Roadha Mihaaru
3މީހުންނާ އެކު ދަތުރުކުރި ދޯންޏެއް ގެއްލިގެން ހޯދަނީ

ތިން މީހުންނާ އެކު ދަތުރުކުރި ދޯންޏެއް ގެއްލިގެން ހޯދަނީ

18 މެއި 2024

ކ. ތިލަފުށިން ފުރައިގެން މ. މެދުފުށި އައިލެންޑް ރިސޯޓަށް ދަތުރުކުރަމުންދިޔަ "އޭއޭއޭ-37" ނަމަކަށް މުދާ އުފުލާ ދޯންޏެއްގެ ހަބަރެއް ނުވެގެން ދޯނި ހޯދުމުގެ މަސައްކަތް އެމްއެންޑީއެފުން ފަށައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ކ. ތިލަފުށިން ފުރައިގެން މ. މެދުފުށި އައިލެންޑް ރިސޯޓަށް ދަތުރުކުރަމުންދިޔަ "އޭއޭއޭ-37" ނަމަކަށް މުދާ އުފުލާ ދޯންޏެއްގެ ހަބަރެއް ނުވެގެން ދޯނި ހޯދުމުގެ މަސައްކަތް އެމްއެންޑީއެފުން ފަށައިފި އެވެ.

އެމްއެންޑީއެފުން ބުނީ ތިން މީހުންނާ އެކު ދަތުރުކުރިއިރު އެ ދޯންޏަކީ އިއްޔެ ހެނދުނު ހައެއް ޖެހިއިރު ތިލަފުށިން ފުރި ދޯންޏެއް ކަމަށެވެ. ދޯނީގެ ހަބަރެއް ނުވެގެން އެކަމުގެ ރިޕޯޓު ކޮށްފައި ވަނީ އިއްޔެ ހަވީރު 17:15 ހާއިރެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި އެ ދޯނި ހޯދުމުގެ މަސައްކަތް ކުރަނީ ކޯސްޓްގާޑް ޝިފް ޝަހީދު އަލީ އެވެ.

އެ ދޯންޏާ ގުޅޭ މައުލޫމާތެއް ލިބިއްޖެ ނަމަ، އެކަން އެމްއެންޑީއެފަށް އެންގުމަށް ވެސް ވަނީ އެދިފަ އެވެ.

ދޯންޏެއް ގެއްލިގެން ހޯދަމުން އަންނައިރު ހުޅަނގު މޫސުން ފެށި، ރާއްޖޭގެ މޫސުން ވަރަށް ގޯހެވެ. މިހާރު ވެސް އޮތީ ބ. އަތޮޅުން ފެށިގެން އައްޑޫއަށް ޔެލޯ އެލާޓް ނެރެފަ އެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކުރާ ގޮތުގައި ވިލާގަނޑުގައި 50 މޭލަށް ވައިގަދަވާނެ އެވެ. އަދި ކަނޑުތައް ވެސް ގަދަވާނެ ކަމަށް ލަފާކުރެ އެވެ.