Roadha Mihaaru
ރާއްޖެއިން ޔޫކޭގެ ފައިނޭންސިން ދާއިރާގެ އެހީ ހޯދަނީ

ރާއްޖެ އިން އިނގިރޭސި ވިލާތުގެ ފައިނޭންސިން ދާއިރާގެ އެހީ ހޯދަނީ

16 މެއި 2024

އިނގިރޭސި ވިލާތުގެ މާލީ ދާއިރާގެ ތަޖުރިބާއާ އެކު، ރާއްޖޭގެ މާލީ ދާއިރާ ފުޅާކުރުމަށްޓަކާއި އެ ގައުމުގެ ޓްރޭޑް މިނިސްޓްރީގެ އިސްވެރިންނާ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އިއްޔެ ބައްދަލުކުރައްވައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

އިނގިރޭސި ވިލާތުގެ މާލީ ދާއިރާގެ ތަޖުރިބާއާ އެކު، ރާއްޖޭގެ މާލީ ދާއިރާ ފުޅާކުރުމަށްޓަކާއި އެ ގައުމުގެ ޓްރޭޑް މިނިސްޓްރީގެ އިސްވެރިންނާ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އިއްޔެ ބައްދަލުކުރައްވައިފި އެވެ.

އިނގިރޭސި ވިލާތަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގައި މިނިސްޓަރު ސައީދު ބައްދަލުކުރެއްވީ އެ ގައުމުގެ ސްޓޭޓް އޮފް ޓްރޭޑް މިނިސްޓަރު ގްރެގް ހޭންޑްއާ އެވެ.

މި ދަތުރުގައި މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސް އޮތޯރިޓީ (މިފްޒާ) ގެ ޗެއާޕާސަން އަބްދުﷲ ޖިހާދު ބައިވެރިވެވަޑައިގަންނަވަ އެވެ.

މިފްޒާ އަކީ ރާއްޖޭގައި ޑިވެލޮޕްމަންޓް ބޭންކެއް ގާއިމްކުރުމަށްޓަކައި ރައީސް ޑރ. މުހައްމަދު މުއިއްޒު މި އަހަރު ތެރޭގައި އުފައްދަން ނިންމެވި އިދާރާއެކެވެ.

ދެ ދުވަހުގެ މި ދަތުރުގައި އިނގިރޭސި ވިލާތުގެ މާލީ ދާއިރާގައި އިސްކޮށް ހަރަކާތްތެރިވާ ކުންފުނިތަކާ ސައީދު ބައްދަލުކުރައްވަން ވަނީ ނިންމަވައިފަ އެވެ. ރާއްޖޭގެ ފައިނޭންޝަލް މާކެޓު ފުޅާކުރުމުގައި އިނގިރޭސި ވިލާުތުގެ އެހީތެރިކަން ލިބޭނެ ގޮތްތައް ހޯދާނެ ކަމަށް ވެސް އިކޮނޮމިކް މިނިސްޓްރީން ބުނެފައި ވެ އެވެ.

އިނގިރޭސި ވިލާތަކީ އެންމެ ފުޅާދާއިރާއެއްގައި މާލީ ސެކްޓަރު ހިންގަމުން އަންނަ ގައުމެވެ. އެ ގައުމުގެ މާލީ ދާއިރާގައި ދެމުން އަންނަނީ އެންމެ ޒަމާނީ، އީޖާދީ ހިދުމަތްތަކެވެ.