28 ފެބުރުއަރީ 2023
ރާއްޖޭގައި ފުޅާދާއިރާއެއްގައި ޕެސްޓް ކޮންޓްރޯލް ކުރުމުގެ ހިދުމަތް ދެމުން އަންނަ ޕެސްޓް އެކްސް މޯލްޑިވްސް އިން މި އަހަރުގެ ރޯދަމަހާ ދިމާކޮށް، ގޭގެ އިން ސޫފާއިސޫފި ނައްތާލައި ދިނުމުގެ ހާއްސަ ޕުރޮމޯޝަނެއް ފަށައިފި އެވެ.
ރާއްޖޭގައި ފުޅާދާއިރާއެއްގައި ޕެސްޓް ކޮންޓްރޯލް ކުރުމުގެ ހިދުމަތް ދެމުން އަންނަ ޕެސްޓް އެކްސް މޯލްޑިވްސް އިން މި އަހަރުގެ ރޯދަމަހާ ދިމާކޮށް، ގޭގެ އިން ސޫފާއިސޫފި ނައްތާލައި ދިނުމުގެ ހާއްސަ ޕުރޮމޯޝަނެއް ފަށައިފި އެވެ.
ޕެސްޓްއެކްސް އިން ބުނިގޮތުގައި ރޯދަމަހަކީ އާންމު ގޮތެއްގައި ގިނަ އަދަދަކަށް ކާބޯތަކެތި ބޭނުންކޮށް، އާއިލާއާއެކު ގޭގައި ގިނަވަގުތު ހޭދަކުރާ މަހަކަށް ވާތީ، ގޭތެރެއިން އާންމުކޮށް ފެންނަ ސޫފާސޫފި ނައްތާލުމަށް އެހީތެރިވުމުގެ ގޮތުން އެ ކުންފުނީގެ ކަސްޓަމަރުންނަށް ހާއްސަ ޑިސްކައުންޓެއް ދޭން ނިންމީ ކަމަށެވެ.
އެ ޕްރޮމޯޝަނުގެ ދަށުން ކަސްޓަމަރުންނަށް 10 ޕަސެންޓާއި 20 ޕަސެންޓާ ދެމެދުގެ ޑިސްކައުންޓެއް ލިބޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
ޕެސްޓް އެކްސްއިން ބުނިގޮތުގައި، ހިދުމަތަށް އެދުމުން ފުރަތަމަ ދާނީ އިންސްޕެކްޝަނަކަށެވެ. އިންސްޕެކްޓްކޮށް މައުލޫމާތު ދިނުމަށް އެއްވެސް އަގެއް ނުނަގާނެ އެވެ. އޭގެ ފަހުން އެ ގެއަކުން ފާހަގަކުރެވުނު ސޫފި އަށަގަނެފައިވާ ވަރެއް ބަަލައި، އެ ސޫތްޕެއް ނައްތާލުމަށް ދެވެން ހުރި ހިދުމަތްތަކުގެ މައުލޫމާތު ކަސްޓަމަރާ ހިއްސާ ކުރާނެ އެވެ. ބޭނުންވާ ހައްލު ހޯދުމަށް ކަސްޓަމަރަށް ބޭނުން ހިދުމަތެއް އިހްތިޔާރު ކުރުމުގެ ފުރުސަތު ލިބޭނެ އެވެ.
ޕެސްޓް އެކްސްގެ ހިދުމަތްތައް މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގައި ދިރިއުޅޭ މީހުންނަށް ފޯރުކޮށްދޭނެ އެވެ. ހިދުމަތަށް އެދި ގުޅަން ޖެހެނީ 7940963 އަށެވެ.
ޕެސްޓް ކޮންޓްރޯލް ކުރުމުގެ ހިދުމަތް ދިނުމުގެ އިތުރުން ޕެސްޓް އެކްސް އިން އަންނަނީ ދަނޑުވެރިކާމާ ބެހޭ ގިނަ ސާމާނު ވެސްް ހޯލްސޭލް އަދި ރީޓެއިލްކޮށް ވިއްކަމުންނެވެ.
ތިން ވަނަ ޕެސްޓް މެނޭޖްމެންޓް ކޮންފަރެންސް މާދަމާ
ރާއްޖޭގައި ފަރުމާކުރި ފުރަތަމަ ބޯޅައިގެ ޕްރީއޯޑަރުނަގަނީ
ޓްރީ ޓޮޕުން ނާސިން ސްކޮލަޝިޕް 4 ދަރިވަރަކަށް
ރެވެލޯ ޗޮކްލެޓުގެ ރަހަ ބަލަން ހާއްސަ އިވެންޓެއް
އޯވީއެސް: ވަރަށް ކޮލިޓީ، ނުވަދެ ވާކަށް ނެތް
ކޮކާ ފިޝް: ބޭނުން ވައްތަރެއްގެ މަހެއް ސީދާ ގެއަށް
ފިންލެންޑް ސްކޫލަށް އެކްރެޑިޓޭޝަން ލިބުން ފާހަގަކޮށްފި
ނުޖޫމް ޕްރީ ސްކޫލުގެ އެޑްމިޝަން އަދިވެސް ކުރިއަށް
ޕްރިންޓްލެބް: 15 އަހަރުވީ ކާމިޔާބު ކުންފުންޏެއް
ޕްލާޒާއިން އަހުމަދު އަލް މަގްރިބީ ބްރޭންޑް ރާއްޖެއަށް