25 މެއި 2024
ރާއްޖޭގައި ލޮނު އުފެއްދުމުގެ މަސައްކަތް ކުރުމަށް ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބިސީސީ) އާ ހަވާލު ކޮށްފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި ލޮނު އުފެއްދުމުގެ މަސައްކަތް ކުރުމަށް ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބިސީސީ) އާ ހަވާލު ކޮށްފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
އެ މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ ރާއްޖޭގެ ބިޔަ ކަނޑުގެ ފުރިހަމަ މަންފާ ހޯދުމަށް މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ.
އެގޮތުން ލޮނު އުފެއްދުމުގެ މަސައްކަތް ފަށަން ބީސީސީ އާ ހަވާލު ކޮށްފައިވާ ކަމަށާއި އެކަމަށްޓަކައި ބޭނުންވާ ދިރާސާތައް ހެދުމަށް ޔޫއެންޑީޕީގެ ރިސާޗް ބައެއް ހޯދަން ވެސް މަޝްވަރާ ކޮށްފައިވާ ކަމަށް ސައީދު ވިދާޅުވި އެވެ.
"ރާއްޖޭގައި އޮތް ޓޫރިޒަމް އިންޑަސްޓްރީ އަށް އިމްޕޯޓް ކުރޭ ވަރަށް ކޮލިޓީ ލޮނު. ރާއްޖޭގައި ދިވެހިން ބޭނުން ކުރުމަށްޓަކައި ވެސް މި ގެންނަ ލޮނުގެ ބާވަތްތައް، މި ހުރިހާ އެއްޗެއްގެ ޕްރޮޑަކްޝަން ރާއްޖޭގައި ކުރަން ބޭނުން،" އޭނާ ވިދާޅުވި އެވެ.
ސައީދު ވިދާޅުވީ ރާއްޖޭގައި އެ މަސައްކަތް ފަށަން ރަނގަޅު ސްޓަޑީއެއް ހެދުން ވަރަށް މުހިންމު ކަމަށެވެ. އެހެން ނަމަވެސް އެކަމަށްޓަކައި އަހަރުތަކެއް ގެއްލުވާލުމުގެ ވިސްނުމެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
"އިރާދަކުރެއްވިއްޔާ މި ފަސް އަހަރުގެ ތެރޭގައި އެކަން ކުރާނަން،" ސައީދު ވިދާޅުވި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ވެސް ރާއްޖޭގައި ލޮނު އުފެއްދުމުގެ ވާހަކަތަކެއް ދެކެވުނެވެ. އެހެން ނަމަވެސް އެކަމާ ބެހޭ އެއްވެސް މަސައްކަތެއް އަދި އެއްވެސް ދިރާސާއެއް ނުހަދަ އެވެ.
ރާއްޖޭގެ އިގްތިސާދު އެއްކަމަކަށް ބަރޯސާވެފައި އޮތް އޮތުން ނިމުމަކަށް ގެނެސް ރާއްޖޭގެ އެކްސްޕޯޓުތައް ވެސް އިތުރު ކުރުމަކީ މި ސަރުކާރުގެ ވައުދެކެވެ.
އެމްޑީޕީން ހީކުރީ 3މަހުން ސަރުކާރު ބަނގުރޫޓުވާނެކަމަށް
ކުރިއަށް އޮތީ އިގްތިސާދުގައި ހަކަތަ އުފެދޭނެ އަހަރެއް
"ޑިޖިޓަލް އިގުތިސާދެއް އުފެއްދުމަކީ މުހިއްމު ވައުދެއް"
ރާއްޖެ-ސައުދީން ވިޔަފާރި އާއި އިގްތިސާދު ކުރިއަރުވަނީ
"ބަންކަރިންއަށް 20 މިލިއަން ޑޮލަރު އިންވެސްޓްކުރި"
"ރާއްޖޭގައި 400 އޮންލައިން ވިޔަފާރިވެރިން އެބަތިބި"
"އިންވެސްޓްކުރަން ފަސޭހަ ތަނަކަށް ރާއްޖެ ހަދާނަން"
އުޅުނީ ގަސްތުގައި މާލީ ނިޒާމް އިނދަޖައްސާލަން: ސައީދު
ބީއެމްއެލް އިން ނިންމީ މަޝްވަރާއާ ޚިލާފަށް: ސަރުކާރު
ފޮރިން އިންވެސްޓްމެންޓްގެ އާ ބިލެއް މަޖިލީހަށް