Roadha Mihaaru
ސްލޮޓް ލިވަޕޫލަށް ސޮއިކޮށްފި، "ޓެންހަގަށް ވުރެ މޮޅު"

ސްލޮޓް ލިވަޕޫލަށް ސޮއިކޮށްފި، "ޓެން ހަގަށް ވުރެ މޮޅުވާނެ"

21 މެއި 2024

ލިވަޕޫލް (މެއި 21) - ލިވަޕޫލްގެ އާ ކޯޗު، ނެދަލެންޑްސްގެ އާން ސްލޮޓް އެ ޓީމަށް ސޮއި ކޮށްފި އެވެ.

ލިވަޕޫލް (މެއި 21) - ލިވަޕޫލްގެ އާ ކޯޗު، ނެދަލެންޑްސްގެ އާން ސްލޮޓް އެ ޓީމަށް ސޮއި ކޮށްފި އެވެ.

މި ނިމުނު ސީޒަނަށް ފަހު ކޯޗު ޔާގަން ކްލޮޕް ވަނީ އެ ޓީމު ދޫކޮށްލައިފަ އެވެ. އޭނާގެ ބަދަލުގައި ހަމަޖެއްސި ސްލޮޓާ އެކު ސޮއި ކުރި ތިން އަހަރުގެ އެއްބަސްވުމެއްގަ އެވެ.

ފައިނޯޑްގެ ކުރީގެ ކޯޗުގެ ނަން، ލިވަޕޫލުން އިސް ކުރީ ސްޕޯޓިން ލިޒްބަންގެ ކޯޗު ރުބެން އަމޯރިމްއާ ވެސް ވާހަކަ ދެއްކުމަށް ފަހު އެވެ. އޭނާގެ މައްޗަށް އުމުރުން 45 އަހަރުގެ ސްލޮޓް އިސް ކުރީ ކުޅުންތެރިން މެނޭޖްކުރުމާއި ވަރުގަދަ އެޓޭކިން ފުޓްބޯޅައެއް ކުޅުމުގެ އިތުރަށް، ކްލޮޕް ފަދައިން މީޑީއާގައި ކުޅުންތެރިންނާއި ސަޕޯޓަރުން ގުޅުވައި ދިނުމުގައި ގެންގުޅޭ ޓެކްޓިކްތަކުގެ ސަބަބުންނެވެ.

ޓޯޓަލް ފުޓްބޯޅަ ޕްރިމިއާ ލީގުގައި އަލުން އިންދަން މަސައްކަތް ކުރި ނެދަލެންޑްސްގެ ކޯޗުންނަށް އުނދަގޫތަކާ ކުރިމަތިވި އެވެ. މެންޗެސްޓާ ޔުނައިޓެޑްގައި އެރިކް ޓެން ހަގަށް، ޓީމު މެނޭޖު ކުރުމުގައި ހުރި ގޮންޖެހުންތައް އެންމެ ގާތުން ބަލާނީ އެ ޓީމާ އެންމެ ވާދަވެރި ލިވަޕޫލްގެ ސަޕޯޓަރުނެވެ. ޓެން ހަގް ވެސް ޔުނައިޓެޑަށް ބަދަލުވީ އަޔެކްސާ އެކު އިރެޑިވީޒީ (ޑަޗު ލީގު) ގައި ކާމިޔާބު ހޯދުމަށް ފަހު އެވެ،

ސްލޮޓް ވެސް ވަނީ ފައިނޯޑާ އެކު އިރެޑިވީޒީ ކާމިޔާބުކޮށްފަ އެވެ. ޓެން ހަގަށް ދިމާވި ހެން، ޕްރިމިއާ ލީގުގައި ސްލޮޓަށް ދިމާ ނުވެދާނެތޯ ލިވަޕޫލްގެ ސަޕޯޓަރުން އުފައްދާ ސުވާލަށް ޖަވާބު ދިނީ ސްލޮޓަށް ކުރިން ކޯޗުކޮށްދިން ޔަން އޮޕްހޮފް އެވެ.

ސްލޮޓްގެ އުފަން ވިލެޖްގައި އޭނާ އަށް ކޯޗުކޮށް ދިން އޮޕްހޮފް، ޓެލެގްރާފް ނޫހަށް ދިން އިންޓަވިއުގައި ބުނީ ސްލޮޓް ތަފާތު ވާނެ ކަމަށެވެ.

"ޓެން ހާގަށް ވުރެ އާން މާ ތޫނުފިލި ވާނެ،" ސްލޮޓްގެ އުމުރުން ހަގު އިރު އޭނާ ތަމްރީނު ކުރި އަޕްހޮފް ބުންޏެވެ. "އޭނާ މާ ތަފާުތު ވާނެ."

ޔަން އޮޕްހޮފް: ސްލޮޓަށް ކުރިން ކޯޗުކޮށްދިން

ޔަން އޮޕްހޮފް: ސްލޮޓަށް ކުރިން ކޯޗުކޮށްދިން

ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި ބެޔާން މިޔުނިކާއި ރެއާލް މެޑްރިޑް، މިޔުނިކްގައި ކުޅުނު މެޗުގައި ބެޔާންގެ ޑިފެންޑަރު ކިމް މިން ޖޭ އަށް ހެދުނު ގޯސްތަކުން، ބެޔާން ކޮޅަށް ލަނޑު ވަނުމުން އެ ޓީމުގެ ކޯޗު ތޯމަސް ޓުޗެލް އޭނާއާ މުހާތަބު ކުރީ މީޑިއާ އަށް ފެންނަ ހިސާބުގައި ހުރެގެންނެވެ.

އެ މަންޒަރަށް އިޝާރާތްކޮށްފައި އަޕްހޮފް ބުނީ ސްލޮޓް ކުޅުންތެރިޔަކާ ދިމާލަށް އެއްޗެއް ބުނާނީ އެ ކުޅުންތެރިޔަކު ވަކި ގެންގޮސް ކަމަށެވެ.

"ބަލާ ތޯމަސް ޓުޗެލް ހެދި ގޮތް. އާން އެހެނެއް ނުހަދާނެ. "އާނޭ ދުވަހަކު ވެސް ކުޅުންތެރިޔަކަށް އެގޮތަކަށް ކަންތަކެއް ނުކުރާނެ. އޭނާ އެކަން ކުރާނީ ވަކިން ގެންގޮސް."