08 މާޗް 2023
މިއަދު ފާހަގަކުރަމުން އަންނަ އަންހެނުންގެ ދުވަހަށް ހާއްސަކޮށްގެން، މަޝްހޫރު މިއުޒިކް ބޭންޑް "ސްކައިރޮކް" އިން އާ ލަވައެއް ނެރެފި އެވެ.
މިއަދު ފާހަގަކުރަމުން އަންނަ އަންހެނުންގެ ދުވަހަށް ހާއްސަކޮށްގެން، މަޝްހޫރު މިއުޒިކް ބޭންޑް "ސްކައިރޮކް" އިން އާ ލަވައެއް ނެރެފި އެވެ.
"ހޭވައްލާ ތައްޔާރު" ކިޔާ މި ލަވަ މިހާރު ހުރިހާ ސްޓްރީމިން ޕްލެޓްފޯމަކުން އަޑުއަހައިލެވޭނެ އެވެ. މި ލަވައަކީ މި އަހަރު ރިލީޒްކުރަން ހަމަޖެހިފައިވާ އެ ބޭންޑުގެ ފުރަތަމަ އަލްބަމްގައި ހިމެނޭ ލަވައެކެވެ.
މި ލަވައިން ދޭ މެސެޖަކީ ދިރިއުޅުމުގައި ދިމާވެދާނެ ކޮންމެ ކަހަލަ ގޮންޖެހުމަކަށް ވެސް ކެރިގެން ކުރިމަތިލުމެެވެ. އެ ބޭންޑުން ބުނި ގޮތުގައި، އަންހެނުންގެ ދުވަހާ ގުޅުވައިގެން މި ލަވަ ނެރެން ނިންމީ ވެސް އެހެންވެ އެވެ.
ސްކައިރޮކް ބޭންޑުން ބުނީ، ވަޒީފާގެ މާހައުލާއި އެހެނިހެން ކަންކަމުގައި ވެސް ކުރިއަށް ދިއުމަށް އަންހެނުންނަށް ކުރިމަތިވާ ދަތިތަކުން އަރައިގަނެ، ކާމިޔާބު ހޯދަމުން އަންނަ އަންހެނުންގެ ވާހަކަ މިފަދަ ދުވަހެއްގައި ފާހަގަކުރަން ޖެހޭ ކަމަށެވެ.
"ހޭވައްލާ ތައްޔާރު" ލަވައިން މުޖުތަމުއަށް ދޭ މެސެޖާ މެދު ވަރަށް ބޮޑު އުންމީދެއް ކުރާ ކަމަށް އެ ބޭންޑުން ބުނެ އެވެ.
ސްކައިރޮކް ބޭންޑުގެ ވަރަށް ބައިވަރު އާ ލަވަތަކާއި ޕާފޯމެންސްތައް ކުރިއަށް އެބަހުރި ކަމަށް އެ ބޭންޑުން ބުންޏެވެ.
ސްކައިރޮކް ބޭންޑުގެ ހަ މެންބަރުން
ދިވެހި ހަ އާޓިސްޓުން ހިމެނޭ މި ބޭންޑުން އަންނަނީ ރިސޯޓުތަކާއި ލޯކަލް ބައެއް ސްޓޭޖުތަކުގައި ލައިވް ޕަފޯމަންސްތައް ދެމުންނެވެ. މިފަހުން އޮލިމްޕަސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި އެ ބޭންޑުން ދިން ޕަފޯމަންސްއަކީ އޭގެ ތެރެއިން ވަރަށް ހާއްސަ ހުށަހެޅުމެކެވެ.
ނަހުލާ ފިރިހެނުންނަށް: ވިސްނުން ބަދަލުކޮށް، ޖާގަ ދީ!
އަންހެނުންނަށް ޓަކައި، މި ކުލަބުގެ ހިތްވަރަކީ މިއީ!
އަންހެނުންގެ ދުވަސް ފާހަގަކުރަން ނަހުލާގެ ޖަލްސާއެއް
ބަސް ދުއްވަން އަންހެނުން ތަމްރީން ކުރަނީ
އެމްޕީއެލްގެ އަންހެނުންނަށް ހާއްސަ އެވޯޑެއް ދީފި
އަންހެނުން ބާރުވެރިކުރުވަން ދިރާގުން އެކްޝަން ޕްލޭނެއް
ރީތި ރާޅުތަކުގެ އުހުގައި މި ތިން އަންހެނުން
ފާއިޒާ: ގައްދޫގެ ފަހުރު ދަމަހައްޓަނީ ތުނޑުކުނަލުން
މި ވިސްނުމުން ޓޫރިޒަމް ދާއިރާއަށް ހިނިތުންވުން!
ހުރިހާ ދިމާލަކުން ވެސް އަންހެނުންގެ ހިތްވަރު