ނ. ފޮއްދޫގައި މި ކުރަނީ އެހެން ރަށްރަށުން ނުފެންނަ، ވަރަށް ތަފާތު ކަމެކެވެ. އެ ރަށުގައި މިހާރު އެންމެނަށް ހިލޭ ކޮފީ ލިބެ އެވެ.
16 ޖޫން 2024
ނ. ފޮއްދޫގައި މި ކުރަނީ އެހެން ރަށްރަށުން ނުފެންނަ، ވަރަށް ތަފާތު ކަމެކެވެ. އެ ރަށުގައި މިހާރު އެންމެނަށް ހިލޭ ކޮފީ ލިބެ އެވެ.
ފޮއްދޫ މީހަކު ބުނީ މިކަމަކީ އެ ރަށުގައި ވަރަށް ކުރިއްސުރެ ކުރަމުން އަންނަ ކަމެއް ކަމަށެވެ.
"މިއީ މި ރަށުގައި އަބަދުވެސް ކުރަމުން އަންނަ ކަމެއް. އެންމެނަށް ވެސް ކޮފީ ދޭނީ ހިލޭ. ނުނަގާނެ ކޮފީ އަކަށް ފައިސާއެއް. ރަށުގެ ރައްޔިތުންގެ މެދުގައި އެކުވެރިކަން އާލާކުރުމަށްޓަކައި ކުރާ ކަމެއް އެއީ،" އޭނާ ބުންޏެވެ.
ފޮއްދޫ އަކީ އާބާދީގައި 200 ވަރަކަށް މީހުން ދިރިއުޅެމުން އަންނަ ކުޑަކުޑަ ރަށެކެވެ.
އާންމުންގެ މެދުގައި އެކުވެރިކަން އާލާކުރުމުގެ ގޮތުން އެ ރަށުގައި ދިރިއުޅެމުން އަންނަ ކޮންމެ މީހަކަށް ވެސް ރަށުގެ ކޮފީ ޝޮޕުތަކުން ހިލޭ ކޮފީ ލިބެ އެވެ.
ނ. ފޮއްދޫ އަންހެނުންތަކެއް ބީޗު ސާފުކުރަނީ.-- ފޮޓޯ: ފޮއްދޫ ކައުންސިލް ފޭސްބުކް
އެ ރަށުގައި އާންމުކޮށް ކަޅު ކޮފީ ތައްޓެއް ގަންނަން ލިބެނީ 10ރ. އަށެވެ.
"މިއީ ރަށު ފެންވަރުގައި ބަޔަކު ކުރާނެ ވަރަށް ރަނގަޅު ކަމެއް،" ކުރިން ވާހަކަ ދެއްކި މީހާ ބުންޏެވެ.
"ކޮފީ ބީން އެންޑް ޓީ ލީފް"ގެ އައުޓްލެޓެއް ރާއްޖެއަށް
ފޮއްދިއްޕަރު ފަޅުގެ ނަފާ ފޮއްދުއަށް ލިބޭ ގޮތް ހަދަނީ
ފޮއްދުއަށް ބަނދަރެއް؛ މިއީ 40 އަހަރުވީ އުއްމީދެއް
"ހުރަސްތަކާއެކު ވެސް ރައްޔިތުންނާ އެކު ދާނީ ކުރިއަށް"
ފޮއްދޫ ބަނދަރުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ފޮއްދޫގެ ފުރަތަމަ ހާފިޒަކަށް އިޔާން
ފޮއްދޫ ޓޫރިޒަމަށް ފައްކާވެފައި، އެދެނީ ބަނދަރަކަށް
އެފްއެޗްއޭއެމްގައި އެންމެ މޮޅު ބަރިސްތާ ހޮވައިފި
އިންޑޮނީޝިއާ ދަތުރަށް ފަހު ސްނޫޕް ފެށީ ކޮފީ ވިޔަފާރި
މާލޭގެ ގިނަ ރެސްޓޯރަންޓުތަކަކަށް ސިމްޑީގެ އިލީ ކްރީމާ