29 އެޕްރީލް 2024
ނޫސްވެރިންގެ ބައްދަލުވުންތަކުގައި ބައިވެރިވާ ނޫސްވެރިންނަށް ރައީސް އޮފީހަށް ފޯނު ވެއްދުން މަނާކުރި މައްސަލައިގައި ކަން ހިނގި ގޮތް ރައީސް އޮފީހުން ގަސްދުގައި އޮޅުވާލި ކަމަށް ބުނެ މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން އެކަން ކުށްވެރިކޮށްފި އެވެ.
ނޫސްވެރިންގެ ބައްދަލުވުންތަކުގައި ބައިވެރިވާ ނޫސްވެރިންނަށް ރައީސް އޮފީހަށް ފޯނު ވެއްދުން މަނާކުރި މައްސަލައިގައި ކަން ހިނގި ގޮތް ރައީސް އޮފީހުން ގަސްދުގައި އޮޅުވާލި ކަމަށް ބުނެ މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން އެކަން ކުށްވެރިކޮށްފި އެވެ.
މިނިސްޓަރުން އިސްތިސްނާވާ ގޮތަށް، ރައީސް އޮފީހުގެ ބައްދަލުވުންތަކަށް ބޭރުންދާ މީހުންގެ މޯބައިލް ފޯނު، އެ އޮފީހަށް ވެއްދުން ކުރިން މަނާކޮށްފައި އޮތަސް ނޫސްވެރިންނަށް ވެސް ފޯނު ނުވެއްދޭނެ ކަމަށް އެންގީ އިއްޔެ އޮތް ނޫސްވެރިންގެ ބައްދަލުވުމަށް ދިޔަ ފަހުންނެވެ. އެހެންވެ، ކުރިން އެކަން ނޫސްވެރިންނަށް ނޭންގި އޮތުމުން އިއްޔެ ފޯނު ވައްދަން ހުއްދަ ދިނެވެ.
އެކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ފާޑުކިޔުން ބޮޑުވެފައި ވަނިކޮށް ރައީސް އޮފީހުން ވަނީ ނޫސްވެރިންނަށް ފޯނު ވެއްދުން މަނާކުރި ކަމަށް ބުނެ ފަތުރަނީ ދޮގު ހަބަރެއް ކަމަށް ބުނެފަ އެވެ. އަދި ނޫސްވެރިން ފޯނު ހިފައިގެން ތިބި ފޮޓޯތައް ވެސް އާންމުކުރި އެވެ.
އެކަމާ ގުޅިގެން ކަންބޮޑުވުންފާޅުކޮށް އެމްޖޭއޭ އިން ނެރުނު ބަޔާނެއްގައި ބުނީ ގިނަ އަދަދެއްގެ ނޫސްވެރިން ތިބި ތަނެއްގައި ކަމުގެ ހަގީގަތް އޮޅުވާލުމަށް ރައީސް އޮފީހުން މަސައްކަތްކުރީ ކަމަށާއި އެހެންވެ އެކަން ކުށްވެރިކުރާ ކަމަށެވެ.
"ގިނަ އަދަދެއްގެ ނޫސްވެރިން ތިބި ތަނެއްގައި ހިނގައިދިޔަ ކަމެއްގެ ހަގީގަތް ގަސްދުގައި އޮޅުވާލައި ނޫސްތަކުން ރިޕޯޓުކުރި ވާހަކަތަކުގެ އަސްލު އޮޅުވާލަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކުރި މަސައްކަތް އެމްޖޭއޭ އިން ކުށްވެރިކުރަމެވެ،" ބަޔާނުގައިވެ އެވެ.
އެމްޖޭއޭ އިން ބުނީ ނޫސްވެރިންގެ ބައްދަލުވުމުގެ ކުރިން ހިނގި ކަންކަން ގަސްތުގައި އޮޅުވާލައި އާންމުންނަށް ހަގީގަތް އޮޅޭ ގޮތަށް ރައީސް އޮފީހުން ޝާއިއުކޮށްފައިވާ ކޮމެންޓްތަކާ ހެދި ނޫސްވެރިން ވަނީ އިންތިހާއަށް ނުތަނަވަސްވެފައި ކަމަށެވެ.
އެ ބަޔާނުގައި ބުނީ ނޫސްވެރިންނަށް ފޯނު ނުވެއްދޭނެ ކަމަށް އިއްޔެ އެންގީ ބައްދަލުވުމަށް ދިޔަ ފަހުން ކަމަށާއި އެކަން ދުރާލައި އަންގާފައި ނެތުމުން މަސައްކަތަށް ހުރަސް އެޅޭ ކަމަށް ބުނެ ނޫސްވެރިން އިހުތިޖާޖުކުރި ކަމަށެވެ. އަދި އިއްޔެގެ ބައްދަލުވުމަށް ފޯނު ވެއްދޭނެ އިންތިޒާމު ހަމަޖައްސާފައިވަނީ އިހުތިޖާޖުކުރުމުން ކަމަށް ވެސް އެމްޖޭއޭ އިން ބުންޏެވެ.
"ނަމަވެސް ނޫސްވެރިންނަށް އަންގާފައި ވަނީ ދެން މީގެ ފަހުން ކުރިއަށް ހުރި ނޫސްވެރިންގެ ބައްދަލުވުންތަކަށް ފޯނު ނުވެއްދޭނެ ކަމަށެވެ،" އެމްޖޭއޭ އިން ބުންޏެވެ.
އެމްޖޭއޭ އިން ބުނި ގޮތުގައި އެކަން ހިނގައިދިޔަ ގޮތް ކިޔައިދީފައި ވަނީ ބައްދަލުވުމަށް ދިޔަ ނޫސްވެރިންނެވެ. އެކަން ޔަގީންކުރުމުގެ ގޮތުން ތަފާތު އަށް މީޑިއާއެއްގެ ނޫސްވެރިންނާ ވާހަކަ ދެއްކި ކަމަށް ބުންޏެވެ.
ރައީސް އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރު އިބްރާހިމް ހަލީލް އިއްޔެ ވިދާޅުވީ އެ އޮފީހަށް ފޯނު ވެއްދުން ސެކިއުރިޓީ ޕްރޮޓޮކޯލެއްގެ ދަށުން މަނާކޮށްގެން އަމަލުކުރަން ފެށިތާ ދެ މަހަށް ވުރެ ގިނަ ދުވަސްވެފައިވާ ކަމަށެވެ.
މީޑިއާ ކޮމިޝަންގެ ބިލް އަނބުރާ ގެންދަން ގޮވާލައިފި
ނޫސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދޭނަން:އޭޖީ
މީޑިއާތައް ބޭނުންވާ ނަމަ އެމްއެމްސީ/ބްރޯޑްކޮމް އުވާލަނީ
މީޑިއާ ކޮމިޝަންގެ ބިލާ މެދު އައިއެފްޖޭގެ ކަންބޮޑުވުން
ފޮރުވިގެން ހިންގާ ވެބްސައިޓުތަކަށް ހަލީލްގެ ފާޑުކިޔުން!
ހެއްކާ ބެހޭ ގާނޫނު އިސްލާހުކުރަން މަސައްކަތްކޮށްދޭނަން"
"މީޑިއާގެ މިނިވަންކަން ކަށަވަރުކުރަން ހެޔޮ ނިޔަތެއް ނެތް"
މަސްދަރު ހާމަކުރެވޭ ގޮތަށް ބިލް ފާސްނުކުރަން އެދިއްޖެ
ނޫސްވެރިންގެ ކޮންގްރެސްގައި އެމްޖޭއޭއިން އަޑުއުފުލައިފި
"މިހާރު" އަށް އޮތް ބިރުވެރިކަމާ މެދު ކަންބޮޑުވޭ!