Roadha Mihaaru
ޕްރިޒަން އާއި ފިއުލް ސަޕްލައި ސެމީ ފައިނަލަށް

ކްލަބު މޯލްޑިވްސް: ޕްރިޒަން އާއި ފިއުލް ސަޕްލައި ސެމީ އަށް

13 ޑިސެމްބަރ 2021

މިހާރު ކުރިއަށްދާ ކްލަބު މޯލްޑިވްސްގައި މިރޭ ކުޅުނު މެޗުތައް ކާމިޔާބުކޮށް، ޕްރިޒަން އާއި ފިއުލް ސަޕްލައި މޯލްޑިވްސް ސެމީ ފައިނަލަށް ދަތުރު ކޮށްފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

މިހާރު ކުރިއަށްދާ ކްލަބު މޯލްޑިވްސްގައި މިރޭ ކުޅުނު މެޗުތައް ކާމިޔާބުކޮށް، ޕްރިޒަން އާއި ފިއުލް ސަޕްލައި މޯލްޑިވްސް ސެމީ ފައިނަލަށް ދަތުރު ކޮށްފި އެވެ.

ޕްރިޒަން ކްލަބު ފައިނަލަށް ދަތުރު ކުރީ، މިރޭ ކުޅުނު ކުއާޓާ ފައިނަލުގައި އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) މައްޗަށް ޕެނަލްޓީ ޖަހައިގެން 7-6 ން ކާމިޔާބުކޮށްގެންނެވެ.

މެޗުގެ ފުރިހަމަ ވަގުތު ނިމުނީ 2-2 ން އެއްވަރުވެގްނެނެވެ. މެޗުގައި ފުރަތަމަ ދެ ލަނޑު އެމްއޭސީއެލްއިން ކާމިޔާބު ކުރިއަސް އެ ޓީމަށް ލީޑްގައި ނުހިފެހެއްޓުނެވެ. އެ ޓީމުގެ ލަނޑުތައް ޖެހީ އަހްމަދު ހަމީދު އާއި އަޒުޔާން އިބްރާހިމް އެެވެ. ޕްރިޒަން އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ އާދަމް މަންސޫރާއި ސަނީމް ޝާމިލް ޖެހި ލަނޑުތަކުންނެވެ.

އެކަމަކު ޕެނަލްޓީ ޝޫޓްއައުޓްގައި އާދަމް މަންސޫރަށް ޕެނަލްޓީ ކާމިޔާބެއް ނުވި އެވެ. އެމްއޭސީެލް ކެޓީ އަލީ ޝާފިއު އާއި އަބްދުﷲ ސުޒައިރު ޖެހި ޕެނަލްޓީތައް ނާކާމިޔާބު ވުމުންނެވެ. އެމްއޭސީއެލްގެ ޕެނަލްޓީތައް ކާމިޔާބު ކުރީ ސައްޔާހް އައްބާސް، މުހައްމަދު މުސްތޮފާ، އަޒްޔާން އިބްރާހިމް އަދި ހަސަން ސަމްހާން އެވެ. ޕްރިޒަންގެ ޕެނަލްޓީތައް ކާމިޔާބު ކުރީ ސަނީމް، މުރުތަޖާ މުހައްމަދު، ސާޖިދު ރަޝީދު، އަހްމަދު ޝަމާލް އަދި ހުސައިން ނަބީހް އެވެ.

ފިއުލް ސަޕްލައި ސެމީ އަށް ދަތުރު ކުރީ، އެޗްޑީސީގެ މައްޗަށް ޕެނަލްޓީ ޖަހައިގެން 7-6 ން ކާމިޔާބު ހޯދައިގެންނެވެ. އެ މެޗު ވެސް ފުރިހަމަ ވަގުތު ހަމަވީ 2-2 ން އެއްވަރު ވެގެންނެވެ. ފުރަތަމަ ފިއުލް ސަޕްލައިންނެވެ. އެ ޓީމުގެ ލަނޑު ޖެހީ މުހައްމަދު ނާފިއު އަހްމަދެވެ. އޭގެ ފަހުން އަހްމަދު ސިޒާން އެޗްޑީސީއަށް ނަތީޖާ ހަމަހަމަ ކޮށްދިނެވެ. އެޗްޑީސީން ފުރަތަމަ ފަހަރަށް ލީޑް ނެގީ އިބްރާހިމް ރިމާހް ޖެހި ލަނޑުންނެވެ. ފިއުލް ސަޕްލައި އަށް މެޗުގެ ނަތީޖާ ހަމަހަމަކޮށް ދިނީ އަހްމަދުު ވިޖުދާން އެވެ.

ޕެނަލްޓީ ޝޫޓްއައުޓްގައި އެޗްޑީސީ އަށް ނާކާމިޔާބުވީ، ސިޒާން ފޮނުވާލި ޕެނަލްޓީ ނާކާމިޔާބު ވުމުންނެވެ. ފިއުލް ސަޕްލައިގެ ހުރިހާ ޕެނަލްޓީއެއް އެ ޓީމުން ކާމިޔާބު ކުރި އެވެ. ސިޒާންގެ ޕެނަލްޓީ ނާކާމިޔާބު ވުމަށްފަހު ފިއުލް ސަޕްލައިގެ ޕެނަލްޓީ ޖަހަންދިޔަ ނާއިފް ޝާފީގް ވަނީ ޕެނަލްޓީ ވައްދާލައި ފިއުލްސަޕްލައި އަށް ސެމީ ފައިނަލް ކަށަވަރުކޮށްދީފަ އެވެ. އެ ޓީމުގެ އެހެން ޕެނަލްޓީތައް ކާމިޔާބު ކުރީ މުހައްމަދު ތޯހިރު، ވިޖުދާން، މުހައްމަދު ސިމްހާން އަދި މުހައްމަދު އަމްޖަދު އެވެ.

ކުއާޓާ ފައިނަލް ފަހު ދެ މެޗުގައި މާދަމާ ރޭ އެމްޕީއެލް އާއި ރޯޑް ރެކްރިއޭޝަން ކްލަބު ވާދަ ކުރާނެ އެވެ. ކުއާޓާގެ ފަހު މެޗުގައި ވާދަ ކުރާނީ އެސްޓީއޯ އާއި ފެނަކަ އެވެ.