Roadha Mihaaru
ބާސާއިން ގޮތްނިންމައިފި، ކޯޗުކަން ދޭނީ ރަފާ މާކުއޭޒަށް

ބާސާއިން ގޮތް ނިންމައިފި، ކޯޗުކަން ދޭނީ ޒުވާން ޓީމުގެ ކޯޗު ރަފާ މާކުއޭޒަށް

15 އެޕްރީލް 2024

ބާސެލޯނާ (އޭޕްރީލް 15) – މި ސީޒަނަށް ފަހު ޒަވީ ހެނާންޑޭޒް ބާސެލޯނާގެ ކޯޗުކަން ދޫކޮށްލުމުން، އެ ކްލަބްގެ ޒުވާން ޓީމުގެ ކޯޗު ރަފާ މާކުއޭޒަށް މަގާމު ދޭން ނިންމައިފި އެވެ.

ބާސެލޯނާ (އޭޕްރީލް 15) – މި ސީޒަނަށް ފަހު ޒަވީ ހެނާންޑޭޒް ބާސެލޯނާގެ ކޯޗުކަން ދޫކޮށްލުމުން، އެ ކްލަބްގެ ޒުވާން ޓީމުގެ ކޯޗު ރަފާ މާކުއޭޒަށް މަގާމު ދޭން ނިންމައިފި އެވެ.

ބާސާގެ ކޯޗުކަން، މި ސީޒަނަށް ފަހު ދޫކޮށްލާނެކަން ޒަވީ އިއުލާން ކުރީ މިދިޔަ ޖެނުއަރީ މަހު އެވެ. އޭގެ ފަހުން ބާސާއިން ވަނީ ބައެއް އެހެން ކޯޗުންނާ އެކު ވާހަކަތައް ކުރިއަށް ގެންދިޔަ އެވެ.

ޖަރުމަނުގެ ގައުމީ ޓީމާއި ބެޔާން މިޔުނިކްގެ ކުރީގެ ކޯޗު ހެންސީ ފްލިކް އަދި ބްރައިޓަން ހޯވްއެލްބިއޯންގެ ކޯޗު ރޮބާޓޯ ޑި ޒާބީއާ ބާސާއިން ވާހަކަތައް ކުރިއަށް ދިޔަ އެވެ.

އެއްވެސް ވަޒީފާއެއްގައި ނެތް ފްލިކްއާ އެކު ކުރިއަށް ގެންދިޔަ ވާހަކަތައް ރަނގަޅު މަރުހަލާއަކަށް ވެސް ދިޔަ އެވެ. އެކަމަކު ޑި ޒާބީގެ ވިސްނުން ބާސާއިން ދޫކޮށްލީ އޭނާ ގެންދާނަމަ، ޓްރާންސްފާ ފީ އެއް ދައްކަން ޖެހޭތީ އެވެ. ބާސާ ނިސްބަތްވާ، ކަޓަލާން ސަރަހައްދުގައި ނެރޭ "ސްޕޯޓްސް" ނޫހުން ބުނާ ގޮތުގައި އެހެން ކޯޗަކު ގެނައުމުގެ ބަދަލުގައި ބާސާއިން، ރަފާ ސީނިއާ ޓީމަށް ޕްރޮމޯޓްކުރަން ނިންމީ އެ ކްލަބްގެ މަލީ ހާލަތު ހުރި ގޮތުންނެވެ.

ފްލިކް މަގާމަށް ގެނެޔަސް، އޭނާ އަށް ބޮޑު މުސާރައެއް ދޭން ޖެހޭނެ އެވެ. އެވަރުގެ ފައިނޭންޝިއަލް ރިސްކެއް ނަގަން ބާސާއިން ބޭނުން ނުވާ ކަމަށް ވެސް ސްޕޯޓްސްއިން ބުންޏެވެ.

ބާސެލޯނާ އަށް ކުޅުނު ރަފާ މީގެ ކުރިން ބުނެފައި ވަނީ ބާސާގެ ސީނިއާ ޓީމުގެ ކޯޗުގެ މަގާމު ހުށަހަޅައިފިނަމަ އެކަން ގަބޫލުކުރާނެ ކަމަށެވެ.

"މިކަހަލަ ފުރުސަތުތަކަކަށް އެއްވެސް މީހަކު ނޫނެކޭ ނުބުނާނެ. އެ ފުރުސަތު ހުށަހަޅައިފިއްޔާ އަހަރެން ވީ އެންމެ ބޮޑަކަށް ތައްޔާރު ވާނަން. އަހަންނަށް ވީ އެންމެ ރަނގަޅަކަށް މަސައްކަތް ކުރަން،" މެކްސިކޯ އަށް ނިސްބަތްވާ ރަފާ ޖެނުއަރީގައި ބުނެފައި ވެއެވެ.

މަޔާކޯގެ ކޯޗު މެކްސިކޯގެ ހާވިއާ އަގީރީ ބުނީ، ބާސާގެ ކޯޗަކަށް ވުމުގެ ސިފަތަކާއި ގާބިލުކަން ރަފާގެ ކިބައިގައި އެބަ ހުރިކަމަށެވެ.