Roadha Mihaaru
ރަލުގެ ސަބަބުން އަހަރަކު 2.6 މިލިއަން މަރު

ރަލުގެ ސަބަބުން އަހަރަކު 2.6 މިލިއަން މީހުން މަރުވޭ: ޑަބްލިޔުއެޗްއޯ

26 ޖޫން 2024

ބަނގުރަލުގެ ސަބަބުން އަހަރަކު ތިން މިލިއަނެއްހާ މީހުން މަރުވާ ކަމަށާއި މިދިޔަ އަހަރުތަކުގައި މި އަދަދު ކޮންމެވެސް ވަރަކަށް ދަށްވެފައި ވިޔަސް މިހާރު ވެސް ހުރީ މާ މަތީގައި ކަމަށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިޔުއެޗްއޯ އިން އިއްޔެ ބުނެފި އެވެ.

ބަނގުރަލުގެ ސަބަބުން އަހަރަކު ތިން މިލިއަނެއްހާ މީހުން މަރުވާ ކަމަށާއި މިދިޔަ އަހަރުތަކުގައި މި އަދަދު ކޮންމެވެސް ވަރަކަށް ދަށްވެފައި ވިޔަސް މިހާރު ވެސް ހުރީ މާ މަތީގައި ކަމަށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިޔުއެޗްއޯ އިން އިއްޔެ ބުނެފި އެވެ.

ރަލާއި ސިއްހީ މައްސަލަތަކާ ހުރި ގުޅުމާ ބެހޭ ގޮތުން ޑަބްލިޔުއެޗްއޯ އިން ނެރުނު ރިޕޯޓްގައި ބުނީ މުޅި ދުނިޔޭގައި ކޮންމެ އަހަރަކު މަރުވާ މީހުންގެ ތެރެއިން ކޮންމެ 20 މީހުންގެ ތެރެއިން އެކަކީ ރަލާ ގުޅުން ހުރި މައްސަލަތަކުގައި މަރުވާ މީހުން ކަމަށެވެ. މީގެ ތެރޭގައި، މަސްތުގެ ހާލަތުގައި ވެހިކަލް ދުއްވުމާއި މަސްތުގެ ހާލަތުގައި ހިންގާ ހަމަނުޖެހުންތަކާއި ދޭ އަނިޔާ އާއި އެކި ބަލިތަކާއި ސިއްހީ އެހެނިހެން މައްސަލަތައް ހިމެނޭ ކަމަށް ރިޕޯޓްގައިވެ އެވެ.

ސިއްހަތު ޖަމިއްޔާއިން ބުނި ގޮތުގައި ރަލާ ގުޅޭ ގޮތުން އެންމެ ފަހުން މައުލޫމާތު ނަގާފައި ވަނީ 2019 ވަނަ އަހަރު ކަމަށާއި އެ އަހަރު ރަލުގެ ސަބަބުން 2.6 މިލިއަން މީހުން މަރުވި ކަމަށެވެ. މިއީ މުޅި ދުނިޔޭގައި މަރުވި މީހުންގެ އަދަދުގެ 4.7 ޕަސެންޓެވެ.

"މަސްތުވާ ބާވަތްތަކުގެ ސަބަބުން މީހުންގެ ސިއްހަތަށް ވަރަށް ބޮޑެތި ގެއްލުންތައްވޭ. މިއީ ދިގު މުއްދަތަށް ފަރުވާކުރަންޖެހޭ ބަލިތައް ޖެހުމަށް ވަރަށް ބޮޑަށް މަގު ފަހިވާ ކަމެއް. އަދި ނަފްސާނީ ބައްޔާ އެކު ސިއްހީ އެކި މައްސަލަތައް ދިމާވެ، ރައްކާތެރިކަން ހޯދެން އޮވެމެ ފުރާނައަށް ނުރައްކާވާ ކަމެއް،" ޑަބްލިޔުއެޗްއޯގެ ސެކްރެޓަރީ ޖެނެރަލް ޓެޑްރޮސް އަދަނަމް ގެބްރޭސެސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާ ބޯ މީހުންގެ އަދަދު 2010 އިން ފެށިގެން ކޮންމެވެސް ވަރަކަށް މަދުވެ އެކަމާ ގުޅުން ހުރި ސިއްހީ މައްސަލަތައް ވެސް މަދުވި ކަމަށެވެ.

"[އެކަމަކު] ބަނގުރާ ބޭނުންކުރުމުގެ ސަބަބުން ދިމާވާ ސިއްހީ އަދި އިޖުތިމާއީ މައްސަލަތައް، ބަލައިނުގަނެވޭ ވަރަށް ބޮޑު،" ޒުވާނުންގެ ތެރޭގައި މި މައްސަލަ ނިސްބަތުން މާ ބޮޑުކަން ފާހަގަކުރައްވައި ޓެޑްރޮސް ވިދާޅުވި އެވެ.

ބަނގުރަލުގެ ސަބަބުން 2019 ވަނަ އަހަރުމަރުވި މީހުންގެ ތެރެއިން އެންމެ ގިނަ މީހުން [ނުވަތަ 13 ޕަސެންޓް] އަކީ އުމުރުން 20 އަހަރާއި 39 އަހަރާ ދެމެދުގެ މީހުން ކަމަށް ޑަބްލިއުއެޗްއޯ އިން ބުނެ އެވެ.

ރާ ބުއިމަކީ ސިއްހީ ވަރަށް ގިނަ މައްސަލަތަކާ ގުޅުން ހުރި ކަމެކެވެ. އޭގެ ތެރޭގައި ފުރަމޭގެ ސިރޯސިސް އާއި ބައެއް ކެންސަރުތައް ހިމެނެ އެވެ. -- އޭއެފްޕީ