Roadha Mihaaru
ތިން ވަނަ ޕެސްޓް މެނޭޖްމެންޓް ކޮންފަރެންސް މާދަމާ

ތިން ވަނަ ޕެސްޓް މެނޭޖްމެންޓް ކޮންފަރެންސް މާދަމާ

28 މެއި 2024

ރާއްޖޭގައި ޕެސްޓް ކޮންޓްރޯލް ހިދުމަތްތައް ފޯރުކޮށްދެމުން އަންނަ ޕެސްޓަމިނޭޓާސް ޕްރައިވެޓް ލިމިޓެޑުން ބާއްވާ ތިން ވަނަ ޕެސްޓް މެނޭޖްމެންޓް ކޮންފަރެންސް މާދަމާ ފަށާނެ އެވެ.

ރާއްޖޭގައި ޕެސްޓް ކޮންޓްރޯލް ހިދުމަތްތައް ފޯރުކޮށްދެމުން އަންނަ ޕެސްޓަމިނޭޓާސް ޕްރައިވެޓް ލިމިޓެޑުން ބާއްވާ ތިން ވަނަ ޕެސްޓް މެނޭޖްމެންޓް ކޮންފަރެންސް މާދަމާ ފަށާނެ އެވެ.

އެ ކޮންފަރެންސްގެ އޮފިޝަލް މީޑިއާ ޕާޓްނަރަކީ "މިހާރު" އެވެ.

ޕެސްޓަމިނޭޓާސް އިން މީގެ ކުރިން އެ ކޮންފަރެންސް ބޭއްވީ 2019 ވަނަ އަހަރާއި 2022 ވަނަ އަހަރު އެވެ. ކޮންމެ ދެ އަހަރަކުން އެއް ފަހަރު ބާއްވާ މި ކޮންފަރެންސްގެ ބޭނުމަކީ، މި ދާއިރާއިން ދެމެހެއްޓެނިވި އުފެއްދުންތަކަށް ޓޫރިޒަމް ދާއިރާގެ ފަރާތްތަކުން ހޭލުންތެރިކޮށް، އާ ޓެކްނޮލޮޖީތަކަށް ހޭލުންތެރިކުރުމެވެ.

އަދި ދުނިޔޭގެ ޕެސްޓް މެނޭޖްމެންޓް ދާއިރާއަށް އިންޑަސްޓްރީގެ ފަރާތްތަކުން ހޭލުންތެރިކުރުވުން ވެސް ހިމެނެ އެވެ.

އެ ކޮންފަރެންސްގައި ރިސޯޓުތަކުގެ ޖެނެރަލް މެނޭޖަރުންނާއި އެގްޒެކެޓިވް ހައުސްކީޕަރުންނާއި ޗީފް އިންޖިނިއަރުންނާއި ލޭންޑްސްކޭޕިން މެނޭޖަރުން ބައިވެރިވާނެ އެވެ.

ޕެސްޓަމިނޭޓާސް އިން ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި ޕެސްޓް ކޮންޓްރޯލު ކުރުމުގެ ހިދުމަތް ދެމުން އަންނަތާ ނުވަ އަހަރުވެއްޖެ އެވެ. އެކުންފުނިން ރާއްޖޭގެ 140 ރިސޯޓުގައި އަންނަނީ މި ހިދުމަތް ދެމުންނެވެ.

އެއް ދުވަހަށް ކުރިއަށްދާ މި ކޮންފަރެންސްގައި ދާއިރާގެ ގިނަ އަދަދެއްގެ ތަޖުރިބާކާރުން ވާހަކަ ދައްކަވާނެ އެވެ.

މެންހަޓަން ބިޒްނަސް ހޮޓެލްގައި ބާއްވާ މި ކޮންފަރެންސްގައި 120 މީހުން ބައިވެރިވެ އެވެ. އޭގެ ތެރޭގައި 60 އަށް ވުރެ ގިނަ ރިސޯޓު ވެސް ހިމެނެ އެވެ.