ވަރަށް މަދުން ނޫނީ ނުފެންނަ ބައްޔެއް ކަމަށްވާ މަސްކިއުލާ ޑިސްޓްރޮފީގައި އުޅެމުން ދިޔަ ޒަޔާން އިސްމާއިލް ޝަރީފް މިއަދު ނިޔާވެއްޖެ އެވެ.
28 ޖޫން 2025
ވަރަށް މަދުން ނޫނީ ނުފެންނަ ބައްޔެއް ކަމަށްވާ މަސްކިއުލާ ޑިސްޓްރޮފީގައި އުޅެމުން ދިޔަ ޒަޔާން އިސްމާއިލް ޝަރީފް މިއަދު ނިޔާވެއްޖެ އެވެ.
ތ. ތިމަރަފުއްޓަށް އުފަން 19 އަހަރުގެ ޒުވާނާގެ ކަށުނަމާދު ބާއްވަން ހަމަޖައްސާފައިވަނީ އިޝާ ނަމާދަށްފަހު މާލޭގެ އާސަހަރާ މިސްކިތުގަ އެވެ.
އެ ރަށުން ވާހަކަދެއްކި މީހަކު ބުނީ ޒަޔާން ނިޔާވީ ރޯގާ ޖެހި، ކުއްލިއަކަށް ހާލު ސީރިއަސްވެ، އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް ކަމަށެވެ.
"މިހާރު"ގެ ޓީމުން މިދިޔަ އަހަރު ތ. އަތޮޅަށް ކުރި ދަތުރުގައި ޒަޔާންގެ އާއިލާއާ ބައްދަލުކޮށް އޭނާގެ ހާލަތާ ގުޅޭ ރިޕޯޓެއް ގެނެސްދީފައިވެ އެވެ.
“Veyneh noon, gaboolu kuranee miee rahumatheh kamah”
The most trusted news source in the Maldives
Mihaaru
ޒަޔާނާ ގުޅޭގޮތުން މިދިޔަ އަހަރު "މިހާރު"ގައި ޕަބްލިޝްކުރި ލިޔުން.
އޭރު އޭނާގެ މަންމަ، ޒަމީނާ ހަސަން ބުނެފައިވަނީ އުމުރުން ނުވަ އަހަރު ވުމާ ހަމައަށް ޒަޔާނަށް ކޮންމެ ވެސް ވަރަކަށް ހިނގުނު ކަމަށެވެ. އެކަމަކު، އުމުރުން ދުވަސްވާ ވަރަކަށް ގައިން ދިޔައީ ވަރު ދޫވަމުންނެވެ. އެހެންވެ، އޭނާގެ ހިދުމަތުގައި އަބަދުވެސް ކޮންމެ ވެސް މީހަކު ހުންނަން ޖެހެ އެވެ.
ޒަމީނާ އޭރު ބުނީ އެ ބައްޔާ ގުޅޭގޮތުން އިތުރަށް މައުލޫމާތު ހޯދިއިރު އެއީ، ވަރަށް މަދުން ނޫނީ ނުޖެހޭ ބައްޔެއްކަން އެނގުނު ކަމަށެވެ. ވާރުތަވާ އެ ބަލި ބޮޑަށް ޖެހެނީ ބައްޕަގެ ފަރާތުންނެވެ.
ޒަމީނާ އަދި އޭނާގެ ދޮށީ ދަރިފުޅު، ޒަޔާން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
ފުރޮޅުލީ ގޮނޑީގައި އިންނަން ޖެހުނަސް ޒަޔާން ވަނީ ރަށު ސްކޫލުން ގްރޭޑު 10 ނިންމައިފަ އެވެ.
ނުހިނގޭ ކުއްޖަކަށް ވުމުން، ޒަޔާން ކުޑައިރު، އޭނާގެ ހާލަތާ ގުޅޭގޮތުން އަމިއްލައަށް ވަރަށް ސުވާލުކޮށް އުޅުނެވެ. އެކަންކަމަށް، ޒަމީނާގެ ދެ ކުދިންގެ ތެރެއިން ދޮއްޓަށް ހުރި ދަރިފުޅަށް ވިސްނައިދިނީ ދީނީ ނަޒަރަކުންނެވެ.
""ދިރިއުޅުމަކީ ތަކްލީފުތައް އަންނާނެ ކަމެއް. އަޅުގަނޑު ޒަޔާނަށް ކިޔައިދިނީ، ޒަޔާނަށް އެހެން ދިމާވީ ބައިވަރު ސަބަބުތައް ހުންނާނެއޭ. މިސާލަކަށް، މިއޮތް ފަދަ ޒަމާނުގައި ގޯސް ތަންތަނަށް ނުދެވުމަކީ ވެސް [ކަމެކޭ] ފީލްކޮށްދޭންޖެހޭނެ ދޯ،" ތިމަރަފުށީ ސްކޫލުގައި ޓީޗަރަކަށް އުޅޭ ޒަމީނާ ބުންޏެވެ.
"ބައިވަރު ކަންކަމުން ދުރުވުމުން އެއިން ސަވާބާއި ހެޔޮ ދަރުމަ ލިބޭނެ ގޮތްތައް މެދުވެރިކުރެއްވީ ކަމަށް ވެސް ވެދާނެ. ޒަޔާން އެކަމަށް ވިސްނާފައި ވެސް ގުރުއާނަށް ސަމާލުކަން ދޭށޭ. ކުރިން އުޅޭނީ އަބަދު ފިލްމު ބަލަން، އެކަމަކު ދީނީ ނަޒަރަކުން ވިސްނައިދިނީމަ އެ ކަންތައްތައް ދޫކޮށްލައިފި."
ދަރިފުޅުގެ މަރުގެ ހިތާމައިގެ ތެރެއިން ބޮޑު ނިއުމަތެއް
"ވޭނެއް ނޫން، ގަބޫލުކުރަނީ މިއީ ރަހުމަތެއް ކަމަށް"
މަގުމަތީ ވެއްޓިފައި އޮތް މީހެއްގެ ފޯނު ވަގަށްނަގައިފި
ނުކުޅެދުންތެރިކަން ހުންނަ މީހެއްގެ ފޮށިން ވައްކަންކޮށްފި
ތިމަރަފުށީ އެކްސިޑެންޓުގައި އަނިޔާވި މީހާ މަރުވެއްޖެ
މަރުވި ދެމަފިރިންގެ ޓެސްޓުގައި މައްސަލައެއް ނެތް:ޕޮލިސް
"ފެނުނުއިރު ހީވީ ދެމަފިރިން ނިދާފައި ތިބިހެން"
ހިޝާނަށް ދައުވާ ނުކުރީ ހެކި ނެތިގެންނެއް ނޫން: ޕީޖީ
އެމްޔޫ މަނިކުގެ ހަނދާނުގައި ތައުޒިޔާގެ ދަފްތަރެއް
ޖަޕާނުގައި ނިޔާވި ލުޖައިނާގެ ޖަނާޒާ މިއަދު ބާއްވަނީ