Roadha Mihaaru
އެމެރީ ވާނީ ފާގަސަނަށްތަ، ކޮންޓްރެކްޓް އާ ކޮށްފި

އެމެރީއަކީ އެސްޓަން ވިލާގެ ފާގަސަނަށް ވެދާނެ، ކޮންޓްރެކްޓް އާ ކޮށްފި

24 އެޕްރީލް 2024

ބާމިންހަމް (އޭޕްރީލް 24) – އެސްޓަން ވިލާގެ ކޯޗު އުނައި އެމެރީ އިތުރު ތިން ސީޒަނަށް ކްލަބްގައި މަޑުކުރަން އެއްބަސްވެއްޖެ އެވެ.

ބާމިންހަމް (އޭޕްރީލް 24) – އެސްޓަން ވިލާގެ ކޯޗު އުނައި އެމެރީ އިތުރު ތިން ސީޒަނަށް ކްލަބްގައި މަޑުކުރަން އެއްބަސްވެއްޖެ އެވެ.

އެމެރީ އާ ކޮންޓްރެކްޓެއް ދޭން، ވިލާގެ ވެރިން، ނަސީފް ސަވިރިސް އާއި ވޭސް އެޑެންސް ނިންމި ސަބަބަކީ މިދިޔަ 18 މަސް ދުވަހު އެމެރީ ކުރި މަސައްކަތެވެ.

ލީގުގައި ބާކީ ހަތަރު މެޗު އޮތް އިރު އެ ޓީމު އޮތީ ހަތަރުވަނައިގަ އެވެ. ޗެމްޕިއަންސް ލީގުގެ ޖާގަ އެއް ކަށަވަރުވުމާ ކައިރީގައި އޮތް ވިލާ އަކީ، މިފަހަރުގެ ޔޫއޭފާ ކޮންފަރެންސް ލީގުގެ ފޭވަރިޓްކަމަށް ތަޖުރިބާކާރުން ބުނެ އެވެ.

ހަވާލުވި އިރު، ރެލިގޭޝަނުގެ ބިރު އޮތް ކްލަބް ކޮޅަށް ނެގުމަށް ކުރި މަސައްކަތާ އެކު އެ ކްލަބްގައި އޭނާގެ އަމިއްލަ ލެގަސީއެއް އުފެއްދުމުގެ ފުރުސަތު އެ ކްލަބްގ ވެރިން ދޭނެ ކަމަށް ބެލެވެ އެވެ.

ޔޫއެފާ ޗެމްޕިއަންސް ލީގު ކުރިން ކާމިޔާބު ކުރި ޓީމުގައި އެމެރީ އިތުރު ތިން އަހަރަށް މަޑުކުރުމުން، އިނގިރޭސި ފުޓްބޯޅަ ލިޔުންތެރިޔާ ޖޯން ޕާސީ ލިޔެފައިވަނީ ވިލާގައި ފާގަސަން އަށް އެމެރީ ވެދާނެ ކަމަށެވެ.

މެންޗެސްޓާ ޔުނައިޓެޑްގައި 27 އަހަރު ހޭދަ ކުރި އެލެކްސް ފާގަސަންގެ ކާމިޔާބު އެހެން ކޯޗަކަށް ހަމަ ނުކުރެވިދާނެ އެވެ. އެކަމަކު އެހެން ކްލަބެއްގައި އެފަދަ ލެގަސީއެއް އުފެއްދިދާނެ އެވެ.

ޕާސީ ލިޔެފައިވާ ގޮތުގައި ފާގަސަން ގެނައުމުގެ ބަދަލުގައި ވިލާއިން އެމެރީ އަށް ފާގަސަންގެ މޮޑޮލް ކޮޕީ ކުރަން ފުރުސަތު ދޭނީ އޭނާގެ ޓެކްނިކަލް މަސައްކަތް ރަނގަޅުވުމުންނެވެ.

ފުޓްބޯޅަ އޮޕަރޭޝަންގެ ހެޑް މޮންޗީ އާއި ފޑިރެކްޓަރު ޑޭމިއަން ވިޑާގަނީ އާ އެކު، އެމެރީ ކުރާ މަސައްކަތް ކާމިޔާބެވެ. ނަތީޖާ އަކީ އޭނާ އަށް އާސެނަލުން ނުދޭ ބާރުތައް ވިލާއިން ދީފައި ވުމެވެ.