Roadha Mihaaru
ފްރާންސްގެ ދިދަ ޖެހި މާސްކު އެމްބާޕޭ އަށް މަނާ

ފްރާންސްގެ ދިދަ ޖެހި މާސްކު އެމްބާޕޭ އަށް މަނާ

21 ޖޫން 2024

ލައިޕްޒިގް (ޖޫން 21) - ނޭފަތަށް އަނިޔާވެފައިވާ، ކިލިއަން އެމްބާޕޭ އަށް ފްރާންސްގެ ދިދަ ޖެހި މާސްކު ބޭނުން ކުރުން ޔޫއެފާއިން މަނާކޮށްފި އެވެ.

ލައިޕްޒިގް (ޖޫން 21) - ނޭފަތަށް އަނިޔާވެފައިވާ، ކިލިއަން އެމްބާޕޭ އަށް ފްރާންސްގެ ދިދަ ޖެހި މާސްކު ބޭނުން ކުރުން ޔޫއެފާއިން މަނާކޮށްފި އެވެ.

މިހާރު ކުރިއަށްދާ ޔޫރޯގެ ގުރޫޕް ޑީގައި، ފްރާންސުން އޮސްޓްރިއާއާ ދެކޮޅަށް ކުޅުނު މެޗުގައި އެމްބާޕޭގެ ނޭފަތަށް އަނިޔާވީ ބޯޅައިގައި ބޮލުން ޖަހްނ ފުންމައިގތް ވަގުތު، އޮސްޓްރިއާގެ ޑިފެންޑަރު ކެވިން ޑަންސޯގެ ކޮނޑުގައި ޖެހިފަ އެވެ.

އެމްބޭޕޭ އަށް ލިބުނު އަނިޔާއާ ގުޅިގެން ފަރުވާ ދިނުމަށް ފަހު އޭނާ ބަދަލު ކުރި އެވެ،

އެމްބާޕޭގެ މާސްކާ ގުޅުވައި ސޯޝަލް މީޑިއާގައި ދަނީ ވީޑިއޯތައް ވައިރަލް ވުމުންނެވެ. އެ ޓީމުގެ ދެވަނަ މެޗުގައި މިރޭ ނެދަލެންޑްސްއާ ދެކޮޅަށް ނުކުންނާނެ އެވެ. އެ މެޗަށް ތައްޔާރުވުމުގެ ޓްރޭނިން އިއްޔެ ފްރާންސް ޓީމުން ކުރިއަށް ގެންދިޔައިރު ޓީމުގެ ކެޕްޓަންކަން ވެސް ކުރާ އެމްބާޕޭ ނުކުތީ ފްރާންސްގެ ދިދަ ރަމުޒުވާ ގޮތަށް ކުލަތައް ހުރި މާސްކެއް އަޅައިގެންނެވެ.

އެކަމަކު މެޗުގައި ދިދަ ޖެހި މާސްކު ބޭނުން ނުކުރެވޭނެކަމަށް ފްރާންސްގެ ޓީމަށް ޔޫއެފާއިން އެންގި އެވެ. ހާއްސަ ހާލަތެއް މެދުވެރިވެ އެމްބާޕޭ މާސްކު އެޅުމުގެ ހުއްދަ އަށް އެދި ފްރާންސުން ހުށަހެޅުމުން ޔޫއެފާއިން އެންގީ މެޑިކަލީ ވަކި ވައްތަރެއްގެ މާސްކެއް ބޭނުން ކުރަން ނާންގާހާ ހިނދެއްގައި ބޭނުން ކުރަން ޖެހޭނީ އެންމެ ކުލައެއް ހުންނަ މާސްކެއް އެޅުމަށެވެ.

"ކުޅުމުގެ މައިދާނުގައި އަޅާ މެޑިކަލް އިކުއިޕްމަންޓަކީ އެއް ކުލައަކަށް ހުންނަ އެއްޗަކަށް ވާންޖެހޭނެ، ޓީމު އަދި އުފެއްދި ފަރާތުގެ ފެންނަން ނެތް އެއްޗަކަށް ވާންޖެހޭނެ އެވެ.،" ޔޫއެފާގެ ގަވާއިދުގައި ބުނެފައި ވެއެވެ.

މެޗާ ގުޅޭ ޕްރީ މެޗު ޕްރެސް ކޮންފަރެންސްގައި ފްރާންސްގެ ކޯޗު ޑިޑިއޭ ޑޯޝޯމްޕް ބުނީ އެމްބާޕޭގެ ހާލު ރަނގަޅު ކަމަށެވެ. އެކަމަކު ރެއާލް މެޑްރިޑްގެ ފޯވާޑް ފުރަތަމަ 11 ގައި ކުޅެން ނުކުންނާނެ ކަމުގެ ޔަގީންކަމެއް ޑެޝޯމްޕް ނުދެ އެވެ.