Roadha Mihaaru
ކްލަބް މޯލްޑިވްސްއިން ފުޓްސަލް އެވޯޑް ޖުލައި މަހު

ރާއްޖޭގެ ފުރަތަމަ ފުޓްސަލް އެވޯޑް ކްލަބް މޯލްޑިވްސްއިން ޖުލައި މަހު ބާއްވަނީ

17 މާޗް 2024

ރާއްޖޭގައި ފުރަތަމަ ފަހަރަށް ފުޓްސަލް އެވޯޑެއް ތައާރަފުކޮށް، ޖުލައި މަހު އެވޯޑް ދޭން ކްލަބް މޯލްޑިވްސްއިން އިއުލާން ކޮށްފި އެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ފުޓްސަލް އެވޯޑެއް ތައާރަފުކޮށް، ޖުލައި މަހު އެވޯޑް ދޭން ކްލަބް މޯލްޑިވްސްއިން އިއުލާން ކޮށްފި އެވެ.

ރާއްޖޭގައި ފުޓްސަލްގެ ފޯރި ގަދެ ވެފައިވާއިރު ވެސް، ފުޓްސަލް އަށް އެވޯޑެއް ނެތުމުން، ފުޓްސަލް ކުޅުންތެރިންގެ ގިނަ ޝަކުވާތަކެއް ފެންމަތި ވެއެވެ. މިދިޔަ އަހަރު ބޭއްވި މޯލްޑިވްސް ސްޕޯޓްސް އެވޯޑް ބޭއްވި ދުވަސްވަރު ފުޓްސަލް އަށް އެވޯޑެއް ނެތުމުން ކަންބޮޑުވުން ފެންމަތިވި އެވެ.

އޭއެފްސީގެ އެވޯޑް ހަފުލާގައި އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާ ހޮވައި އެވޯޑް ދެ އެވެ. އޭޝިއާގެ އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާގެ އެވޯޑް މިދިޔަ އަހަރު ހޯދީ އިރާނުގެ މުސްލިމް އޮލަދުޣޯބާދެވެ.

ރާއްޖޭގައި ގިނަ ފުޓްސަލް މުބާރާތްތަކެއް ބޭއްވިޔަސް، މުބާރާތް ބާއްވަނީ އައުޓްޑޯ ކޯޓުގަ އެވެ. ފުޓްސަލްއަކީ އިންޑޯ ގޭމެކެވެ. މިދިޔަ ދެ އަހަރު ވެސް އޭއެފްސީ ފުޓްސަލް ކޮލިފައިންގައި ރާއްޖޭން ވާދަ ކުރި އެވެ. މުބާރާތް ކައިރިވުމުން ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލްގައި ޕްރެކްޓިސް ކުރަން ފުރުސަތު ދެ އެވެ. އެކަމަކު އެތަނަކީ ފީފާގެ ފުޓްސަލް ސްޓޭންޑަޑަށް ފެތޭ ތަނެއް ނޫނެވެ.