އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުން އެންމެ ބޮޑު އިސްކަމެއް ދޭނީ ގެދޮވެރިކަމުގެ މަޝްރޫއުތަކަށް ކަމަށް ކޮންސްޓްރަކްޝަން އެންޑް ޕްލޭނިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.
30 މެއި 2024
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުން އެންމެ ބޮޑު އިސްކަމެއް ދޭނީ ގެދޮވެރިކަމުގެ މަޝްރޫއުތަކަށް ކަމަށް ކޮންސްޓްރަކްޝަން އެންޑް ޕްލޭނިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.
އެ މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ ސަލާމަތާ ގުޅޭ ކަންކަމަށް ފަހު އެންމެ އިސްކަމެއް ދެއްވާ ކަމަކީ ގެދޮވެރިކަން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ ކަމަށާއި އެހެންވެ އަންނަ އަހަރުގެ ބަޖެޓްގައި ގެދޮރުވެރިކަމުގެ މަޝްރޫއުތަކަށް ވަރަށް ބޮޑު ސަމާލުކަމެއް ދޭނެ ކަމަށެވެ.
އޭގެ ތެރޭގައި ބަޖެޓުން ފައިނޭންސް ކުރާ މަޝްރޫއުތަކާއި ޑޯނާ ފަންޑިން މަޝްރޫއުތަކާއި ލޯނުގެ ދަށުން ހިންގާ މަޝްރޫއުތައް ވެސް ހުންނާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"ބަޖެޓްގެ ބޮޑު ބައެއް ދާނީ ހައުސިން އަށް. އެހެން ނަމަވެސް މިހާރު ކުރިއަށް ދާ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށާއި އަދި އެކި ރަށްރަށަށް ރައީސް ވެވަޑައިގެންފައިވާ ވައުދުތައް ފުއްދުމުގެ މަސައްކަތްތައް ބަޖެޓުން ކެޕޭސިޓީ ލިބޭ މިންވަރަކުން ކުރިއަށް ގެންދާނެ،" މުއްތަލިބު ވިދާޅުވި އެވެ.
މިހާރު ވެސް ހައުސިން ދެ މަޝްރޫއުއެއްގެ އެމްއޯޔޫގައި މި ސަރުކާރުން ސޮއިކޮށްފައިވާ ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. އެއީ ރަސްމާލޭގައި 15،000 ހައުސިން ޔުނިޓް އެޅުމުގެ މަޝްރޫއަކާއި ބ. އޭދަފުށީގައި ހައުސިން ޔުނިޓްތަކެއް އެޅުމުގެ މަޝްރޫއު އެވެ.
މިނިސްޓަރު ވަނީ ރަސްމާލޭގައި އެންމެ ފުރަތަމަ އަޅާ 15،000 ހައުސިން ޔުނިޓް މަޝްރޫއުއާ ގުޅޭ މައުލޫމާތު ވެސް ހިއްސާ ކުރައްވައިފަ އެވެ.
ޗައިނާގެ ކުންފުންޏަކުން ކުރިއަށް ގެންދަން ހަމަޖެހިފައިވާ އެ މަޝްރޫއުގައި ހައުސިން ޔުނިޓްތައް އަޅާނީ ވަރަށް ބާރު ސްޕީޑްގައި ކުރިއަށް ގެންދެވޭ ގޮތަށް ވަރަށް ކޮލިޓީކޮށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެ މަޝްރޫއަށް ބޭނުންވާ ސާމާނު ވެސް އުފައްދާނީ ރާއްޖޭގައި ކަމާއި އެކަމަށް ބޭނުންވާ ފެކްޓްރީ ރަސްމާލެ އިން ހިއްކޭ އެންމެ ފުރަތަމަ ބިމުގައި އަޅާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ރަސްމާލެ އަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ބޯހިޔާވަހިކަމުގެ "ޓޯޓަލް ސޮލިއުޝަން"ގެ ސިޔާސަތުގެ ދަށުން އެންމެ ބޮޑު އިސްކަމެއް ދީގެން ތަރައްގީކުރަން ނިންމާފައިވާ ތަނެކެވެ.
ރަސްމާލެ މަޝްރޫއު ހިއްކަން ހަވާލުކޮށްފައި ވަނީ ކެޕިޓަލް މެރިން އެންޑް އިންވެސްޓްމަންޓް (ސީއެމްސީ) އަށެވެ. އެއީ ބިން ހިއްކުމުގެ އަގުގެ ގޮތުގައި ފައިސާގެ ބަދަލުގައި މާލެ ސަރަހައްދުން 70 ހެކްޓަރުގެ ބިން 99 އަހަރަށް ދިނުމަށެވެ. ފުށިދިއްގަރުން 60 ހެކްޓަރުގެ ބިމާއި ހުޅުމާލެ އިން 10 ހެކްޓަރުގެ ބިން ދިނުމަށް ވަނީ ނިންމައިފަ އެވެ.
ދައުލަތުން ހަރަދެއް ކުރުމުގެ ބަދަލުގައި ބިންތަކެއް ދޭ ގޮތަށް 8 މަސް ތެރޭ މަސައްކަތް ނިންމަން މިދިޔަ އަހަރުގެ ޑިސެމްބަރު 18 ގައި ހަވާލުކުރި ނަމަވެސް މިހާރު އެ މަސައްކަތް ހުއްޓިފައި އޮންނަތާ ވަނީ ގިނަ ދުވަސްތަކެއް ވެފަ އެވެ. އޭރުގެ ތާވަލަށް ބަލާ ނަމަ އެ މަސައްކަތް ކުރިއަށް އޮތް ދެ މަސް ތެރޭގައި ނިންމަން ޖެހެ އެވެ.
މިނިސްޓަރު ވިދާޅުވީ ފުށިދިއްގަރުފަޅު ހިއްކަން ފެށި ފަހުން އެކަމަށް ބޭނުންވާ ފައިސާ ސީއެމްސީ އަށް ނުހޯދިގެން މަޝްރޫއު މަޑުޖެހިފައިވާ ކަމަށެވެ. ސަރުކާރުން މިހާރު މަސައްކަތް ކުރަމުން އަންނަނީ އެ މަޝްރޫއު އަލުން އަވަހަށް ފެށޭނެ ގޮތެއް ހޯދުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.
"ސަރުކާރުން މަސައްކަތް ކުރަމުން ދަނީ އަޅުގަނޑުމެންނަށް މި އަހަރުގެ ނިޔަލަށް އެއްކޮށް ހިއްކާ ނިންމޭ ވަރަށް ތަފާތު އެކި ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރުމަށް. އޭގަ ވަރަށް ގިނަ ކާމިޔާބީތަކެއް ވެސް ލިބިފައި ހުރީ. އޭގެ ތަފްސީލް އަމަލީ މަސައްކަތް ފެށޭ ހިސާބަށް ދިއުމުން ހާމަކުރާނަން،" މިނިސްޓަރު ވިދާޅުވި އެވެ.
ފްލެޓަށް އެދުނު އެންމެންނަށް ބޯހިޔާވަހިކަން ހަމަޖެހޭނެ
ރަސްމާލެ ކުރިއަށް ގެންދާނީ އެހެން މޮޑެލްއަކަށް
ހިޔާވަހި ސްކީމަށް ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި
ހިޔާވަހި ސްކީމަށް ފަހުން ކުރެހުން ހުށަހެޅޭ ގޮތް ހަދަނީ
40ބިލިއަންގެ މަޝްރޫއުގައި ވަނީ ސޮއިކޮށްފައި:މުއްތަލިބު
ފްލެޓް ލިސްޓަށް ޝަކުވާގެ މުއްދަތު އިތުރުކޮށްފި
ރަށްރަށުގައި 12،000 ހައުސިން އަޅާނެ ބަޔަކު ހޯދަނީ
ފްލެޓް މައްސަލަ ދިގުލައިގެން ދިއުމުން މާފަށް އެދިއްޖެ
މުޅި ފްލެޓް ލިސްޓު ރިވިއުނުކޮށް، 4000ވެރިފައިކުރަނީ
ގުޅިފަޅުގެ މަގުތައް ހަދަން ޗައިނާގެ ކުންފުންޏަކަށް