09 އެޕްރީލް 2024
ސިމްޑީގެ ފިހާރަތަކުގައި މިހާރު ކުރިއަށްދާ ރޯދަ ޕްރޮމޯޝަނުގެ ފަހު ހަފްތާގެ ގުރުއަތު ނަގައި، ނަސީބުވެރިންނަށް އިނާމުތައް ދީފި އެވެ.
ސިމްޑީގެ ފިހާރަތަކުގައި މިހާރު ކުރިއަށްދާ ރޯދަ ޕްރޮމޯޝަނުގެ ފަހު ހަފްތާގެ ގުރުއަތު ނަގައި، ނަސީބުވެރިންނަށް އިނާމުތައް ދީފި އެވެ.
އަންނަ ހޮނިހިރު ދުވަހުގެ ނިޔަަލަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަނުގައި ރޯދަ މަހުގެ ހަތަރު ހަފްތާއަށް، ހަފްތާއަކު ތިން އިނާމު ވަނީ ހުށަހަޅައިފަ އެވެ.
ހަތަރު ވަނަ ހަފުތާގައި ހޮވި ލަކީޑްރޯއިން އެއް ވަނައަށް ހޮވުނު ނަސީބުވެރިޔާ އަށް ލިބުނީ ގޭތެރެއަށް ބޭނުންވާ ޕްރޮޑަކްޓުތަކާއި ކާބޯތަކެތި އަދި ޕާސަނަލް ކެއާގެ ޕްރޮޑަކްޓުތައް ހިމެނޭ ސިމްޑީގެ ސީޕީޑީ ބަންޑްލްއެކެވެ. ދެ ވަނައަށް ހޮވުނު ނަސީބުވެރިޔާއަށް ލިބުނީ ލެނޯވޯ ބްރޭންޑްގެ އެމް10 ޓެބްލެޓެކެވެ. އަދި ތިން ވަނަ އަށް ހޮވުނު ފަރާތަށް ލިބުނީ ޑްރިންކް ރެސިޕީ ފޮތަކާ އެކު އިލޮކްޓްރޮލަކްސްގެ ބްލެންޑަރަކާއި މޮނިން، ސިރަޕް، ޕިއުރީޒް، ސިރަޕް އަދި ފްރެޕްސް ހިމެނޭ ބަންޑަލްއެކެވެ.
މި ޕްރޮމޯޝަނުގައި ކުރިއަށް އޮތީ ޕްރޮމޯޝަނުގެ ގްރޭންޑް ލަކީޑްރޯ އެވެ. މި ލަކީޑްރޯ އަކީ ޕްރޮމޯޝަނުގެ މުއްދަތުގައި ވިޔަފާރި ކުރި ހުރިހާ ކަސްޓަމަރުންގެ މެދުގައި ނެގުމަށް ހަމަޖެހިފައިވާ ލަކީޑްރޯއެކެވެ. މި ލަކީޑްރޯގެ އެންމެ ބޮޑު އިނާމަކީ އެއް ލައްކަ ރުފިޔާ އެވެ.
ޕްރޮމޯޝަނުގައި އެއް ލައްކަ ރުފިޔާ ލިބޭ ފަރާތެއް ހޮވުމަށް ބާއްވާ ލަކީޑްރޯގެ ގުރުއަތު ނެގުން އޮންނާނީ އަންނަ އާދިއްތަ ދުވަހު އެވެ.
ސިމްޑީން މި ރޯދަ މަހު ކުރިއަށް ގެންދިޔަ ޕްރޮމޯޝަނަކީ ސިމްޑީގެ ހުރިހާ ފިހާރަތަކާއި އެޕު މެދުވެރިކޮށް ވިޔަފާރިިކުރި ކަސްޓަމަރުންގެ މެދުގައި ކުރިއަށް ގެންދިޔަ ޕްރޮމޯޝަނެކެވެ. މި ޕްރޮމޯޝަނަށް ކަސްޓަމަރުންގެ ފަރާތުން ހޫނު ތަރުހީބެއް ލިބުނުކަން އެ ކުންފުނިން ފާހަގަކުރެ އެވެ.
މާފަންނު ސިމްޑީ ސީޕީޑީ ފިހާރައިން ޑިސްކައުންޓު ދެނީ
އީސްޕޯޓް ޗެމްޕިއަންޝިޕަށް ދިވެހިޓީމް ދިޔައީ ބިއޯންޑްގައި
އިލީ ކޮފީ ހިމަނައިގެން 7 ވައްތަރެއްގެ އާ ބުއިންތަކެއް
ބިއޯންޑްއަށް އަހަރެއް، ގޮންޖެހުންތަކާއެކު ވެސް ކާމިޔާބު
"އޭވިއޭޝަން ދާއިރާއަށް ސަރުކާރުން އިސްކަންދޭ"
ދިލްމާ އާއި ސިމްޑީގެ ގުޅުމުން މޫޑު ރަނގަޅުކޮށްދީފި
އެފްއެޗްއޭއެމްގެ ކޯ ސްޕޮންސަރަކަށް ސިމްޑީ ގްރޫޕް
އިލެކްޓްރޮލަކްސްގެ ރެފްރިޖަރޭޓަރާއި އަވަނުން ޑިސްކައުންޓް
ރާއްޖޭގައި ފުރަތަމަ ފަހަރަށް "މޮނިން ކަޕް" ބާއްވައިފި
ރާއްޖޭގައި ލެނޯވޯގެ އޮތޮރައިޒްޑް ޕާޓްނަރަކަށް ސިމްޑީ