Roadha Mihaaru
ޓެކާސް ރިސޯޓް ކަޕް 2024 އަންނަ ހަފްތާ ފަށަނީ

ޓެކާސް ރިސޯޓް ކަޕް 2024 އަންނަ ހަފްތާ ފަށަނީ

07 ޖުލައި 2024

މިއަހަރުގެ ޓެކާސް ރިސޯޓް ފުޓްސަލް ކަޕް އަންނަ ހަފްތާގެ ހޯމަ ދުވަހު ފަށަން ތައްޔާރު ވެއްޖެ އެވެ.

މިއަހަރުގެ ޓެކާސް ރިސޯޓް ފުޓްސަލް ކަޕް އަންނަ ހަފްތާގެ ހޯމަ ދުވަހު ފަށަން ތައްޔާރު ވެއްޖެ އެވެ.

މިއީ ޓެކާސް އިން ރިސޯޓް ފުޓްސަލް ކަޕް ބާއްވާ ތިންވަނަ އަހަރެވެ.

މިއަހަރުގެ މުބާރާތުގައި ހަތް އަތޮޅަކުން 40 އަށް ވުރެ ގިނަ ރިސޯޓުން ބައިވެރި ވެފައިވާ ކަމަށް ޓެކާސް އިން މައުލޫމާތު ދެއެވެ.

މުބާރާތުގެ ޗެމްމިއަން ޓީމަށް 5،000 ޑޮލަރުގެ އިނާމު ކަނޑައެޅިފައިވާ މި މުބާރާތުގެ ރަނަރަޕް ޓީމަށް 2،500 ޑޮލަރު ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

މިދިޔަ އަހަރުގެ ޓެކާސް ކަޕްގެ ފައިނަލްގައި ސެއިންޓް ރެޖިސް ވޮއްމުލި ރިިސޯޓާ ވާދަކޮށް ޗެމްޕިއަންކަން ހޯދީ ވެލާ ޕްރައިވެޓް އައިލެންޑް ރިސޯޓެވެ.