Roadha Mihaaru
އައްޑޫ ތަފާތު ފަހަރެއް، ރައީސަށް ހޫނު މަރުހަބާއެއް

އައްޑޫން ގިނަ ބަޔަކު ނުކުމެ ރައީސަށް ހޫނު މަރުހަބާއެއް ކިޔައިފި

12 އެޕްރީލް 2024

ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ހަވީރު އައްޑު އަށް ވަޑައިގަތުމުން ވަރަށް ގިނަ ބަޔަކު ނުކުމެ އެ މަނިކުފާނަށް ހޫނު މަރުބާއެއް ކިޔައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު އައްޑޫ ގަމުން މާއިދާ މުހައްމަދު ރަޝާދު

ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ހަވީރު އައްޑު އަށް ވަޑައިގަތުމުން ވަރަށް ގިނަ ބަޔަކު ނުކުމެ އެ މަނިކުފާނަށް ހޫނު މަރުބާއެއް ކިޔައިފި އެވެ.

ލ. އަތޮޅުގެ ދަތުރުފުޅަށް ފަހު ރައީސް އައްޑު އަށް ހާއްސަ ދަތުރުފުޅެއްގައި މި ވަޑައިގަތީ އައްޑޫގައި އެންމެ ގިނަ މީހުން ދިރިއުޅޭ ހިތަދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށެވެ. މިއީ މިދިޔަ މަހުގެ މެދުތެރޭގައި އައްޑު އަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ހިތަދޫގެ ރައްޔިތުންނާ ބައްދަލުނުކުރެއްވުމުން ހާއްސަ ކުރެއްވި ދަތުރުފުޅެކެވެ.

ހިތަދޫގެ ރައްޔިތުންނާ ރައީސް ބައްދަލުކުރެއްވުން އޮންނާނީ މިރޭގަ އެވެ.

ރައީސް މުއިއްޒު މިއަދު ހަވީރު ގަން އެއާޕޯޓަށް ފައިބައިވަޑައިގެންނެވިއިރު، އެންމެ ފަހުގެ ދަތުރުފުޅާ ހިލާފަށް ވަރަށް ގިނަ އަދަދެއްގެ ބަޔަކު ވަރަށް ދިގު ސަފެއް ހަދައިގެން މަރުހަބާ ކިޔަން ޖަމާވެފައި ތިއްބެވި އެވެ. އިސްވެ މަރުހަބާ ދެންނެވީ އައްޑޫ މޭޔަރު އަލީ ނިޒާރާއި ހޯމް މިނިސްޓަރު އަދި ފޭދު އަށް އުފަން އަލީ އިހުސާނެވެ.

ރައީސް މުއިއްޒު މިއަދު ހަވީރު އައްޑު އަށް ވަޑައިގަތުމުން ގަމުން މަރުހަބާ ދަންނަވަނީ.

ރައީސް މުއިއްޒު މިއަދު ހަވީރު އައްޑު އަށް ވަޑައިގަތުމުން ގަމުން މަރުހަބާ ދަންނަވަނީ.

ރައީސާ ސަލާން ކުރުމަށް ސަފުގައި ތިބެ، ގިނަ ބަޔަކު ވަނީ މި ސަރުކާރުން އައްޑޫގައި ހިންގަމުންދާ މަޝްރޫއުތަކާ ގުޅިގެން އުފާފާޅުކޮށްފަ އެވެ. އަދި ވަރަށް ގިނަ ބަޔަކު ވަނީ ރައީސް މުއިއްޒާ އެކު ސެލްފީ އާއި ފޮޓޯ ނަގައި އެ މީހުންނަށް އައި ބޮޑު އީދެއްގެ ގޮތުގައި އެ މަނިކުފާނުގެ ދަތުރުފުޅު ފާހަގަކޮށްފަ އެވެ.

ރައީސަށް މަރުހަބާ ކިޔަން ވަރަށް ގިނަ އަދަދެއްގެ އާންމުންގެ އިތުރުން މި މަހުގެ 21 ގައި ބާއްވާ މަޖިލިސް އިންތިހާބުގައި ޕީއެންސީގެ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓުން ވެސް ނުކުތެބެވެ.

ރައީސް މުއިއްޒު އައްޑުއަށް ވަޑައިގަތުމުން އެމަނިކުފާނަށް ހޫނު މަރުހަބާއެއް ވަނީ ދަންނަވާފައި

ރައީސް މުއިއްޒު އައްޑުއަށް ވަޑައިގަތުމުން އެމަނިކުފާނަށް ހޫނު މަރުހަބާއެއް ވަނީ ދަންނަވާފައި

ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު މިދިޔަ މަހު އައްޑު އަށް ކުރެއްވި ފުރަތަމަ ދަތުރުފުޅުގައި އެ މަނިކުފާނު ވަނީ ހިތަދޫ-ހުޅުމީދޫ ގުޅުވާލައި ބްރިޖުގެ މަޝްރޫއު މިސްރުގެ ދަ އަރަބް ކޮންޓްރެކްޓާސްއާ ހަވާލުކޮށްފަ އެވެ. އެ ބްރިޖު ވާނީ ރާއްޖޭގައި މިހާތަނަށް އަޅާ އެންމެ ދިގު ބްރިޖަށެވެ. މި ދައުރުގައި އެ ބްރިޖުގެ މަސައްކަތް ނިންމައި ބޭނުންކުރަން ފަށާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް މުއިއްޒު މިއަދު ހަވީރު އައްޑު އަށް ވަޑައިގަތުމުން ގަމުން މަރުހަބާ ދަންނަވަނީ.

ރައީސް މުއިއްޒު މިއަދު ހަވީރު އައްޑު އަށް ވަޑައިގަތުމުން ގަމުން މަރުހަބާ ދަންނަވަނީ.

އެ މަޝްރޫއުގެ އިތުރުން އައްޑޫގައި ޓޫރިޒަމް ފުޅާކުރުމަށް ވެސް ސަރުކާރުން މަސައްކަތް ކުރާއިރު "އައްޑޫ އައްސޭރި ޓޫރިޒަމް ޑިވެލޮޕްމެންޓް" ގެ ނަމުގައި ވަނީ ޕްލޭނެއް ވެސް އެކުލަވާލައިފަ އެވެ. އެ ޕްލޭންގެ ދަށުން 6،000 އެނދު ތަރައްގީ ކުރާނެ އެވެ. އަދި 10،000 ވަޒީފާގެ ފުރުސަތު އުފެދޭނެ ކަމަށް ލަފާކުރެ އެވެ.

ރައީސް ވަނީ ކުރީ ސަރުކާރުތަކުން އައްޑު އަށް އަޅާ ނުލައި ދޫކޮށްލާފައި އޮތް އޮތުން ދޫކޮށް، މި ސަރުކާރުން އައްޑޫއަށް ތަރައްގީ ގެނެސްދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.