Roadha Mihaaru
އެންމެ ގިނައިން މަސް ބޭރުކުރި 10 ފަރާތެއް ހޮވައިފި

ޓާކިޝް އެއާލައިން މެދުވެރިކޮށް މިދިޔަ އަހަރު އެންމެ ގިނައިން މަސް ބޭރުކުރި 10 ފަރާތެއް ހޮވައިފި

20 ފެބުރުއަރީ 2017

ޓާކިޝް އެއާލައިން މެދުވެރިކޮށް މިދިޔަ އަހަރު އެންމެ ގިނަ މަސް އެކްސްޕޯޓްކުރި 10 ފަރާތެއް މިރޭ ހޮވައިފި އެވެ.

ޓާކިޝް އެއާލައިން މެދުވެރިކޮށް މިދިޔަ އަހަރު އެންމެ ގިނަ މަސް އެކްސްޕޯޓްކުރި 10 ފަރާތެއް މިރޭ ހޮވައިފި އެވެ.

ޝެރެޓަން މޯލްޑިވްސް ފުލްމޫން ރިސޯޓުގައި ބޭއްވި ހާއްސަ ހަފުލާއެއްގައި އެވޯޑާއި ސެޓްފިކެޓް ހަވާލުކޮށްދެއްވީ ޓާކިޝް ކާގޯ އޭޝިއާ ފެސިފިކް ރީޖަނަލް ޑިރެކްޓަރު ހުސެން ޝޭހާން އާއި ސީނިއާ ވައިސް ޕްރެޒިޑެންޓް ޝެރިފް ކަޒެންސީ އެވެ.

ޓާކިޝް ކާގޯ މެދުވެރިކޮށް މިދިޔަ އަހަރު އެންމެ ގިނަ މަސް އެކްސްޕޯޓްކުރި ކުންފުނިތަކަށް އެވޯޑް ދިނުމަށް ޝެރެޓަން މޯލްޑިވްސްގައި މިރޭ ބޭއްވި ހަފުލާގެ ތެރެއިން.--ފޮޓޯ: ޓާކިޝް އެއާލައިން

ޓާކިޝް ކާގޯ މެދުވެރިކޮށް މިދިޔަ އަހަރު އެންމެ ގިނަ މަސް އެކްސްޕޯޓްކުރި ކުންފުނިތަކަށް އެވޯޑް ދިނުމަށް ޝެރެޓަން މޯލްޑިވްސްގައި މިރޭ ބޭއްވި ހަފުލާގެ ތެރެއިން.--ފޮޓޯ: ޓާކިޝް އެއާލައިން

މިދިޔަ އަހަރު އެންމެ ގިނައިން މަސް އެކްސްޕޯޓްކޮށްގެން އެވޯޑާއި ސެޓްފިކެޓް ލިބުނީ އެންސިސް ފިޝަރީޒް، ބިގް ފިޝް، ޔޫރޯ ގްލޯބަލް މޯލްޑިވްސް، މިފްކޯ، ބްލޫ ސޯލްޓް ވޯޓާ، އޯޝަން ފްރެޝް، މޯލްޑިވްސް މެރިން ޕްރޮޑަކްޓް، ސީޕްރިއާ މެރިން، އޯޝަން ހަންޓާ އަދި އެޓޯލް ޓޫނާއަށެވެ.

އެންމެ ގިނަ ކާގޯ ފޮނުވި ފަރާތްތައް ހޮވައި، ސެޓްފިކެޓް ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޓާކިޝް އެއާލައިންގެ ރީޖަނަލް ޑިރެކްޓަރު ވިދާޅުވީ ރާއްޖެ އިން އެކްސްޕޯޓްކުރާ މަހުގެ އަދަދު މިދިޔަ އަހަރު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ.

ތުރުކީގެ އިސްތަންބޫލް އިން ރާއްޖެ އަށް ދުވާލަކު އެއް ދަތުރުކުރާ އެއާލައިނުން މި ދަތުރުތައް ފެށީ ނޮވެމްބަރު 25، 2012ގަ އެވެ. އެ އެއާލައިންގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު ރާއްޖެ އިން 2،000 ޓަނުގެ ކަންނެލި އެކްސްޕޯޓްކޮށްފައިވެ އެވެ. ރާއްޖެއިން އެކްސްޕޯޓް މަހުގެ 14 ޕަސެންޓް ހިއްސާކުރެ އެވެ.

ޓާކިޝް އެއާލައިންގެ ރީޖަނަލް ޑިރެކްޓަރު ހުސެން ޝޭހާން މިރޭގެ ހަފުލާގައި ވާހަކަ ދައްކަވަނީ.---ފޮޓޯ: ޓާކިޝް އެއާލައިން

ޓާކިޝް އެއާލައިންގެ ރީޖަނަލް ޑިރެކްޓަރު ހުސެން ޝޭހާން މިރޭގެ ހަފުލާގައި ވާހަކަ ދައްކަވަނީ.---ފޮޓޯ: ޓާކިޝް އެއާލައިން

"އަޅުގަނޑު އުއްމީދުކުރަނީ މިދިޔަ އަހަރެކޭ އެއްގޮތަށް މި އަހަރު ވެސް ތިޔަ ފަރާތްތަކުގެ އެއްބާރުލުން ލިބޭނެ ކަމަށް. މިހާރު ވެސް ރާއްޖެ އިން ޔޫރަޕަށާއި އެހެނިހެން ސަރަހައްދުތަކަށް އެކްސްޕޯޓްކުރާ މަހާއި މަހުގެ އުފެއްދުންތައް އެންމެ ގިނަ އަދަދަކަށް ގެންގޮސްދޭ އެއް އެއާލައިނަކީ މި އެއާލައިން،" ހުސެއިން ވިދާޅުވި އެވެ.

ޓާކިޝް އެއާލައިންގެ ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު 477 ޓަނުގެ މުދާ ތުރުކީން ރާއްޖެ އިމްޕޯޓްކޮށްފައިވެ އެވެ. އަދި އޭގެ ކުރީ އަހަރު އިމްޕޯޓްކޮށްފައި ވަނީ 41 ޓަނުގެ މުދާ އެތެރެކޮށްފައިވެ އެވެ.

ސްކައިޓްރެކްސް ވޯލްޑް އެއާލައިނުން ހޮވާ ޔޫރަޕްގެ އެންމެ މޮޅު އެއާލައިންގެ މަގާމު ފާއިތުވި ހަ އަހަރު ހޯދާފައިވާ އެއާލައިނުން ދުނިޔޭގެ 117 ގައުމެއްގެ 296 މަންޒިލަކަށް ދަތުރުކުރެ އެވެ.