Roadha Mihaaru
ޓެކާސް މުބާރާތް ކްރޮސްރޯޑްސްގައި ފަށައިފި

ޓެކާސް ރިސޯޓް ފުޓްސަލް ކަޕް ކްރޮސްރޯޑްސްގައި ފަށައިފި

16 ޖުލައި 2024

މި އަހަރުގެ ޓެކާސް ރިސޯޓް ފުޓްސަލް ކަޕް ކްރޮސްރޯޑްސްގައި އިއްޔެ ފަށައިފި އެވެ.

މި އަހަރުގެ ޓެކާސް ރިސޯޓް ފުޓްސަލް ކަޕް ކްރޮސްރޯޑްސްގައި އިއްޔެ ފަށައިފި އެވެ.

މާލެ އަތޮޅުގެ ދެކުނަށް ނިސްބަތްވާ ރިސޯޓްތައް ވާދަކުރާ ސައުތު ކާފު މުބާރާތުން ފެށި މުބާރާތުގެ ފުރަތަމަ މެޗުގައި ވާދަކުރީ ކްރޮސްރޯޑްސް އާއި ސަން ސިޔާމް އޮޅުވެލި އެވެ. މި މެޗުގައި ކްރޮސްރޯޑްސް އިން ވަނީ 7-3 އިން ސަން ސިޔާމް އޮޅުވެލި ބަލިކޮށްފަ އެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ކްރޮސްރޯޑްސްގެ ކެޕްޓަން ޝިފާޒް އާދިލް އެވެ.

ކްރޮސްރޯޑްސް އަކީ މިދިޔަ އަހަރު މި ޒޯންގެ ޗެމްޕިއަން ޓީމެވެ.

މުބާރާތް ފެށުމުގެ ކުރިން ވަނީ ކުރީގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިން ހިމަނައިގެން ޗެރިޓީ ފުޓްސަލް މެޗެއް ކުޅެފަ އެވެ.

މިއީ، ނުކުޅެދުންތެރިކަން ހުންނަ ކުދިންނަކީ މުޖުތަމައުގައި އެހެން މީހުންނެކޭ އެއްފަދައިން ކަންކަމުގައި ބައިވެރިވެ އުޅޭ މުހިންމު ބައެއްގެ ގޮތުގައި ހެދުމަށް މަސައްކަތްކުރާ ކެއާ ސޮސައިޓީގެ އޮފް މޯލްޑިވްސް އަށް ހާއްސަ ކޮށްގެން ކުޅުނު ޗެރިޓީ މެޗެކެވެ.

ޓެކްސް އިން ވަނީ މި މެޗުން ކެއާ ސޮސައިޓީއަށް 10،000 ރުފިޔާ ހަދިޔާ ކޮށްފަ އެވެ.

މިއީ ޓެކާސް އިން ރިސޯޓް ފުޓްސަލް ކަޕް ބާއްވާ ތިން ވަނަ ފަހަރެވެ. މިއަހަރުގެ ފައިނަލް ވެސް ކުޅެން ހަމަޖެހިފައި ވަނީ ކްރޮސްރޯޑްސްގަ އެވެ.