01 އެޕްރީލް 2024
އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދުމުގެ ރޭހުގައި ފޭވަރިޓަކީ ލިވަޕޫލް ކަމަށް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.
އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދުމުގެ ރޭހުގައި ފޭވަރިޓަކީ ލިވަޕޫލް ކަމަށް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.
އޭނާ ބުނީ ފޭވަރިޓުންގެ ލިސްޓްގައި މިހާރު ސިޓީ އަކީ ތިންވަނަ ކަމަށެވެ.
ޕްރިމިއާ ލީގުގައި އިއްޔެ އާސެނަލް އާއި މެންޗެސްޓާ ސިޓީ ކުޅުނު މެޗު އެއްވަރުވެ، ލިވަޕޫލުން ބަރައިޓަންއާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބު ކުރުމުން ލިވަޕޫލް ވަނީ އެއްވަނަ އަށް ޖެހިލައިފަ އެވެ.
މިހާރު ލީގުގައި އެންމެ ށާފް ފޭވަރިޓަކީ ލިވަޕޫލް ތޯ ސުވާލު ކުރުމުން ގާޑިއޯލާ ބުނީ އަބަދު ވެސް ފޭވަރިޓުންގެ ލިސްޓްގެ އެންމެ ކުރީގައި އޮންނާނީ ތާވަލުގެ އެއްވަނަގައި އޮންނަ ޓީމު ކަމަށެވެ.
އޭނާ ބުނީ ފޭވަރިޓުންގެ ލިސްޓްގައި މިހާރު ސިޓީ އަކީ ތިންވަނަ ކަމަށެވެ.
"ކޮންމެ ޓީމެއް އެއްވަނައިގައި އޮތަސް އެ ޓީމު ވާނީ ފޭވަރިޓަށް. އާސެނަލް އަކީ ދެވަނަ [އަށް ފޭވަރިޓް] އަހަރެމެންނަކީ ތިންވަނަ،" ގާޑިއޯލާ ބުންޏެވެ.
"މިހާރު އެކަން އޮތީ އަހަރެމެންގެ އަތް މަތީގައެއް ނޫން. އަހަރެމެންނަށް ކުރެވޭނެ ކަމަކީ ދެން އޮތް އެސްޓަން ވިލާއާ ދެކޮޅަށް ކުޅޭ މެޗަށް ވިސްނުން. އެއްވަނައިގައި އޮންނަ ޓީމަކީ ފޭވަރިޓް ކުރިން އަހަރެމެން އޮތް ހެން."
ރޭގެ މެޗުގައި ސިޓީ އަށް ހެދުނީ އެންމެ ޝޮޓެކެވެ. މިއީ އޮކްޓޯބަރު 2021 ގެ ފަހުން އަމިއްލަ ދަނޑުގައި ސިޓީ އަށް ލަނޑެއް ނުޖެހި ދިޔަ ފުރަތަމަ ފަހަރެވެ.
ގާޑިއޯލާގެ އެންމެ ބޮޑު ވެއްޓުމާ ކުރިމަތިލާން ޖެހިއްޖެ
ވަގުތަށް ފަރުވާތެރި ނުވާތީ ސިޓީ މިލިއަނުން ޖޫރިމަނާ
ޕްރިމިއާ ލީގާ ދެކޮޅަށް ސިޓީން މައްސަލަ ހުށަހަޅައިފި
ސިޓީގައި ދެމިހުރުމަށްވުރެ ދޫކޮށްދިއުން ގާތް: ގާޑިއޯލާ
136 އަހަރުންވެސް ނުވިކަމެއް، ސިޓީން މިއަދު ކުރާނެ!
ހަމަޖެހޭ، ތައްޓަކީ އަހަރެމެންގެ އެއްޗެއް: ގާޑިއޯލާ
ވައިޓްގެ "ސިއްރު އުކުޅުން" އާސެނަލް އެއްވަނައިގައި
އާސެނަލް އާއި ލިވަޕޫލުން ސިޓީއަށް އެއްވަނަ ހަވާލުކޮށްފި
ގާޑިއޯލާ ވަރުގެ ކޯޗެއް އަހަރެން ނުދެކެން: ކްލޮޕް
ސްނައިޕަރު ފޮޑެން، ޔުނައިޓެޑް ބިމާހަމަކޮށްލައިފި