ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި މަޖިލީހުގެ މާފުށީ ދާއިރާގެ މެމްބަރު ހުސައިން ރިޒާ މިއަދު އައްޔަން ކުރައްވައިފި އެވެ.
04 ޖޫން 2024
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި މަޖިލީހުގެ މާފުށީ ދާއިރާގެ މެމްބަރު ހުސައިން ރިޒާ މިއަދު އައްޔަން ކުރައްވައިފި އެވެ.
ގާނޫނު އަސާސީގައި ޖޭއެސްސީ އެކުލެވިފައި އޮންނަ ގޮތުން މަޖިލީހުގެ ރައީސާއި މަޖިލީހުން ކަނޑައަޅާ މެމްބަރަކު ޖޭއެސްސީގެ މެމްބަރުންގެ ގޮތުގައި ތިއްބަވާނެ އެވެ. އެގޮތުން، މަޖިލީހުން ޖޭއެސްސީއަށް ކަނޑައަޅާ މެމްބަރު ކަމަށް މެމްބަރު ރިޒާ އައްޔަންކުރަން މަޖިލީހުން އިއްޔެ ވަނީ ފާސްކޮށްފަ އެވެ.
މަޖިލީހުގެ ރައީސް އަބްދުއްރަހީމާއި މެމްބަރު ރިޒާ ޖޭއެސްސީގެ މެމްބަރު ކަމަށް އައްޔަން ކުރައްވައި، އެ ބޭފުޅުން އެ މަގާމުގެ ހުވާ ކުރެއްވީ ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އެ ދެ ބޭފުޅުންނަށް މަގާމުގެ ފަތްކޮޅު ހަވާލުކޮށް ދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
މަޖިލީހުގެ ރައީސާއި މަޖިލީހުގެ މެމްބަރެއްގެ އިތުރުން ޖޭއެސްސީގައި ދެން ތިއްބަވާނީ ރައީސްގެ މެމްބަރަކާއި ބަންޑާރަ ނައިބާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި ހައި ކޯޓުގެ ފަނޑިޔާރެއްގެ އިތުރުން ދަށު ކޯޓުގެ ފަނޑިޔާރަކާއި ވަކީލުންގެ ތެރެއިން އިންތިހާބުކުރާ ވަކީލަކާއި އާންމުންގެ ތެރެއިން މެމްބަރެކެވެ.
ޖޭއެސްސީ މިހާރު އެކުލެވޭ ގޮތް ބަދަލު ކުރުމަކީ ސަރުކާރުގެ ރިޔާސީ ވައުދެކެވެ.
ޝަރުއީ ދާއިރާގެ ނިކަމެތިކަމަށް ހައްލެއް ގެނެވޭނެ: ރިޒާ
ޖޭއެސްސީގެ ރައީސް ކަމަށް މެމްބަރު ރިޒާ އިންތިހާބުކޮށްފި
ފަނޑިޔާރުންނަށް އެޅިފިޔަވަޅާ މެދު އދ.ގެ ކަންބޮޑުުވުން
ހައި ކޯޓަށް ފައިސަލް އައްޔަންކުރަން ނިންމައިފި
ފަނޑިޔާރުންގެ ސަސްޕެންޝަން އުވާލަން ގޮވާލައިފި
އަޒްމިރަލްދާގެ މައްސަލަ ބަލާ ގޮތް މަޖިލީހުން ބަލަނީ
ފަނޑިޔާރުންގެ މައްސަލައިގެ ފަހު އަޑުއެހުން މާދަމާ
ޖޭއެސްސީއަށް ފަނޑިޔާރު ޝަހީދު އައްޔަންކުރައްވައިފި
ސުޕްރީމް ކޯޓުން ޖޭއެސްސީއަށް ފަނޑިޔާރު ޝަހީދު
ހައި ކޯޓުގެ އިސް ފަނޑިޔާރުކަމަށް ފުރުސަތު ހުޅުވާލައިފި