13 މެއި 2024
ސިފައިންނަށް ދޫކޮށްފައިވާ ބަނޑޭރިކޮށީގެ އެޕާޓްމަންޓެއްގައި މަރުވެފައި އޮއްވައި މިއަދު ހަވީރު ފެނުނު ދިވެހި ޒުވާނާގެ ހަށިގަނޑުގެ އޮޓޮޕްސީ ހަދަން ފުލުހުން ނިންމައިފި އެވެ.
ސިފައިންނަށް ދޫކޮށްފައިވާ ބަނޑޭރިކޮށީގެ އެޕާޓްމަންޓެއްގައި މަރުވެފައި އޮއްވައި މިއަދު ހަވީރު ފެނުނު ދިވެހި ޒުވާނާގެ ހަށިގަނޑުގެ އޮޓޮޕްސީ ހަދަން ފުލުހުން ނިންމައިފި އެވެ.
އުމުރުން 30 އަހަރުގެ އެ ފިރިހެންމީހާގެ މަރުގެ މައްސަލައިގެ ތަހުގީގު އިތުރަށް ކުރިއަށް ގެންދިއުމަށްޓަކައި ހަށިގަނޑުގެ އޮޓޮޕްސީ ހަދަން ނިންމީ ކަމަށް ފުލުހުން މިރޭ ބުންޏެވެ.
އެ ޒުވާނާ މަރުވެފައި އޮއްވައި ފެނުނީ ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ބަނޑޭރިކޮށީގެ އެ އެޕާޓުމަންޓް މިއަދު ހަވީރު ބަލައި ފާސްކުރުމުންނެވެ.
އެ މަރާ ގުޅޭ ގިނަ މައުލޫމާތުތައް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ. އެއީ ކާކު ކަމާއި އެޕާޓްމަންޓު ބަލައި ފާސްކުރަން ޖެހުނު ސަބަބު ވެސް ފުލުހުން ނުބުނެ އެވެ.
އެކަމަކު "މިހާރު" އަށް އެނގިފައިވާ ގޮތުގައި އެ ޒުވާނާގެ ހަށިގަނޑު ފެނުނީ މީހުން ދިރިނޫޅޭ އެޕާޓްމަންޓަކުންނެވެ.
އާންމު ގޮތެއްގައި މިފަދަ މަރުތަކުގައި އޮޓޮޕްސީ ހަދަނީ ފުލުހުންނަށް ޝައްކު ކުރެވޭ ކަންތައްތަކެއް ހުރުމުންނެވެ.
ބަނޑޭރިކޮށިން ފެނުނު ހަށިގަނޑު އިންޑިއާ އަށް
ބީކޭ އެޕާޓްމަންޓަކުން މަރުވެފައި އޮތް މީހަކު ފެނިއްޖެ
ހުޅުމާލޭގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ
މަރުވެފައި އޮއްވާ ފެނުނީ ޖަލުން ދޫކޮށްލި މީހެއް
ގެއެއްގައި މަރުވެ، ކުނިވެފައި އޮތް މީހަކު ފެނިއްޖެ
މަރުވެފައި އޮތީ ބިންލާދިން ގްރޫޕްގެ ޗައިނާ މުވައްޒަފެއް
ރަޝީދުގެ ޕޯސްޓްމޯޓަމް ހަދަން މިރޭ ފަތިހު ފުރުވައިލަނީ
މަރުވެފައި އޮތް މީހަކު މާލޭ ފަޅުތެރެއިން ފެނިއްޖެ
ރަސްފަންނަށް ދިޔަ މީހުންގެ އެހީ ފުލުހުން ބޭނުންވެއްޖެ
މަރުވެފައި އޮތް މީހެއް ތިލަފުށީ ކައިރިން ފެނިއްޖެ