10 ޖޫން 2024
ރައީސް ޑރ. މުހައްމަދު މުއިއްޒު، އިންޑިއާގެ ރައީސް ޑްރޫޕަތީ މޫރްމޫއާ މިއަދު ބައްދަލު ކުރައްވައިފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު، އިންޑިއާގެ ރައީސް ޑްރޫޕަތީ މޫރްމޫއާ މިއަދު ބައްދަލު ކުރައްވައިފި އެވެ.
މިއަދު މެންދުރުފަހު ވެރިރަށް ނިއު ދިއްލީގައި ބޭއްވި އެ ބައްދަލުވުމަށް ފަހު ރައީސް އޮފީހުން ބުނީ ދެ ގައުމު އެކުގައި ވަރަށް ގާތްކޮށް އެކުގައި ގުޅިގެން މަސައްކަތް ކުރުމާއި އެހީތެރިވުމުގެ މުހިންމުކަން ދެ ރައީސުން ވެސް ފާހަގަ ކުރެއްވި ކަމަށެވެ.
ރައީސް މުއިއްޒު އިންޑިއާ އަށް ވަޑައިގެންނެވީ އިންޑިއާގެ ބޮޑުވަޒީރު ކަމަށް ތިންވަނަ ދައުރަކަށް އިއްޔެ ހުވާކުރެއްވި ނަރެންދުރަ މޯދީގެ ހާއްސަ ދައުވަތަކަށެވެ. މިއީ ރައީސް މުއިއްޒު އިންޑިއާ އަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ.
ރައީސް ވަނީ މިއަދު އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިއަމް ޖައިޝަންކަރުއާ އާ ވެސް ބައްދަލުކުރައްވައިފަ އެވެ. ދެ ގައުމު ވަރަށް ގުޅިގެން އެކުގައި މަސައްކަތް ކުރައްވާނެ ކަމަށް ބައްދަލުވުމަށް ފަހު ޖައިޝަންކަރު ވަނީ ވިދާޅުވެފަ އެވެ.
އިންޑިއާގެ ރައީސް ދްރޫަޕަތީ މުރްމޫއާއެކު ރައީސް ބައްދަލުކުރައްވަނީ -- ފޮޓޯ: ރައީސް އޮފީސް
މޯދީ މަގާމުގެ ހުވާކުރެއްވުމަށް ބޭއްވި ރަސްމިއްޔާތަށް ވަޑައިގެންނެވި ބޭރު ގައުމުތަކުގެ ވެރިންގެ ޝަރަފުގައި އެ ގައުމުގެ ރައީސް ދެއްވި ބެންކުއެޓްގައި ވެސް ރައީސް މުއިއްޒު ބައިވެރިވެވަޑައިގަތެވެ. އެ ރިސެޕްޝަންގައި ބޮޑުވަޒީރު މޯދީގެ އެންމެ އަރިހުގައި ހުންނެވި އެއްބޭފުޅަކީ ވެސް ރައީސް މުއިއްޒެވެ. ދެން ހުންނެވީ ސްރީ ލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހަ އެވެ.
ރާއްޖޭގައި ގާއިމުވެ ތިބި އިންޑިއާގެ ސިފައިން ފޮނުވައިލުމަށް މި ސަރުކާރުން ނިންމުމުން ދެ ގައުމުގެ ގުޅުން ގޯސްވި ނަމަވެސް މިހާރު ވަނީ ގުޅުން ވަރަށް ބޮޑަށް ރަނގަޅުވެފަ އެވެ. މޯދީ ތިންވަނަ ދައުރަކަށް ހޮވުމާ ގުޅިގެން މޯދީ އާއި ރައީސް ބަދަލުކުރެއްވި މެސެޖުތަކުގައި ވެސް އިސްކަންދެއްވީ އެ ގުޅުން ވަރުގަދަކުރުމަށާއި އެއް ގައުމު އަނެއް ގައުމަށް ބޭނުންވެފައިވާ ކަމުގެ މައްޗަށެވެ.
ބާކީ 50 މިލިއަން ޑޮލަރު ދެއްކުން ވެސް ފަސްކޮށްދީފި
ރައީސް އިންޑިއާއަށް ވަޑައިގަންނަވަނީ
އެއްވެސް އިރަކު އިންޑިއާ ބާކީއެއް ނުކުރަން: ރައީސް
ރާއްޖޭގެ ހޫނުމަރުހަބާއަށް ޖައިޝަންކަރުގެ ޝުކުރު ރައީސަށް
އިންޑިއާގެ ގުޅުމަށް މަލާމާތްކުރާތީ ނަޝީދުގެ ރައްދެއް!
ޖައިޝަންކަރު މާދަމާ ރާއްޖެއަށް
އިންޑިއާ ސަފީރު، ރައީސްއާ ބައްދަލު ކުރައްވައިފި
މޯދީ، ރައީސް މުއިއްޒަށް އީދު ތަހުނިޔާ ފޮނުއްވައިފި
"ގުޅުން ބައްޓަންވާނީ ރާއްޖެ އަށް ފައިދާވާނެ ގޮތަށް"
ރައީސާ އެކު ރަނގަޅު މަޝްވަރާތަކެއް ކުރެވުނު: އިންޑިއާ