ޗައިނާގައި މިދިޔަ މަހު ކުޑަކުއްޖަކު މަރާލި މައްސަލައިގައި ތިން ކުއްޖަކަށް ދައުވާކުރަން ނިންމައިފި އެވެ.
ޗައިނާގައި މިދިޔަ މަހު ކުޑަކުއްޖަކު މަރާލި މައްސަލައިގައި ތިން ކުއްޖަކަށް ދައުވާކުރަން ނިންމައިފި އެވެ.
މުޅި ޗައިނާއަށް ސިހުން ގެނައި މަރުގެ މި ހާދިސާ އަކީ އުމުރުން 18 އަހަރުން ދަށުގެ ކުދިން ވެސް ކުށުގެ ޒިންމާ ނަގަންޖެހޭ ގޮތް ހަދައި ދައުވާކުރުމާ މެދު ހޫނު ބަހުސްތަކެއް ފެށުނު ހާދިސާއެކެވެ.
މަރުގެ މި މައްސަލައިގައި ތުހުމަތުކުރެވެނީ އުމުރުން 14 އަހަރުން ދަށުގެ ތިން ކުއްޖަކަށެވެ. މި ތިން ކުދިން އެ ކުދިންގެ ކްލާހުގެ ދަރިވަރަކު މަރާލީ އެ ކުއްޖާއަށް ބުލީކުރަމުން ގެންދާތާ ދުވަސްތަކެއް ފަހުންނެވެ.
ކުއްޖާ މަރާލުމަށް ފަހު ކުއްޖާގެ ހަށިގަނޑު ގްރީންހައުސްއެއްގައި ވަޅުލި މި ހާދިސާއިން، ކުޑަކުދިން ކުރާ ކުށްތަކަށް އަދަބު ދިނުމުގެ ގާނޫނީ ނިޒާމަށް އާންމުންގެ ސަމާލުކަން ޗައިނާގައި ވަނީ ވަރަށް ބޮޑަށް ލިބިފަ އެވެ.
ޗައިނާގައި 2021 ވަނަ އަހަރު ވަނީ ޖިނާއީ ކުށުގެ ޒިންމާ އުފުލަންޖެހޭ އުމުރު 14 އިން 12 އަހަރަށް ދަށްކޮށްފަ އެވެ. އެކަމަކު އެއީ ލާއިންސާނީ އަނިޔާ ހިމެނޭ ކުށްތަކާއި މަރުގެ މައްސަލަތައް ފަދަ ހާއްސަ ކޭސްތަކަށް އެކަނި ބަލާ މިންގަނޑެކެވެ.
މިއީ ގާނޫނަށް ގެނައި މި ބަދަލުގެ ދަށުން ފުރަތަމަ ފަހަރަށް ދައުވާކުރާ މައްސަލަތަކުގެ ތެރެއިން އެއް މައްސަލަ އެވެ.
ޕްރޮވިންސްގެ ޕީޖީ ހޯމަ ދުވަހު ވިދާޅުވީ ތުހުމަތުކުރެވޭ ޒާންގް، ލީ އަދި މާގެ މައްޗަށް ޖިނާއީ ޝަރީއަތް ހިންގުމަށް މިދިޔަ މަހު ފުލުހުން އެދިފައިވާ ކަމަށެވެ. މިއީ އުމުރުން 12-14 އަހަރާ ދެމެދުގެ ކުދިންނެވެ. އެ ކުދިންނަށް ދައުވާކުރަނީ ކުއްޖަކު ގަސްތުގައި މަރާލި ކަމަށް ބުނެ އެވެ.
ޗައިނާގެ ގާނޫނުތައް ބުނާ ގޮތުން މަރުގެ މައްސަލަތަކުގެ އަދަބަކީ ޖަލަށް ލުން ނުވަތަ މެރުމެވެ. -- އޭއެފްޕީ
މަރުގެ މައްސަލައެއްގައި "ކުޑަކުއްޖަކު" އުމުރަށް ޖަލަށް
ކާކް މަރާލުމަށް ފަހު ފޮނުވި މެސެޖުތައް ހާމަކޮށްފި
ޗާލީ ކާކް އަށް ހަމަލާ ދިނީ 22 އަހަރުގެ މީހެއް
ޒަކިއްޔާ މަރަށް އަހަރެއް: އަނެއްކާވެސް މުޒާހަރާއެއް
ޗާލީ ކާކް މަރާލި ހަމަލާ ދިން މީހާ ހައްޔަރުކޮށްފި
ޓްރަމްޕުގެ އެކުވެރި އެކްޓިވިސްޓް ޗާލީ ކާކް މަރާލައިފި
ސާހިލްގެ ޝަރީއަތް: ހެކިބަސް ނެގުން ދެ މަހުން ނިންމަނީ
ޔޫތު ޕްރޮގްރާމަށް 11 ސްކޫލެއްގެ ދަރިވަރުން ޗައިނާއަށް
ޗައިނާ ދަތުރުފުޅަށް ފަހު ރައީސް މާލެ ވަޑައިގެންފި
ރާއްޖެ-ޗައިނާ 11 އެމްއޯޔޫއެއްގައި ސޮއިކޮށްފި