11 ޖޫން 2024
ސިފައިންނާއި ފުލުހުންގެ އިންޝުއަރެންސަށް މިދިޔަ އަހަރަށް ކަނޑައެޅި ބަޖެޓަށް ވުރެން 35 ޕަސެންޓް އިތުރަށް ހޭދަކޮށްފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފި އެވެ.
ސިފައިންނާއި ފުލުހުންގެ އިންޝުއަރެންސަށް މިދިޔަ އަހަރަށް ކަނޑައެޅި ބަޖެޓަށް ވުރެން 35 ޕަސެންޓް އިތުރަށް ހޭދަކޮށްފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފި އެވެ.
މިދިޔަ އަހަރުގެ ބަޖެޓު ރިވިއުގައި، އޮޑިޓް އޮފީހުން ބުނެފައިވާ ގޮތުގައި ބަޖެޓުގައި އިތުރު އިންޝުއަރެންސްތަކަށް 179 މިލިއަން ރުފިޔާ ކަނޑައަޅާފައިވާ އިރު އަހަރު ނިމުނު އިރު އެ އަދަދު ހުރީ 241 މިލިއަން ރުފިޔާގަ އެވެ.
އޮޑިޓް އޮފީހުން ބުނީ، ސިފައިންނާއި ފުލުހުންނަށް އާސަންދައިގެ އިތުރުން ދޭ ފުލް ކަވަރޭޖު އިންޝުއަރެންސް ނިޒާމަށް ބަޖެޓު ކޮށްފައިވާ އަދަދު މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހާ ހަމައަށް އޮތީ ހަމަވެފައި ކަމަށެވެ.
ވޭތުވެދިޔަ ފަސް އަހަރު ވެސް ސިފައިންނާއި ފުލުހުންގެ އިންޝުއަރެންސްއަށް ބަޖެޓް ކުރި އަދަދަށް ވުރެން އިތުރަށް ވަނީ ހޭދަކޮށްފަ އެވެ. އަދި އެއް އަހަރުން އަނެއް އަހަރަށް ފުލުހުންނާއި ސިފައިންނަށް ދޭ އިންޝުއަރެންސް ބަޖެޓު ވެސް ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.
ސިފައިންނާ ފުލުހުންނާއި އެ ފަރާތްތަކުގެ އާއިލާތަކަށް 2019 ވަނަ އަހަރު 148 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ. އެހެންވެ، ވޭތުވެދިޔަ ފަސް އަހަރުތެރޭ ސިފައިންނާއި ފުލުހުންގެ އިންޝުއަރެންސް އަށް ކުރި ހޭދަވަނީ ގާތްގަނޑަކަށް 40 ޕަސެންޓަށް އިތުރުވެފަ އެވެ.
މިދިޔަ އަހަރު ސަރުކާރުން ސިއްހީ ހިދުމަތްތަކާއި އެހެން ސަބްސިޑީތަކަށް ކުރި ހޭދަވަނީ 9.6 ބިލިއަން ރުފިޔާއަށް އަރައިފަ އެވެ. އެއް އަހަރުން އަނެއް އަހަރަށް ދައުލަތުން ސަބްސިޑީއަށް ކުރާ ހޭދަ އިތުރުވުމަކީ ދައުލަތުގެ މުޅި މާލީ ނިޒާމަށް ދިމާވެފައިވާ ބޮޑު ބުރައެއް ކަމަށް އޮޑިޓް އޮފީހުން ބުންޏެވެ.
ފުލުހުން/ސިފައިންގެ އިންޝުއަރެންސަށް އުނިކަމެއް ނާންނާނެ
"އެއްވެސް އިނާޔަތެއް ކަނޑާލުމުގެ ވިސްނުމެއް ނެތް"
ސިފައިން، ފުލުހުންނަށް ޕްރައިވެޓް އިންޝުއަރެންސްސްކީމެއް
ފުލުހުން/ސިފައިންނަށް ކުރިއެކޭ އެއްގޮތަށް އާސަންދަލިބޭނެ
"ވަކިވަކި އިދާރާތަކަށް ސިއްހީ ސްކީމު ހިންގުން ގޯސް"
"ރާއްޖެ މަސްތުވާތަކެތިން ސަލާމަތްކުރަން އިސްކަންދޭނަން"
ރާއްޖެއަށް ވަން ލަންކާގެ ބޯޓަކުން 468 ކިލޯގެ ޑްރަގު
ކުއްލި ހާލަތުގައި ދެން ގުޅަން ޖެހޭނީ 911 އަށް
ނަތީޖާ ދަށް ދަރިވަރުން ޕޮލިހާއި ސިފައިންގެއަށް ވައްދަނީ
ބްރިޖު ކައިރިއަށް އެޅުނު ކުލަތައް ސިފައިން ސާފުކޮށްފި