Roadha Mihaaru
ޝަލަބީގެ "ފިސާރި ފިރިހެނަކީމު" އަންހެނުންނަށް

އަންހެނުންނާ ކުރާ އަނިޔާއާ ދެކޮޅަށް ޝަލަބީގެ "ފިސާރި ފިރިހެނަކީމު"

19 ފެބުރުއަރީ 2017

"މޯލްޑިވިއަން އައިޑޮލް" އިން ވިދާލި ލަވަކިޔުންތެރިޔާ ޝަލަބީ އިބްރާހީމް، އަންހެނުންނަށް ކުރާ އަނިޔާއާ ދެކޮޅަށް ކިޔާފައިވާ ލަވައެއް އާންމުކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

"މޯލްޑިވިއަން އައިޑޮލް" އިން ވިދާލި ލަވަކިޔުންތެރިޔާ ޝަލަބީ އިބްރާހީމް، އަންހެނުންނަށް ކުރާ އަނިޔާއާ ދެކޮޅަށް ކިޔާފައިވާ ލަވައެއް އާންމުކޮށްފި އެވެ.

ލަވައިގެ ނަމަކީ "ފިރާސި ފިރިހެނަކީމު" އެވެ. މި ލަވަ މިހާރު ސައުންޑްކްލައުޑުން އަޑު އަހައި ލެވޭނެ އެވެ.

ޝަލަބީ ބުނީ މި ލަވައަކީ އަންހެނުންގެ ހައްގުތަކަށް މަސައްކަތް ކުރާ ޖަމިއްޔާ ހޯޕް ފޮ ވިމެންގެ ވަރަށް ބޮޑު އެހީތެރިކަމަކާ އެކު ހަދާފައިވާ ލަވައެއް ކަމަށެވެ. "ފިސާރި ފިރިހެނަކީމު" މިހާރު ވަނީ އެ ޖަމިއްޔާ އަށް ހަދިޔާ ވެސްކޮށްފަ އެވެ.

މި ލަވައަކީ އަންހެނުންނަށް ކުރާ އަނިޔާއާ ދެކޮޅަށް ރާއްޖޭގައި ކުރިއަށް ގެންދާ "ވަން ބިލިއަން ރައިޒިން ކެމްޕޭން" ގެ ބައެކެވެ.

ޝަލަބީ ބުނީ އަންހެނުންގެ ހައްގުތަކަށް އެ ޖަމިއްޔާ އިން ހިންގާ ހަރަކާތްތަކުގައި ލަވަ ބޭނުން ކުރާނެ ކަމަށާއި ލަވައިގެ ވީޑިއޯއެއް ވެސް އެ މީހުން ހަދަން ވިސްނާފައިވާ ކަމަށެވެ.

"މި ލަވައިން އަސްލު ދޭން ބޭނުންވާ މެސެޖަކީ އަންހެނުންނަށް ކުރާ އަނިޔާތައް ހުއްޓުވަން ކޮންމެ މީހަކަށް ވެސް ފަރުދީ ގޮތުން ވެސް މަސައްކަތް ކުރެވިދާނެ ކަމާއި އެއީ އެއީ ތިމާގެ މުޖުތަމަށް ތިމާކޮށްދޭ ފަރުދީ ޒިންމާއަކަށް ހަދަން ޖެހޭކަން،" އޭނާ ބުންޏެވެ.

"ފިސާރި ފިރިހެނަކީމު" ގެ މެލޮޑީ ހަދާފައި ވަނީ ޝަލަބީ އާއި ވިންފާޒެވެ. ލަވައިގެ ޅެން ހެދީ ނަޝްމާ އަބްދުލް މުހްސިން އެވެ.

މި ލަވައަކީ ޝަލަބީގެ އަމިއްލަ ސްޓޫޑިއޯ ހައުސް އޮފް މިއުޒިކުގެ އުފެއްދުމެކެވެ. އަދި މިއީ މިއީ ސްޓޫޑިއޯގެ ފުރަތަމަ ލަވަ ވެސް މެ އެވެ.

"މޯލްޑިވިއަން އައިޑޮލް" ސީޒަން އެކެއްގެ ދެވަނަ އަށް ދިޔަ ޝަލަބީއަކީ އާންމުންގެ މަގުބޫލުކަން ވަރަށް ބޮޑަށް ހޯދާފައިވާ ލަވަ ކިޔުންތެރިއެކެވެ.

އެ މުބާރާތަށް ފަހު އޭނާ ވަނީ މިދިޔަ އަހަރު މަދަހަ ސީޑީއެއް ވެސް ނެރެފަ އެވެ.