Roadha Mihaaru
ރާޅު އަރައި ހިތަދޫ ދެ ގެއެއްގެ ފާރު ވެއްޓިއްޖެ

ރާޅު އަރައި ހިތަދޫ ދެ ގެއެއްގެ ފާރު ވެއްޓިއްޖެ

19 މެއި 2024

އައްޑޫ، ހިތަދޫ ފުއްޓަރު ފަރާތުން ރާޅު އެރުމުގެ ސަބަބުން އެ ސަރަހައްދުގައި ހުރި ތިން ގެއަކަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

އައްޑޫ، ހިތަދޫ ފުއްޓަރު ފަރާތުން ރާޅު އެރުމުގެ ސަބަބުން އެ ސަރަހައްދުގައި ހުރި ތިން ގެއަކަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.

ހިތަދޫ ކައުންސިލް މެމްބަރު އިބްރާހީމް ޝިނާޒު ވިދާޅުވީ މިއަދު މެންދުރު ހިނގި އެ ހާދިސާގައި ވެއްޓުނީ އެ އަވަށު އީވްނިން ޕާކު އަދި އޯކަމް ވިލެޖު ނަމަކަށް ކިޔާ ދެ ގެއެއްގެ އިންފާރު ކަމަށެެވެ. އަދި އެ އަވަށު ހުޅުދޫއާގެ އަށް ވެސް ރާޅުގެ އަސަރު ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

ރާޅު އެރި ސަބަބެއް ކަމަށް ޝިނާޒް ވިދާޅުވީ ކުރީ ސަރުކާރުން ފެށި ހިތަދޫގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު، ހުއްޓިފައި އޮތުމުން ކަމަށެވެ.

"އެ މަސައްކަތް ކުރިއަށް ގެންދަނީ އެމްޓީސީސީއާ ހަވާލުކޮށްގެން. މަސައްކަތުގެ ވަރަށް ބޮޑުބައި މިހާރު ނިމިފައި ވަނީ. މަސައްކަތް ނިމިފައިވާ ސަރަހައްދުން އެއްވެސް ގެއަކަށް ގެއްލުމެއް ނުލިބޭ. ނުހަދާ އޮތް ސަރަހައްދުގައި ހުރި ގެތަކަށް މި ގެއްލުން ލިބުނީ،" އޭނާ ވިދާޅުވި އެވެ.

ހިތަދޫ ފުއްޓަރު ފަރާތުން ރާޅު އެރުމުގެ ސަބަބުން އެ ސަރަހައްދުގައި ހުރި ގެއެއްގެ އިންފާރު ވެއްޓިފައި.-- ފޮޓޯ: ކައުންސިލް

ހިތަދޫ ފުއްޓަރު ފަރާތުން ރާޅު އެރުމުގެ ސަބަބުން އެ ސަރަހައްދުގައި ހުރި ގެއެއްގެ އިންފާރު ވެއްޓިފައި.-- ފޮޓޯ: ކައުންސިލް

ރާޅު އަރާ މައްސަލައަށް ވަގުތީ ހައްލެއް ހޯދުމަށް އެމްޓީސީސީއާ ވާހަކަދައްކަމުން އަންނަ ކަމަށް ވެސް ޝިނާޒް ވިދާޅުވި އެވެ.

"ހަމަ ދެންމެ، މީގެ ކުޑައިރުކޮޅެއް ކުރިން ކޮންސްޓްރަކްޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއް ގުޅާފައި ވިދާޅުވީ އައްޑޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ ޕްރޮޖެކްޓް ކުރިއަށް ގެންދަން މިހާރު އެމްޓީސީސީއަށް ލިޔުމުން އަންގައިފީމޭ. އެހެންވެ އެ މަސައްކަތް ކުރިއަށް ގެންދިއުން ފަށާނެ ވަރަށް އަވަހަށް،" އޭނާ ވިދާޅުވި އެވެ.

ހިތަދޫ ފުއްޓަރު ފަރާތުން ރާޅު އެރުމުގެ ސަބަބުން އެ ސަރަހައްދުގައި ހުރި ގެއެއްގެ އިންފާރު ވެއްޓިފައި.-- ފޮޓޯ: ކައުންސިލް

ހިތަދޫ ފުއްޓަރު ފަރާތުން ރާޅު އެރުމުގެ ސަބަބުން އެ ސަރަހައްދުގައި ހުރި ގެއެއްގެ އިންފާރު ވެއްޓިފައި.-- ފޮޓޯ: ކައުންސިލް

ހިތަދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ދަށުން 6891 ކިއުބިކް މީޓަރުގެ ވެލި ގޮނޑުދޮށަށް އެޅުމާއި، 975 ކިއުބިކް މީޓަރުގެ ފަތާ ސަރަހައްދު ފުންކުރުމާއި، 100 މީޓަރުގެ ބޭރުތޮށި ލުމާއި، 570 މީޓަރުގެ ސަރަޙައްދެއްގައި ޖިއޯޓިއުބް ސްޓްރަކްޗާ ޖެހުމުގެ މަސައްކަތް ހިމެނެ އެވެ.

ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ އެ މަޝްރޫއަކީ 11.64 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.