Roadha Mihaaru
މި ރަށު މީހުން ފަރަށް ދަނީ އަމާ ބުނީތީއެއް ނޫން!

ފޮޓޯ ސްޓޯރީ: މި ރަށު މީހުން ފަރަށް ދަނީ އަމާ ބުނީތީއެއް ނޫން!

05 އެޕްރީލް 2024

އިރު މެދުޖެހެން ދިޔައިރު ފަތުރާލި ދިޔަ ދިލަ އަވިން ސަލާމަތްވާން އެންމެން ގެޔަަށް ވަދެ ތިބި އިރު، ތ. ތިމަރަފުށީގެ ބޮޑު މަގުގައި ހުރި ގެއެއްގެ އަސްކަނިން ލިބިފައި އޮތް ހިޔާކޮޅެއްގައި އަންހެނަކު އިނީ ބޮޑު ތައްޓަކަށް ބޮލިތަކެއް އަޅައިގެން އެ ސާފުކުރާށެވެ. އިހުގައި ދިވެހިން ފައިސާގެ ގޮތުގައި ބޭނުންކުރި ބޮލީގެ ވަޅެއް ފެނިގެން އެ ނަގައިގެން އުޅެނީއޭ ހީވިޔަސް ވީ އެހެންނެއް ނޫނެވެ.

ފަޔާޒް މޫސާ ފަޔާޒް މޫސާ

ސަކީނާ ބޮލިތައް ސާފުކުރުމުގެ މަސައްކަތް ކުރަނީ: އިރު މެދުޖެހެން ދިޔައިރު ފަތުރާލި ދިޔަ ދިލަ އަވިން ސަލާމަތްވާން އެންމެން ގެޔަަށް ވަދެ ތިބި އިރު މި ރަށު ބޮޑު މަގުގައި ހުރި ގެއެއްގެ އަސްކަނިން ލިބިފައި އޮތް ހިޔާކޮޅެއްގައި އަންހެނަކު އިނީ ބޮޑު ތައްޓަކަށް ބޮލިތަކެއް އަޅައިގެން އެ ސާފުކުރާށެވެ. އިހުގައި ދިވެހިން ފައިސާގެ ގޮތުގައި ބޭނުންކުރި ބޮލީގެ ވަޅެއް ފެނިގެން އެ ނަގައިގެން އުޅެނީއޭ ހީވިޔަސް ވީ އެހެންނެއް ނޫނެވެ.

މިއީ އުމުރުން 70 އަހަރުގެ ސަކީނާ. "ފަރަށް ދިއުން" އެއީ މި ޒަމާނުގެ ކުދިން ޖެއްސުމަށް، މަލާމާތަކަށް ދައްކާ ވާހަކައެއް ނޫންހޭ އެހެންވީމާ މިކަން އަސްލު ކުރާ ގޮތް ކިޔައިދޭންވީނުންހޭ ބުނެފީމެވެ. އެހެން ބުނުމުން، ތި ވާހަކަ ދައްކަން ބޮލިކޮޅެއް ވެސް ހިފައިގެން އެބަ އަންނަމޭ ކިޔާފައި ގެޔަށް ވަދެ ބިއްލޫރި ދެ ފުޅި ކިހިއްޔަށް ޖަހާލައިގެން ނިކުމެ ވާހަކަ ފެށި އެވެ.

ވިއްކަން ތައްޔާރުކުރަމުންދާ ބޮލިތަކެއް: މިހާރު ވެސް އެކި އަގުތަކުގައި ބޮލި ގަންނަ މީހުން އެބަ އުޅޭ ކަމަށާއި، އެހެންވެ ހަމަ ރަނގަޅު އެއްޗެއް ލިބޭ ކަމަށް އޭނަ ބުންޏެވެ.

ސަކީނާ ބޮލިތައް ދައްކާލަނީ: ބޮއްޔަކީ އޭގެ ތެރޭގައި މަސްގަނޑެއް އޮންނަ އެއްޗަކަށް ވާތީ މޫދުން ނެގުމުން އެ މަރުވެ ކުނިވެ އެވެ. އެހެންވެ ބޮލި ބޭނުންކުރެވޭނީ އޭގެ މަސްގަނޑު ކުނިވެ އެ ކުނި ފިލައިގެން ދިއުމުން އެ ސާފު ވެސް ކޮށްގެންނެވެ. ސަކީނާ ބުނީ ފަރުން ނަގާ ބޮލިތައް ގެނެސް، އެއްގަމުގައި ވަޅެއް ކޮނެ ވަޅުލާފައި ބަހައްޓައި އޭގެ ކުނި ފިލުވުމަށް ފަހު ވިއްކާލެވޭ ހިސާބަށް ދާނީ މަހެއްހާ ދުވަހުން ކަމަށެވެ.

ވިއްކަން ތައްޔާރުކޮށްފައި ހުރި ބޮލިތައް ދެ ފުޅިއަށް އަޅައިފައި: ސަކީނާ ބުނި ގޮތުގައި އޭނާގެ ފިރިމީހާ މަހަށް ދިޔައިރު، މޫސުން ގޯސްވެގެން މަހަށް ނުފުރި ހުންނަންޖެހޭ އިރު އަތްމަތި ދަތިނުވެ އުޅެވުނީ ބޮލިހިލައިގެންނެވެ. އޭނާ ބުނީ ހުރިހާ ދަރިން ބޮޑުކޮށް ކިޔަވައިދީ ގެ އަޅައި ނިންމާފައި އެ ހުރީ މީހަކަށް ނުދަރާ ކަމަށާއި އެކަން އެހެންވީ ފަރަށް ގޮސް ބޮލި ހިލައިގެން ކަމަށެވެ.

ބޮލި އަޅަން ހުސްފުޅިތަކެއް ހިފައިގެން ސަކީނާ އަންނަނީ: އޭނާ ބުނީ މިއީ އޭނާ ވަރަށް ކުރާ ހިތުން ކުރަމުން އަންނަ މަސައްކަތެއް ކަމަށާއި އޭނާ އެކަން ހުއްޓާލަން އާއިލާގެ ބައެއް މީހުން ބުންޏަސް ނުހުއްޓިގެން އުޅެނީ އެހެންވެ ކަމަށެވެ. މިއަދު ވެސް ހަވީރު ފަރަށް ދާނެ ކަމަށް ބުންޏެވެ. އޭނާ ބުނީ ރަށުގައި އެއާޕޯޓް ނުހަދާއިރު ބޮލި ހިލަނީ އެ ދިމާލުން ކަމަށެވެ. އެކަމަކު މިހާރު މި ދިމާލުންނޭ ކިޔާފައި އަތް ދިއްކޮށްލި އެވެ.

ސަކީނާ ބޮލި ހިލަނީ: ޝައުބާން މަހުގެ 15 ވިލޭރޭގެ ބުރު ހަމަ ހަނދާ އެކު އައި ހިކި ދިޔަ އެވެ. ސަކީނާ އަތުން އިޝާރާތްކޮށް ދެއްކި ދިމާލަށް އޭނާ ބުނި ގަޑިއަށް ދިޔައިރު ގްރޫޕް ހަދާފައި ބަޔަކު ގޮސް ބޮލި ހޯދަނީ އެވެ. ގާތައް ފުރޮޅަމުން އޭގެ ތެރެއިން ބޮލި ނަގައި ބާލިދީތަކާއި ތަށިތަކަށް އަޅަމުން ދިޔަ އެވެ. ސަކީނާ ވެސް އެ މީހުންގެ ތެރޭގައި ހުއްޓެވެ.

އަންހެންވެރިން ބޮލި ހޮވަނީ: އެކި ވަޒީފާތަކުގައި އުޅޭ މީހުން ވެސް މި ރަށުގައި، ރަސްމީ ގަޑިއަށް ފަހު ފަރަށް ދެ އެވެ. ފަރަށް ގޮސް ބޮލިހިލައިގެން އެ ވިއްކައި އާމްދަނީ ހޯދި ޒަމާން މި މީހުންނަކަށް އަދިވެސް ނުނިމެ އެވެ. މި މީހުން ފަރަށް ދަނީ "އަމާ ބުނީތީ" އެއް ނޫނެވެ.