Roadha Mihaaru
ޖަރުމަނުގެ ރޭހުން ހަތަރުވަނަ ހޯދައި ޝަމްހާއަށް ރެކޯޑެއް

ޖަރުމަނުގެ ރޭހުން ހަތަރުވަނަ ހޯދައި ޝަމްހާ އަށް ރެކޯޑެއް

18 އެޕްރީލް 2024

ޖަރުމަނުގެ ބޭއްވި 5000 މީޓަރުގެ ރޭހުން ހަތަރުވަނަ ހޯދައި، ޝަމްހާ އަހްމަދު ރާއްޖޭގެ ރެކޯޑް މުގުރާލައިފި އެވެ.

ޖަރުމަނުގެ ބޭއްވި 5000 މީޓަރުގެ ރޭހުން ހަތަރުވަނަ ހޯދައި، ޝަމްހާ އަހްމަދު ރާއްޖޭގެ ރެކޯޑް މުގުރާލައިފި އެވެ.

ޖަރުމަނުގެ ފްރެފްރަތު ރެއިލްވޭ އޯޕަން 5000 މީޓަރުގެ ރޭސް، ރޭ ޝަމްހާ ނިންމީ 19 މިނެޓާއި 42.45 ސިކުންތުންނެވެ.

ކުރިން އެ ރެކޯޑް އޮންނަނީ އާމިނަތު ޖައިޝާ ޖުނީޒް އަތުގަ އެވެ. ސެޕްޓެމްބަރު 2022 ގައި ބޭއްވި ގައުމީ މުބާރާތުގައި ދުވެ، ޖައިޝާ އެ ރެކޯޑް ހެދީ 19 މިނެޓާއި 43.09 ސިކުންތުންނެވެ.

ރޭ ހުގައި ޝަމްހާ ވަނީ އޭނާގެ ވާދަކުރި އުމުރުފުރާއިން ދެވަނަ ހޯދައިފަ އެވެ. ހަތަރު ވަނައިގައި އުމުރުން 41 އަހަރުގެ ޝަމްހާ، ރޭސް ނިންމި އިރު އޭނާ ވާދަ ކުރީ އޭނާއަށް ވުރެ އުމުރުން ހަގު ދުވުންތެރިންނާ ދެކޮޅަށެވެ.

ރާއްޖޭގެ 3000 މިޓަރުގެ ރެކޯޑަށް ވުރެ އަހަށް، ރޭ ގެ ރޭހުގައި އޭނާ ވަނީ 3000 މީޓަރު ކަޑަތުކޮށްފަ އެވެ. އަންހެނުންގެ 3000 މީޓަރުގެ ޓައިމިންއަކީ ގާތްގަނޑަކަށް 12 މިނެޓެވެ. އެ ރާސްތާ ޝަމްހާ ކަޑަތު ކުރީ 10 މިނެޓާއި 58 ސިކުންތުންނެވެ.

ޝަމްހާ ބުނީ، އަންނަ ހޮނިހިރު ދުވަހު ޖަރުމަނުގައި ބާއްވާ 10،000 މީޓަރުގެ ރޭހުގައި ވެސް އޭނާ ވާދަ ކުރާނެ ކަމަށެވެ.

"އުންމީދަކީ 10،000 މީޓަރުގެ ރެކޯޑް ވެސް މުގުރާލުން،" ޝަމްހާ ބުންޏެވެ.

ޝަމްހާގެ ކޯޗު، މެރަތަން ދުވުންތެރިޔާ ނަސްރުﷲ އަހްމަދު (ނަސްރު) ބުނީ ޝަމްހާ މިހާރު ހުރި ފެންވަރުގައި 10،000 މީޓަރުގެ ރެކޯޑް ވެސް އޭނާ މުގުރާލާނެ ކަމަށެވެ.

"ރެކޯޑް ހެދިޔަސް އަދި އެއީ ހިތްހަމަޖެހޭ މިންވަރެއް ނޫން. ދެކުނު އޭޝިއާގެ އެތުލީޓުންގެ ޓައިމްގެ ތެރެއަށް ވަދެވުނީމަ ހިތްހަމަޖެހިލެވެން އޮތީ ވެސް،" ނަސްރު ބުންޏެވެ.

"[އެތުލެޓިކްސް] އެސޯސިއޭޝަންގެ އެއްބާރުލުން ލިބިއްޖެއްޔާ ނުކުރެވޭނެ ކަމެއް ނޫން އެއީކީ."

ރާއްޖޭގެ މެރަތަން އަދި ހާފް މެރަތަންގެ ރެކޯޑް ވެސް މިހާރު އޮންނަނީ ޝަމްހާ އަތުގަ އެވެ.