ދިރާގުގެ ޔޫތު ބްރޭންޑް އެމްބެސެޑަރަކަށް ޖޫނިއާ ސާފިން ޗެމްޕިއަން ކަޔާން އަބްދުﷲ އަރީފު ހަމަޖައްސައިފި އެވެ.
09 ޖޫން 2024
ދިރާގުގެ ޔޫތު ބްރޭންޑް އެމްބެސެޑަރަކަށް ޖޫނިއާ ސާފިން ޗެމްޕިއަން ކަޔާން އަބްދުﷲ އަރީފު ހަމަޖައްސައިފި އެވެ.
ކަޔާން އަށް އެމްބެސެޑަރުކަން ދިނީ އިއްޔެ އާޓިފިޝަލް ބީޗުގައި ބޭއްވި ހާއްސަ ހަރަކާތެއްގަ އެވެ. އެ ހަރަކާތުގައި ކަޔާންއާ އެމްބެސެޑަރުކަމުގެ ލިޔުން ހަވާލު ކޮށްދެއްވީ ދިރާގުގެ ދިރާގު ޑައިރެކްޓަ، ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް މުހައްމަދު މިރުޝާން ހަސަން އެވެ.
މިރުޝާން ވިދާޅުވީ، ދިރާގަކީ ޒުވާނުން އެކި ދާއިރާ އިން ބާރުވެރިކުރުމަށް މަސައްކަތް ކުރާ ކުންފުންޏެއް ކަމަށާއި އެ ކުންފުނީގެ އުއްމީދަކީ ސާފިންގެ ދާއިރާ އިން ކަޔާން ކުރިއަރައި ދިއުން ކަމަށެވެ. ކަޔާން ފަދަ ހުނަރުވެރި ކުއްޖަކަށް އެމްބެސެޑަރުކަން ހަވާލު ކުރުމަކީ ދިރާގަށް ލިބޭ ބޮޑު ފަހުރެއް ކަމަށް މިރުޝާން ވިދާޅުވި އެވެ.
ކަޔާން: އޭނާ ފަދަ ހުނަރުވެރި ކުއްޖަކާ އެކު މަސައްކަތް ކުރުމަކީ ދިރާގުން ފަހުރުވެރިވާ ކަމެއް.
ދިރާގުން އިއްޔެ ވަނީ ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމަށް އާޓިފިޝަލް ބީޗުގައި ވެސް ހާއްސަ ހަރަކާތެއް ބާއްވައިފަ އެވެ. މޯލްޑިވްސް ސާފިން އެސޯސިއޭޝަންގެ ބައިވެރިވުމާ އެކު ބޭއްވި އެ ހަރަކާތުގައި ކަޔާން ވެސް ބައިވެރިވި އެވެ.
އެ ހަރަކާތުގައި ބައިވެރިވި ކުޑަކުދިންނަށް ސާފް ކުރަން ފަށައިގަތުމަށް ދަސްކުރަން ބޭނުންވާނެ ހުނަރުތައް ކިޔައިދީ، ސާފިން ޕޮއިންޓުތަކުގެ މައުލޫމާތު ހިއްސާކޮށް، މޫދުގައި އުޅޭއިރު ކުރިމަތިވެދާނެ ކަންތައްތަކުން ރައްކާތެރިވާނެ ގޮތްތައް ކިޔައި ދިނެވެ.
ދިރާގުން ޔޫތު ބްރޭންޑް އެމްބެސެޑަ ޕްރޮގްރާމު ފެށީ މި ދިޔަ މަހު އެވެ. އެ ކުންފުނީގެ އެންމެ ފުރަތަމަ ޔޫތު ބްރޭންޑް އެމްބެސެޑަރަކަށް ހަމަޖައްސާފައި ވަނީ އޮލިމްޕިކްސްގެ ކޮލިފައިން ބުރު ފަހަނައަޅައި ގޮސް ސީދާ ގޭމްސް އިން ޖާގަ ހޯދި ފުރަަތަމަ ދިވެހި އެތުލީޓު، ޓީޓީ ކުޅުންތެރިޔާ ފާތިމަތު ދީމާ އެވެ.
"ދިރާގު މާލެ އޯޕަން" ސުވިމިން މުބާރާތުގެ ފުރުސަތު
އޭޝިއަން ސާފިން ޗެމްޕިއަންޝިޕުގެ ޕާޓްނަރަކަށް ދިރާގު
ބާ 2000: ވަނަތައް ހަމްނާ، އާން، ޖާއްޓޭ ފަޔާއަށް
ހޮޓެލިއާ މޯލްޑިވްސް އެވޯޑްސްގެ ޕާޓްނަރަކަށް ދިރާގު
ދިރާގުން މުވައްޒަފުންގެ އަގު ވަޒަންކޮށްފި
ދިރާގު ފުވައްމުލައް ރަން 2025 އަށް ބޮޑު ތަރުހީބެއް
ފުވައްމުލައް ރަންގެ ބިބާއި ރޭސް ކިޓް އެ ރަށުން ދެނީ
ދިރާގުން ސުވިޓްޒަލޭންޑް ދަތުރުގެ ނަސީބުވެރިޔާ ހޮވައިފި
ޑީޖީޖީއިން ކޮންމެ މަހަކު ޕީއެސް5 ޕްރޯއެއް ދެނީ
ރީލޯޑުކޮށްގެން ކޮންމެ ހަފްތާއަކު ދިރާގުން 10،000ރ. ދެނީ