Roadha Mihaaru
ހުޅުމާލެ ތިނަކުން 15 ހެކްޓަރުގެ ބިން ހިއްކައިފި

04 އެޕްރީލް 2024

ހުޅުމާލެ ފޭސް ތިނަކުން 15 ހެކްޓަރުގެ ބިން ހިއްކައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ހުޅުމާލެ ފޭސް ތިނަކުން 15 ހެކްޓަރުގެ ބިން ހިއްކައިފި އެވެ.

އެޗްޑީސީން މިއަދު ވަނީ ހުޅުމާލެ ތިނަކުން ހިއްކަމުން އަންނަ ސަރަހައްދު ނޫސްވެރިންނަށް ދައްކާލައިފަ އެވެ.

ހުޅުމާލެ ތިނެއްގެ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދަނީ: 15 ހެކްޓަރުގެ ބިން ހިއްކާ ވަނީ ނިމިފައި.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އެޗްޑީސީން ބުނީ ހުޅުމާލެ ތިނަކުން ހިއްކަން ނިންމާފައިވާ 63 ހެކްޓަރުގެ ބިމުގެ ތެރެއިން 15 ހެކްޓަރުގެ ބިން މިހާރު ހިއްކާފައިވާ ކަމަށެވެ. އަދި އެ ސަރަހައްދުގެ ބިން ހިއްކުމުގެ މަސައްކަތް ވަރަށް ބާރު ދުވެލީގައި ކުރިއަށް ގެންދާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ހުޅުމާލެ ތިނެއްގެ ފުރަތަމަ ބައިގެ ގޮތުގައި 10 ހެކްޓަރުގެ ބިން ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ހިއްކާ ނިންމައިފަ އެވެ. ބާކީ 53 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ.

ހުޅުމާލެ ތިނެއްގެ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދަނީ: 15 ހެކްޓަރުގެ ބިން ހިއްކާ ވަނީ ނިމިފައި.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ހުޅުމާލެ ތިނެއްގެ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދަނީ: 15 ހެކްޓަރުގެ ބިން ހިއްކާ ވަނީ ނިމިފައި.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އެ މަސައްކަތް ކުރީގެ ސަރުކާރުން ހަވާލުކޮށްފައި ވަނީ މިހާރު ފުށިދިއްގަރުފަޅު ނުވަތަ ރަސްމާލެ ހިއްކުމުގެ މަޝްރޫއު ވެސް ހިންގާ ލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީސީ) އެވެ.

އެޗްޑީސީން އެ ކުންފުންޏަށް މި މަޝްރޫއު ހަވާލުކޮށްފައި ވަނީ 259.2 މިިލިއަން ރުފިޔާ އަށެވެ.

ހުޅުމާލެ ތިނެއްގެ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދަނީ: 15 ހެކްޓަރުގެ ބިން ހިއްކާ ވަނީ ނިމިފައި.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ހުޅުމާލެ ތިނެއްގެ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދަނީ: 15 ހެކްޓަރުގެ ބިން ހިއްކާ ވަނީ ނިމިފައި.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

މި މަޝްރޫއުގެ ޖުމްލަ އަގު އަދާކުރަނީ ހުޅުމާލޭގެ 10 ހެކްޓަރުގެ ބިމާއި ތިލަފުށިން ހިއްކާ 9.8 ހެކްޓަރުގެ ބިން ވިއްކައިގެން ކަމަށް އެޗްޑީސީން ކުރިން ބުނެފައިވެ އެވެ. އަދި ބިން ހިއްކުމުގެ އިތުރުން ރިވެޓްމެންޓް ޖެހުމާއި ހުޅުމާލެ ތިނެއްގެ މަގުތަށް ހެދުމާއި ފާލަން ހެދުމާއި ޖެޓީ ހެދުން ވެސް މި މަޝްރޫއުގެ ދަށުން އެ ކުންފުންޏާ ވަނީ ހަވާލުކޮށްފަ އެވެ.