28 މާޗް 2024
މާލޭގެ މަގުތަކުގައި އުޅޭ ބުޅާތައް ބަލަހައްޓަން ހުޅުމާލޭގައި ހަދާ ފެސިލިޓީގެ ބިންގާ މިއަދު އަޅައިފި އެވެ.
މާލޭގެ މަގުތަކުގައި އުޅޭ ބުޅާތައް ބަލަހައްޓަން ހުޅުމާލޭގައި ހަދާ ފެސިލިޓީގެ ބިންގާ މިއަދު އަޅައިފި އެވެ.
މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި މި ފެސިލިޓީގެ ބިންގާ އަޅުއްވައިދެއްވީ ފަސްޓް ލޭޑީ ސާޖިދާ މުހައްމަދާއި މާލޭގެ މޭޔަރު އާދަމް އާޒިމެވެ.
މި ފެސިލިޓީ އަކީ މާލޭ ސިޓީ ކައުންސިލާއި މިނިސްޓްރީ އޮފް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ ގުޅިގެން ހަދަމުން އަންނަ ތަނަކެވެ.
މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ މި ފެސިލިޓީގެ ބައުންޑަރީ ފެންސުގެ މަސައްކަތް މި މަހު 19ގައި ފަށާފައިވާ ކަމަށެވެ. އެއީ މި ފެސިލިޓީގެ އަމަލީ މަސައްކަތް ފެށި ދުވަހެވެ.
ބުޅާ ފެސިލިޓީގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތު.-- ފޮޓޯ: މާލޭ ސިޓީ ކައުންސިލް
މި ވަގުތީ ބުޅާ ފެސިލިޓީއަކީ މާލެ ސަރަހައްދުގެ ޕާކްތަކާއި މަގުމައްޗާއި އާންމުން އެހެން ތަންތަނަށް އެއްވެ އުޅޭ ބުޅާތައް ގިނަވެފައިވުމުގެ އިތުރުން އެ ބުޅާތަކަށް ލިބެމުންދާ އަނިޔާތަކާއި ތަފާތު ބަލިތައް ޖެހުމުން ސަލާމަތްކޮށް، ބުޅާތައް ދިރިއުޅޭނެ ރައްކާތެރި ސާފު މާހައުލެއް ހޯދައިދިނުމަށް ހުޅުވޭ ފެސިލިޓީއެއް ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނި ގޮތުގައި، މި ފެސިލިޓީ މެދުވެރިކޮށް، ބުޅާތަކަށް ބޭނުންވާނެ ފުރިހަމަ އަޅާލުން ލިބޭނެ އެވެ. އޭގެ ތެރޭގައި؛
- ބުޅާތައް ކަރަންޓީން ކުރެވޭ ސަރަހައްދެއް ހުންނާނެ.
- ކްލިނިކަކާއި ލެބޯޓްރީއެއް ހުންނާނެ.
- ފާމަސީއެއް ހުންނާނެ.
- ހިޔާވަހިކަމާއި އެކަށީގެންވާ ސިއްހީ ފަރުވާ ލިބޭނެ.
- އެ އެއްޗެހި ދުވެ އުޅޭ ސަރަހައްދެއް އޮންނާނެ.
"މި ވަގުތީ ކެޓް ޝެލްޓާ ގާއިމްކުރުމުގެ ސަބަބުން މާލެ ސަރަހައްދުގެ ބުޅާތައް ގިނަވެފައިވުމުން ކުރިމަތިވެފައިވާ މައްސަލަތަކަށް ދާއިމީ ހައްލެއް ލިބިގެންދާނެ އެވެ،" މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.
މި ފެސިލިޓީ ހެދުމަށް އެޗްޑީސީން ވަނީ ސިޓީ ކައުންސިލަށް ހުޅުމާލެ ދެވަނަ ފިޔަވަހިން 5،000 އަކަފޫޓުގެ ބިމެއް ދީފަ އެވެ.
ހުޅުމާލޭގައި ބުޅާ ފެސިލިޓީ ހެދުމުގެ މަސައްކަތް ފަށައިފި
ބުޅާތައް ބަދަލުކުރަން ފަރުކޮޅުފުށީގައި ފެސިލިޓީއެއް
ހުޅުމާލޭ މުނިސިޕަލް ހިދުމަތް ބަދަލުކުރަން މަޝްވަރާކޮށްފި
އީދު ދުވަހުގެ ހަވީރު މާލޭގައި ވެހިކަލް ދުއްވުން މަނާ
މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ފަސްތަރީގެ ފާހާނާތައް
އާޒިމް އެދުނީ މިސްކިތްތައް ދިވެހިންގެއަތުން ސާފުކުރުމަށް
މަގުތަކަށް ކުނި އެޅި 100 މީހުން ޖޫރިމަނާ ކޮށްފި
ސަލްމާން މިސްކިތް ކައިރީގައި އުޅޭ ބުޅާތަކަށް ގެތަކެއް
ކެޓް ޝެލްޓާގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަނީ
50 އަށް ވުރެ ގިނަ ބާ އުޅަނދު ނައްތާލައިފި