭވަރިޓް އިންގްލެންޑް ސެމީގެ ޖާގަ ހޯދައިފި
ތުރުކީގެ ޑެމިރާލް ސަސްޕެންޑް، ބެލިންހަމަށް ޖޫރިމަނާ
ފަހުނޭވާގައި އިންގްލެންޑް ހިންދެމިލައި ކޮޅަށްތެދުވެއްޖެ!