ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުުހައްމަދު އިބްރާހިމް (ކުޑޫ)ގެ ކެމްޕެއިނަށް ލިބުނު ފައިސާގެ ތެރެއިން ބާކީވި ފައިސާ ޓައިނީހާޓްސް ޖަމިއްޔާ އަށް ހަދިޔާކުރައްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުުހައްމަދު އިބްރާހިމް (ކުޑޫ)ގެ ކެމްޕެއިނަށް ލިބުނު ފައިސާގެ ތެރެއިން ބާކީވި ފައިސާ ޓައިނީހާޓްސް ޖަމިއްޔާ އަށް ހަދިޔާކުރައްވައިފި އެވެ.
މިދިޔަ އޭޕްރީލް މަހު އޮތް އިންތިހާބުގެ ކެމްޕެއިން ކުޑޫ ކުރެއްވީ އާންމުންނާއި ސަޕޯޓަރުންގެ އެހީގައި ކްރައުޑް ފަންޑިން ހޯއްދަވައިގެންނެވެ. އެ ފައިސާ އޮޑިޓްކޮށް އަދި ކެމްޕެއިންަށް ފަހު ބާކީ ފައިސާ ހުރި ނަމަ ހަދިޔާކުރައްވާނެ ކަމަށް ކެމްޕެއިންގައި ކުޑޫ ވައުދުވެ ވަޑައިގަތެވެ.
އޭނާ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ވައުދު ފުއްދަވައި، ކެމްޕެއިނަށް ކުރި ހަރަދު އޮޑިޓްކުރުމަށް ފަހު ބާކީ ހުރި ފައިސާ ޓައިނީހާޓްސްއަށް ހަދިޔާކުރައްވާފައިވާ ކަމަށެވެ.
As promised, our campaign funds have been audited by Crowe Maldives and the balance has now been donated to @TinyHeartsMV
— محمد كودو (@mohamedkudu) June 9, 2024
Thank you for all your support! https://t.co/77o1gAXUQ5 pic.twitter.com/ceXKPxg7Xt
އިދިކޮޅު އެމްޑީޕީގެ ޓިކެޓްގައި ގަލޮޅު އުތުރު ދާއިރާގެ މަޖިލިސް ގޮނޑިއަށް ކުޑޫ އިންތިހާބުވީ އެ ގޮނޑީގައި ތިން ދައުރު އިންނެވި އީވާ އަބްދުﷲ ބަލިކުރެއްވުމަށް ފަހު އެވެ.
ކެމްޕެއިންގައި ކުޑޫ ވެވަޑައިގެންނެވި އެންމެ ބޮޑު ވައުދަކީ ދެފުށް ފެންނަ ގޮތަކަށް މަސައްކަތްކުރައްވައި، މަޖިލީހުގައި ތަފާތު ދެއްކެވުމަށެވެ.
"މީހުންނަށް ފިލައިގެން ނޫޅޭނަން. ދާއިރާގައި ކުރާ މަސައްކަތްތައް ދާއިރާގެ ރައްޔިތުންނަށް އެނގޭނެ ދެފުށްފެންނަ ގޮތަށް ހަދަން އޮފީހެއް ވެސް ހުޅުވާނަން. މީހުންނާ ވާހަކަ ދެއްކޭ ގޮތަށް ފެންނަ ހިސާބުގައި އިންނާނަން," ކެމްޕެއިންގައި "މިހާރު" އަށް ދެއްވި އިންޓަވިއުގައި ކުޑޫ ވިދާޅުވެފައިވެ އެވެ.
ވަޒީރުންނާކުރާ ސުވާލު ދިގުކުރަން އެމްޑީޕީން ހުށަހަޅައިފި
އިޒްރޭލް ޕާސްޕޯޓު މަނާކުރުން އަވަސްކުރަން ގަރާރެއް
އާސަންދައާ ގުޅޭ ކުއްލި މައްސަލަ ބަލައެއް ނުގަތް!
އިޒްރޭލް ޕާސްޕޯޓު ނިންމުން ޖުލައިގެ ނިޔަލަށް ފަސްކޮށްފި
ޒަކިއްޔާގެ މަރުގެ މައްސަލަ މަޖިލީހުގެ 241 ކޮމިޓީއަށް
ފަޒްނާގެ ފޮޓޯގައި ގެންގުޅެނީ އެމްޑީޕީ ވޯޓާސް ލިސްޓު!
"ބެންޗާ ކުޅެނީ ބޭނުންވާ ކަންތައްތައް ނުވެގެން"
އިހުސާންގެ އިތުބާރު ނެތް ކަމުގެ މައްސަލަ މާދަމާ
"ރިޔާސީ ބަޔާނުން ރައްޔިތުންނަށް ލިބުނީ މާޔޫސްކަން"
"ބެންޗު ބަދަލުކުރުމަކީ މުޅި ޖުޑިޝަރީއަށްދޭ ހަމަލައެއް"