30 މެއި 2024
އަމިއްލަ އެކި ފަރާތްތައް މެދުވެރިކޮށް ސަރުކާރުން ހިންގި އެކިއެކި މަސައްކަތަކަށް ނުދައްކާ ހުރި ބިލްތަކަށް މިހާތަނަށް 4.9 ބިލިއަން އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް 6.4 ބިލިއަން ރުފިޔާ ދައްކާފައިވާ ކަަމަށް ފިނޭންސް މިނިސްޓަރު ޑރ މުހައްމަދު ޝަފީގު މިއަދު ވިދާޅުވެއްޖެ އެވެ.
އަމިއްލަ އެކި ފަރާތްތައް މެދުވެރިކޮށް ސަރުކާރުން ހިންގި އެކިއެކި މަސައްކަތަކަށް ނުދައްކާ ހުރި ބިލްތަކަށް މިހާތަނަށް 4.9 ބިލިއަން އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް 6.4 ބިލިއަން ރުފިޔާ ދައްކާފައިވާ ކަަމަށް ފިނޭންސް މިނިސްޓަރު ޑރ މުހައްމަދު ޝަފީގު މިއަދު ވިދާޅުވެއްޖެ އެވެ.
ފިނޭންސް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝަފީގު ވިދާޅުވީ، ކުރިއަށް އޮތްތަނުގައި ވެސް ވީހާ ވެސް އަވަހަށް ބިލްތައް ދައްކައި ނިންމޭނެ ގޮތްތައް ބައްލަވަމުން އަންނަ ކަމަށެވެ.
އެކަމަކު، ޝަފީގު ވިދާޅުވިގޮތުގައި މިހާރު ވެސް ދެ ބިލިއަން ރުފިޔާ ބިލްތަކަށް ދައްކަން ޖެހިފައި އެބަހުއްޓެވެ.
"މީގައި މުހިއްމު ކަމަކީ ފައިސާ ނުދެއްކި ހުންނަ މުއްދަތު ދަށްކުރުން. އެއީ އަޅުގަނޑުމެންގެ ޓާގެޓަކަށް ބަލާނީ،" މިނިސްޓަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، މިދިޔަ ފެބްރުއަރީ މަހު ހިސާބުގައި ބިލްތައް ކްލިއާ ކުރަން ނެގި މުއްދަތު 14 ދުވަހަށް ދަށްކުރެވުނު ކަމަށާއި އެކަން އެގޮތަށް ކުރެވެނީ އާމްދަނީ ލިބޭ ގޮތްތަކަށް ބަލާފައި ކަމަށެވެ.
ޝަފީގު ވިދާޅުވީ، ސަރުކާރުން ބިލްތައް ކްލިއާ ކުރަމުން އަންނަ އިރު ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި ހުރި ބިލްތައް ދެއްކުމުގައި އެ ކުންފުނިތައް ޒިންމާދާރު ކުރެވޭނެ ގޮތްތައް ހޯދަމުން އަންނަ ކަމަށެވެ.
"ޕެންޑިން ބިލްތަކުގައި ފާހަގަކުރެވެނީ، މިސާލަކަށް ފެނަކަ، އެމްޓީސީސީ، ރޯޑް ކޯޕަރޭޝަން ފަދަ ތަންތަނަށް އެބަހުރި. އަޅުގަނޑުމެން ވަރަށް ބޮޑަށް ބަލަނީ އެ ކުންފުނިތަކުން އެ ފައިސާ ހަމަޖެއްސުމަށްޓަކައި. އެ ކުންފުނިތައް ޒިންމާދާރު ކުރުމަކީ ވަރަށް މުހިއްމު ކަމެއް،" އޭނާ ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ، އެސްއޯއީތަކަށް ސަރުކާރުން ގްރާންޓު ދެނީ އެ ތަންތަނުގެ މުވައްޒަފުންނަށް ބޭނުންވާ މުސާރަތައް ދިނުމަށް ކަމަށެވެ.
ނުއުފުލޭ ވަރުގެ ބޮޑު ދަރަންޏެއް ނުނަގާނަން: ޝަފީގު
"އިގުތިސާދީ އިސްލާހީ ފިޔަވަޅުތައް ތަންފީޒު ކުރާނެ"
ރާއްޖެ ބަނގުރޫޓުވުމުގެ ވާހަކަ ހުއްޓިއްޖެ: ޒަމީރު
1.5ބިލިއަން ޑޮލަރުގެ ދަރަނި ލުއިކުރަން މަޝްވަރާކުރަނީ
ސަޕްލިމެންޓްރީ ބަޖެޓް ކޮމިޓީން ފާސްކޮށްފި
އެމެރިކާގެ ފާމާއެކު ކުރިއަށް ނުދާން ނިންމައިފި
64 ބިލިއަން ރުފިޔާގެ ޓީބިލް ވަނީ ވިއްކާފައިި
މާލީ ދަތިކަމުގައި ރާއްޖެއަށް އެހީވާން އިންޑިއާ ތައްޔާރު
ސުކޫކު ޕޭމަންޓްތައް ދެއްކުމަށް ދަތިކަމެއް ނެތް: ޝަފީގު
އެއާޕޯޓް ޓެކްސް އާއި ގްރީން ޓެކްސް ބޮޑުކުރަނީ